މިމިނިސްޓްރީއިން ދެމުންގެންދާ ދަނޑުވެރިކަމުގެ އެކިއެކި ޙިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި އޮންލައިން ސިސްޓަމެއްވަނީ އުފައްދާފައެވެ. މި ސިސްޓަމް މެދުވެރިކޮށް ގަސްގަހާގެއްސާއި ގަހުގެ ބައިތައް، އަދި ދިރޭ ޖަނަވާރު އެތެރެކުރުމާއި ބޭރުކުރުމުގެ ހުއްދައިގެ ހިދުމަތްދަނީ ފޯރުކޮށްދެމުންނެވެ. މި ސިސްޓަމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މިގޮތުން، އެގްރިކަލްޗަރް އޮންލައިން ސިސްޓަމް ޓެސްޓްކުރުމުގެ ތެރެއިން އަމިއްލަ ފަރާތަކުން އެދިފައިވާ ދިރޭ މަސް އެތެރެކުރުމުގެ ހުއްދައެއްގައި ހިމެނިގެންވާ ރާއްޖެއައް އެތެރެކުރުން މަނާ ބާވަތެއް، ސިސްޓަމް މައްސަލައެއްގެ ސަބަބުން ވަނީ ދޫވެފައެވެ.
މިނިސްޓްރީއިން ދޫކުރާ ހުއްދައިގާ ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާ ބެހޭ ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ މީރު ފެނުގައި އުޅޭ ދިރޭ ސޫފާސޫފި އެކްސްޕޯޓްކުރާ ގައުމުގައި އުޅޭ، އެފަދަ ދިރޭ ސޫފާސޫތްޕަށް ޖެހޭ ބައްޔެއްގެ ސަބަބުން މިހުއްދަ ބާތިލްކުރުމުގެ ބާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
މިގޮތުން އޮޅިގެން ސިސްޓަމުން ދޫކުރެވިފައިވާ ބާވަތް އަނބުރާ ނެމުގެ މަސައްކަތް މިމިނިސްޓްރީގެ ފަރާތުން ފަށާ، އެބާވަތްތައް އެތެރެކުރި ފަރާތައް އެކަންވަނީ އަންގާފައެވެ.
ވީމާ ސިސްޓަމް ބޭނުންކުރުމުގައި ދިމާވާ މިފަދަ ދަތިތަކަށް މިމިނިސްޓްރީގެ ފަރާތުން ހައްލު ހޯދުމަށް ދަނީ މަސައްކަތް ކުރެވެމުންކަން އާންމުކޮއް އަންގާ އިޢުލާން ކުރީމެވެ.