Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ފާނަ ބޮޑުކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އދ. ދިގުރަށުގައި ބޭއްވޭ ބިޒްނަސް ޓްރެއިނިންގ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މާރިޗު 5 – 7، 2020


މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ވަރލްޑް ބޭންކު ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމުގެ މަޝްރޫޢެއް 12 ޖަނަވަރީ 2020 ގައި އދ. މަހިބަދޫގައި ވަނީ އިފްތިތާޙްކުރެވިފައެވެ. މި މަޝްރޫޢު މިވަގުތު ކުރިޔަށް ގެންދެވެނީ އެއަތޮޅު މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުގައެވެ. މިގޮތުން، މިރަށްތަކުގެ ގޭބިސީތަކަށް ފާނަކޮށީގެ މިލްކުވެރިކަން ހޯދުމަށް އިޢުލާންކޮށް، ޖުމްލަ 19 ފަރާތަކަށް ވަނީ ނިމިދިޔަ ޖަނަވަރީ މަހުގައި ފާނަކޮށި ދޫކުރެވިފައެވެ. މިޕްރޮޖެކްޓުގެ ދަށުން އދ. އަތޮޅުގައި މެރިކަލްޗަރ މަސައްކަތްތައް ވިޔަފާރީގެ އުޞޫލުން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ ނަފާ ލިބިގަނެވޭނެ ގޮތް ކިޔަވާދިނުމަށްޓަކައި ބިޒްނަސް ޓްރެއިނިންގ ދިނުމަށްވަނީ ނިންމާފައެވެ.

މިގޮތުން، އދ. މަހިބަދޫ އަދި އޮމަދޫއިން ފާނަ ކޮށި ލިބިފައިވާ ފަރާތްތަކަށާއި އދ. މަހިބަދު، އޮމަދޫ، ހަންޏާމީދޫ، ކުނބުރުދޫ އަދި މަންދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން 21-22 ފެބުރުވަރީ 2020 ގައި އދ. މަހިބަދޫގައި ވަނީ މިބިޒްނަސް ޓްރެއިނިންގގެ ފުރަތަމަ ބުރު ބާއްވާފައެވެ.

މިގޮތުން މިޓްރެއިނިންގގެ ފުރަތަމަ ބުރުގެ ބައިތައް އދ. ދަނގެތި އަދި ދިގުރަށުން ފާނަކޮށި ލިބިފައިވާ ފަރާތްކަށާއި، އދ. ދިގުރަށް، ދަނގެތި، މާމިގިލި، ފެންފުށި އަދި ދިއްދޫ އިން މިމަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޚާއްސަކޮށްގެން 5-7 މާރޗް 2020 ގައި އދ. ދިގުރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޓްރެއިނިންގގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އދ. އަތޮޅު ދިގުރަށް، ދަނގެތި، މާމިގިލި، ފެންފުށި އަދި ދިއްދޫގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލަމެވެ. އަދި ޓްރެއިނިންގގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް އދ. އަތޮޅު ކައުންސިލުގައި ނަން ލިސްޓު ކުރެއްވުން އެދެމެވެ.

ލިޔެކިޔުން