Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ނިންމުންތައް އިޢުލާން ނަންބަރު :- IUL)30-E1/30/2020/114) ފަޅުރަށް ބީލަމަށް ހުޅުވާލި 6 ރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓީންގ އާ ގުޅޭ

-


ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަޅުރަށް ބީލަމަށް ހުޅުވާލި 6 ރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓީންގ އާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު:(IUL)30-E/30/2020/101 (08 އޮކްޓޯބަރ 2020) ގެ އިޢުލާނުން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި 6 ރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ [ޕްރީބިޑް މީޓިންގ] ބާއްވާނެ ތާރީޚުގެ ގޮތުގައި ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާނީ، 17 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގައި ކަމަށެވެ. ނަމަވެސް، އިސްވެދަންނަވާފައިވާ ޕްރީބިޑް މީޓިންގ ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 19 ނޮވެންބަރު 2020 ވާ ބުދަ ދުވަހުގެ 13:00 ގައި ކަމުގައި ދަންނަވަމެވެ. ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޢަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ބީލަން ބައްލަވައިގަތުމަށް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އީމޭލް އެޑްރެހަށް ފޮނުވޭނެއެވެ. ބީލަން ކަރުދާހާއި ގުޅޭގޮތުން ސާފުކުރައްވަން ބޭނުންފުޅު މަޢުލޫމާތު ލިޔުމުން މި މިނިސްޓްރީގެ އީމޭލް އެޑްރެސް bids@fishagri.gov.mv އަށް ހުށަހެޅުމުގެ އެންމެ ފަހު ފުރުޞަތަކީ، 15 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ.

ލިޔެކިޔުން