Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ރާއްޖޭން ބޭރުގައި ތިބި ދިވެހިން އޮންލައިންކޮށް ޕާސްޕޯޓް އާކުރުން

ކޯވިޑް-19ގެ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓް އާކުރަން ބޭނުންވާ ފާރާތްތަކަށް އޮންލައިންކޮށް އެކަން ކުރެވޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައި. އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯރުކޮށް ނުދެވޭ ޚިދުމަތްތައް ވަނީ އީމެއިލް މެދުވެރިކޮށް ދޭން ފަށާފައި. މިގޮތުން ޑިޕެންޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ ފަދަ ވިސާތަކަށް އީމެއިލް މެދުވެރިކޮށް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.


އެޕްލިކޭޝަން ފޯމް ހުށައަޅާނީ ކިހިނެތް؟

  • ޕާސްޕޯޓް އާކުރަން އެދޭ ފަރާތްތައް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވާ.
  • އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް.(passport@immigration.gov.mv) އަށް.
  • މި އީމެއިލްއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުން ފައިސާ ދައްކަންޖެހޭ ލިންކް އެ ފަރާތަކަށް އީމެއިލް މެދުވެރިކޮށް އިމިގްރޭޝަނުން ފޮނުވާނެ.
  • އީމެއިލުން ފޮނުވާ ލިންކް މެދުވެރިކޮށް ފައިސާ ދައްކާތާ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓް ނެގުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު އިމިގްރޭޝަނުން އެ ފަރާތަކާ ޙިއްޞާކުރެވޭނެ.