Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ސިވިލް ސަރވިސް ގަވާޢިދުގެ ބައެއް ބައިތަކަށް ގެނެވުނު އިޞްލާޙް ތަކާބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންއެއް ބާއްވައިފި

ސިވިލް ސަރވިސް ގެ ޤަވާޢިދުގެ ބައެއް ބައިތަކަށް ގެނެވުނު އިޞްލާޙާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮންސިއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދީފައިވަނީ ސަލާމްބުނުމުގެ ޤަވާޢިދަށް ގެނެވުނު އިޞްލާހާއި، އަލަށް ތަޢާރަފްކުރެވުނު އިތުރު ދެ ޗުއްޓީއާއި ގުޅޭގޮތުންނެވެ.




ސިވިލް ސަރވިސް ގެ ޤަވާޢިދުގެ ބައެއް ބައިތަކަށް ގެނެވުނު އިޞްލާޙާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދީފައިވަނީ ސަލާމްބުނުމުގެ ޤަވާޢިދަށް ގެނެވުނު އިޞްލާހާއި، އަލަށް ތަޢާރަފްކުރެވުނު އިތުރު ދެ ޗުއްޓީއާއި ގުޅޭގޮތުންނެވެ.

މިއަދުގެ 13:00 އިން ފެށިގެން 14:00 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ސެޝަންގައި ޙިއްސާކުރެވުނު މަޢުލޫމާތާއި ގުޅޭގޮތުން ސުވާލުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ދިވެހި ސިވިލް ސަރވިސް ގަވާޢިދުގެ ބައެއް ބައިތަކަށް ގެނެވުނު 4 އިޞްލާޙް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޢާއްމުކުރެވިފައެވެ. އެއީ މަސައްކަތު ފެންވަރު ބެލުމާބެހޭ މަސައްކަތް އޮންލައިން ކުރުމާގުޅޭ، ވަޒީފާއަށް މީހުން ހޮވުމުގެ ގަވާޢިދަށް ގެނެވުނު ބަދަލާގުޅޭ، ސަލާމުގެ ޗުއްޓީއަށް ގެނެވުނު ބަދަލާގުޅޭ އަދި ސިވިލް ސަރވިސް ވިއުގަ އޮންލައިން ކުރުމާގުޅޭ އިޞްލާހެވެ.