Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އިޢުލާން ނަންބަރު :- IUL)30-E1/30/2020/121) ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ

-


ފަޅުރަށްރަށުގެ ވަރުވާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދަށްވަނީ އިޞްލާޙް ގެނެވިފައެވެ. މިގޮތުން އިސްލާހް ކުރެވިފައިވާ ޤަވާއިދުގެ (ނަމްބަރ2020/R-95، ތާރީޚް 6 އޮކްޓޯބަރ 2020) 21 ވަނަ މާއްދާގެ (ށ) ގެ ދަށުން 1 (އެކެއް) އަހަރު ދުވަހުގެ ވަރުވާ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި ވަރުވާ 4 (ހަތަރު) ޕޭމަންޓްގެ ގޮތުގައި ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ވަނީ ހަމަޖެހިފައެވެ.

މިގޮތަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުން ހަމަޖެހިފައިވަނީ މި މިނިސްޓްރީއާ ވަރުވާއަށް ފަޅުރަށް ނަންގަވައިގެން ގެންގުޅުއްވާ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނެސްގެން ކަމުގައި ދަންނަވަމެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ ގޮތަށް ފަޅުރަށްރަށުގެ ވަރުވާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން، މި މިނިސްޓްރީއަށް އެކަން ލިޔުމަކުން ހުށަހަޅުއްވައިގެން އެގްރިމެންޓަށް ބަދަލު ގެންނެވުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

ލިޔެކިޔުން