Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ މިސްކިތްތަކުގެ އިމާމުންނާއި މިނިސްޓްރީން ބައްދަލުކުރައްވައިފި

ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ އިމާމުން ޢަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދުތައް ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އިމާމުންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިސްކިތްތަކަށް ނަމާދަށް ވަޑައިގަންނަވާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮަތަށް ޢަމަލުތައް ބެހެއްޓުމަށް ޢާއްމުންނަށް އިތުރަށް ނަޞޭޙަތްތެރިވުމަށް ވަނީ އިމާމުންނަށް އަންގާފައެވެ. މިގޮތުން ހުރިހައި ބޭފުޅުންވެސް މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް އަޅުއްވަި އަދި މުސައްލައެއް ހިއްޕަވައިގެން ވަޑައިގަތުމަށް ކުރިއަށްވުރެ ބޮޑަށް ބާރު އެޅުމަށްވަނީ އަންގާފައެވެ. ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ހުރިހައި ބޭފުޅުންވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށްވަނީ އަންގާފައެވެ.

ހަމައެހެންމެ މިސްކިތްތަކުގެ އިމާމުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް އެޗް.ޕީ.އޭ އާއި ގުޅިގެން ކުރަމުންދާކަމަށް ހުރިހައި އިމާމުންނަށް ވަނީ އަންގާފައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލްގައެވެ. މި ބައްދަލުވުމުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުާާޡަމުގެ އިމާމް އައްޝައިޚް ނަޞްރުﷲ ޢަލީގެ އިތުރުން މިނިސްޓްރީގެ މިސްކިތްތަކާއި ބެހޭބައިގެ އިސް މުވައްޒަފުންވަނީ ބައިވެރިވެވަޑައިގަތެވެ.