Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ސާރކިއުލަރ (7 ޖުލައި 2020):- މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިންގް ސިސްޓަމް ހަރުކުރުމާގުޅޭ

-


މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިވެހި މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދާ މަސްވެރިކަމަކަށް ހެދުމަށްޓަކައި، ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް ނުވަތަ އުޅަނދުފަހަރު ހަރަކާތްތެރިވަމުންދާގޮތް ޓްރެކްކުރެވޭ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީން މިދަނީ ކުރަމުންނެވެ. މިޕްރޮގްރާމްގެ ދަށުން ލައިސަންސް ލިބިފައިވާ މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ހިމެނޭ ވެސަލް ލޮކޭޓިންގް ޑިވައިސް (އުޅަނދު ޓްރެކް ކުރުމަށް އުޅަނދުގައި ހަރުކުރާ ސިސްޓަމް) އެއް ހަރުކޮށް އެކަމާގުޅޭ އެންމެހާ ޚިދުމަތެއް ދިނުމަށް އޫރީދޫ މޯލްޑިވްސްއާއެކު މިމިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެފަރާތުން މިހާރު އުޅަނދުފަހަރުގައި މިޑިވައިސް ހަރުކުރުމުގެ މަސައްކަތްފެށުމަށް ވަނީ ތައްޔާރުވެފައެވެ. ވެސަލް ލޮކޭޓިންގ ޑިވައިސް މިފިޔަވަހީގައި ހަރުކުރުމަށް ހަމަޖެހިފައިވަނީ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ތެރެއިން 15 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައެވެ.

މި ޕްރޮގްރާމްގެ ދަށުން، މިސިސްޓަމް އުޅަނދުފަހަރުގައި ހަރުކުރުމުގެ އެންމެހާ މަސައްކަތެއް ހަވާލުކޮށްފައިވާ ފަރާތަކީ އޫރީދޫ މޯލްޑިވްސް ކަމަށްވުމާއެކު، އުޅަނދު އާއްމުކޮށް އޮންނަ ބަނދަރާއި އުޅަނދުގައި ސިސްޓަމް ހަރުކުރުމަށް ތައްޔާރުވުމަށް ބޭނުންވާ އުޅަނދުގެ ފޮޓޯ ފަދަ މަޢުލޫމާތު ހޯދުމަށް އެފަރާތުން ސީދާ އުޅަނދުފަހަރުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓްކުރާ ފަރާތާއި ގުޅައިގެން އެމަޢުލޫމާތުތައް ސާފުކުރަމުންދާނެކަމުގައި ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ސީދާ މިނިސްޓްރީގެ ނަންބަރު 3033444 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމުގައި ދަންނަވަމެވެ. މިސަރކިއުލަރއާއެކު މިޕްރޮގްރާމްއާއި ގުޅޭ ތަފްޞީލު މަޢުލޫމާތު ހިމެނޭ ޝީޓެއް އޮޑިވެރިންނާއި މަސްވެރިންގެ މަޢުލޫމާތަށްޓަކައި ހިއްސާ ކުރަމެވެ.

ލިޔެކިޔުން