ފިޠުރު ޒަކާތް ދައްކަންޖެހޭ އަގުތައް
- އާދައިގެ ހަނޑުލުން ނަމަ 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުން ނަމަ 48 ރުފިޔާ
- ބާސްމަތީ ހަނޑުލުން ނަމަ 105 ރުފިޔާ
- ރަތް ހަނޑުލުން ނަމަ 65 ރުފިޔާ
- އާދައިގެ ފުށުން ނަމަ 12 ރުފިޔާ
- އާޓާ ފުށުން ނަމަ 55 ރުފިޔާ
ފިޠުރު ޒަކާތް ބަލައިގަތުން ހަމަޖެހިފައިވާ އުޞޫލު
- ދިރާގު ޕޭ އެންޑް ލައިފް ސްޓައިލް އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް.
- އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް.
- ބީ.އެމް.އެލް. ވެބްސައިޓް މެދުވެރިކޮށް.
- އެމް.އައި.ބީ. އޮންލައިން ބޭންކިންގ "ފައިސާނެޓް" އަދި މޯބައިލް ބޭންކިންގ "ފައިސާނެޓް" މެދުވެރިކޮށް.
ޒަކާތް ބަހާނީ ކިހިނެތް؟
- ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ޙައްޤުވެރިންގެ ބޭންކު އެކައުންޓުތަކަށް ފައިސާ ޓްރާންސްފަރ ކޮށްގެން.
- 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 1440 ވަނަ އަހަރުވެސް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ވަކިވުމަށް ހުށަހެޅުން
- ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ދަފްތަރު އަލުން އެކުލަވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން މިހާރުވަނީ ފަސްކުރެވިފައި.