މި މިނިސްޓްރީގެ ނަންބަރު:(IUL)30-E/30/2020/101 (08 އޮކްޓޯބަރ 2020) އިޢުލާނުން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ބ. މާއްޑޫ ހުޅުވާލި ހުޅުވާލުން ނިމުމަކަށް ގެނައުމަށް މި މިނިސްޓްރީން ނިންމާފައިވާކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.
މިގޮތުން، އެ ރަށަށް ބިޑް ކުރުމަށް ބީލަންފޮތް ބައްލަވަގެންފައިވާ ފަރާތްތަކުން ބިޑިންގ ޑޮކިއުމަންޓްގެ އަގުގެ ގޮތުގައި މި މިނިސްޓްރީއަށް ދައްކަވާފައިވާ ފައިސާ އަނބުރާ ލިބޭނޭ އިންތިޒާމް ހަމަޖެހިފައިވާނޭކަން ވެސް މި ފުރުޞަތުގައި ދަންނަވަނެވެ.