Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އިޢުލާން ނަންބަރު :- IUL )30-E/30/2020/143 ) ދަނޑުވެރި ކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ފަޅުރަށް ބީލަން ހުށައެޅުމުގެ ދަޢުވަތާއި ބެހޭ

-


މި މިނިސްޓްރީގެ ނަންބަރު:(IUL)30-E/30/2020/101 (08 އޮކްޓޯބަރ 2020) ގެ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. އިޢުލާން

ޙަވާލާދީފައިވާ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅަންޖެހޭ ތާރީޚުގެ ގޮތުގައި ބީލަން ފޮތުގައި ބަޔާން ކޮށްފައިވާނީ، 27 ޑިސެންބަރު 2020 ވަނަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ.

ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޢަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު މި މިނިސްޓްރީއަށް 'ބިޑް' ހުށަހެޅުއްވުމަށް ރަޖިސްޓްރީވުމަށް 22 ޑިސެންބަރު 2020 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ހެނދުނު 9.00 އިން 14:00 އަށް ފުރުޞަތު ހުޅުވާލާފައިވާ ކަމުގައި ދަންނަވަމެވެ. މިގޮތުން، ބިޑް ހުށަހެޅުއްވުމަށް ބޭނުންވާ ދުވަހާއި ވަގުތު bids@fishagri.gov.mv އީމޭލް މެދުވެރިކޮށް މި މިނިސްޓްރީއަށް އެންގެވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް 23 ޑިސެންބަރު 2020 ވަނަ ދުވަހުން ފެށިގެން 27 ޑިސެންބަރު 2020 ވަނަ ދުވަހަށް (ބަންދު ދުވަސްތައް ނުހިމަނައި) އެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން، 23 ޑިސެންބަރު 2020 ވަނަ ދަވަހާއި 24 ޑިސެންބަރު 2020 ވަނަ ދުވަހު މި މިނިސްޓްރީއަށް ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން 14:00 އަށެވެ. އަދި 27 ޑިސެންބަރު 2020 ވަނަ ދުވަހުގެ ހެނދުނު 09:00 އިން 13:00 އަށެވެ. ނަމަވެސް ބިޑް ހުށަހެޅުމުގެ ސުންގަޑީގެ ކުރިން ބިޑް ހުށަހެޅުމަށް މި މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށާއި ސުންގަޑީގެ ކުރިން މި މިނިސްޓްރީއަށް ބިޑް ހުށަހެޅުމަށް ޙާޟިރުވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށް ވެސް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެ ކަމުގައި ދަންނަވަމެވެ.

ލިޔެކިޔުން


އިޢުލާން

ފޯމެޓް : PDF
ސައިޒް: KB 604.07 KB