Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓް ޤާއިމްކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމާ ބެހޭ

-


ދިވެހިރާއްޖޭގެ މަސްވެރިން ބާނާ މަސް ތަޒާކަންމަތީ މަސް ގަންނަ ފަރާތްތަކާ ހަމައަށް ގެންދިޔުމަށްޓަކައި މަސްދޯނިފަހަރަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމަށް 20 ސެޕްޓެމްބަރ 2020ގައި ވަނީ ބީލަމަށް ހުޅުވާލާފައެވެ. މިމަޝްރޫޢުގެ ބީލަމާގުޅޭ މުޙިންމު މަޢުލޫމާތު ތިރީގައިއެވަނީއެވެ. ބީލަމުގައި ރަޖިސްޓްރީވުން : ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2020 އޮކްޓޯބަރ 08 ވަނަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން ބީލަން ހުށަހެޅުން އޮންނާނީ: 2020 އޮކްޓޯބަރ 11 ވަނަ ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި. މިމަޝްރޫޢުއާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެރިކަލްޗަރގެ ވެބްސައިޓުން (www.fishagri.gov.mv) ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ތިރީގައި އެވާ "ވެބްލިންކް" އަކީ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ، ފ.ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓް ޤާއިމްކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުން ބެހޭގޮތުން ކޮށްފައިވާ އިޢުލާންއެވެ.

https://gazette.gov.mv/iulaan/view/133897

ލިޔެކިޔުން