ގަވައިދުން ކަސްރަތުކުރުމަކީ މާޔޫސްކަމާއި، ފިކުރުބޮޑުވުން އަދި ހާސްވުމުން ދުރުވުމަށް އެހީތެރިވެދޭ ކަމެއް. ނަފްސާނީ ޞިއްޙަތު އަދި ޖިސްމާނީ ދުޅަހެޔޮކަންމަތީ ދެމިހުރުމަށް ކޮންމެ ދުވަހަކުމެ ކަސްރަތުކުރުމަކީ ކޯވިޑް-19 ފަދަ ބަލިމަޑުކަމުގެ ތެރޭގައި އުޅޭ ވަގުތުގައި އެފަދަ ކަންކަމުން ދުރުވެގަތުމަށްވެސް ކުރެވޭ ވަރަށް މުހިންމު ކަމެއް.
ދިރާސަތަކުން ދައްކާގޮތުގައި ހެލިފެލިވެ އުޅުމަކީ:
- މީހާގެ މޫޑް ރަނގަޅުކުރުވާ ކަމެއް.
- ނިދަން އެހީތެރިވެދޭ ކަމެއް.
- ބުންވަރު އިތުރުކޮށްދޭ ކަމެއް.
- ފިކުރުބޮޑުވުންތަކާއި ނުރަނގަޅު ޚިޔާލަތަކުން ދުރުވުމަށް އެހީތެރިވެދޭ ކަމެއް.
ކަސްރަތުކުރުމުގައި އެދެވިގެންވަނީ ކޮންމެ ދުވަހަކުމެ 30 މިނެޓް ހާއިރު ވަންދެން ހަށިގަނޑަށް ވަރުބަލިކަން ގެނުވާފަދަ ކޮންމެސް ކަހަލަ ޙަރަކާތެއް ކުރުން. ކޮންމެ ދުވަހަކު ޖިމަށް ނުވަތަ ކުޅިވަރުކުޅޭ ތަނަކަށް ދިއުން އުނދަގޫ ވެދާނެ، ނަމަވެސް ކޮންމެ ދުވަހަކު ތިމާއަށް ވަރުބަލިކަން ގެނުވާ ކޮންމެވެސް ޙަރަކާތެއް ކޮށްލުމަކީ އަހަރެމެންނަށް ގޭގައިވެސް ކުރެވިދާނެ ކަމެއް.
އާދައިގެ ގޮތަކަށް އަހަރެމެންނަށް ކުރެވިދާނެ ބައެއް ކަންކަން.
އާދައިގެ ގޮތަކަށް ފެށުން:
- ގޭގައި ކުރާ ކުޑަ މަސައްކަތެއް، ގަސް އިންދުން ނުވަތަ ހިނގާލަން ދިއުން ފަދަ އާދައިގެ ކަމެއްކޮށް ތިމާ ގެ ކޮންފިޑެންސް ހޯދިދާނެ.
ތިމާ ހިތްހަމަޖެހޭ ކަހަލަ ކަމެއް ކުރުން
- މިހާރުގެ ޙާލަތަށް ބަލާއިރު ހިތްހަމަޖައްސާލުމަށް ކުރިން ކުރަމުން އައި ކަންކަމަށް ގިނަމީހުންގެ ޝައުގު ވެރިކަން ނުހުރެދާނެ. ނަމަވެސް ތިމާ އެކަމަށް ޝައުގުވެރިވާ، ހިތްހަމަޖެހުން ގެނުވައިދޭ ޙަރަކާތެއް ރާވައި ކުރިއަށް ގެންދެވިދާނެ.
އެހެންމީހުން ޝާމިލުކުރުން
- ޢާއިލާއާއި ރަޙުމަތްތެރިންނާއި ގުޅުންބަދަހިކުރުން މިދަނޑިވަޅުގައި ޓްރިކީ ކަމަކަށްވި ކަމުގައިވިޔަސް ފޯނުގެ ޒަރިއްޔާއިން ނުވަތަ މީސްމީޑިއާގެ ޒަރިއްޔާއިން ޢާއިލާއާ ރަޙުމަތްތެރިންނާއިއެކު ގުޅުމަކީ ތިމާގެ ކޮންފިޑެސް އިތުރުވެގެންދާނެ ކަމެއް.
ޕްލޭނެއް ތައްޔާރުކުރުން
- އާދަކޮށް ކުރާ ކަންތައްތަކުގެ ޕްލޭނެއް ތައްޔާރުކުމަކީ ހެލިފެލިވެ އުޅުމަށް އެހީތެރިވެދޭނެ ކަމެއް. މިގޮތަށް ޕްލޭން ތައްޔާރުކުރުމުގައި ކަސްރަތުކުރުން ހިމެނުން ވަރަށް މުހިންމު. އަދި ކުރާ ޕްލޭނާއި އެއްގޮތަށް އަމަލުކުރުމަށް މަސައްކަތް ކުރުންވެސް މުހިންމު. އާދަކޮށް ކުރާ ކަންކަމުގެ ގޮތުގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
*ކީރިތ ޤުރުއާން ކިޔެވުން.
- ހިނގާލަން ދިއުން.
- ގަސްއިންދުން.
- ފޮތެއް ކިޔާލުން.
- ރަޙުމަތްތެރިޔަކާ ވާހަކަދައްކާލުން.
- ގޭގައި ގެންގުޅޭ ޖަނަވާރަކާ އެއްކޮށް ވަގުތު ހޭދަކޮށްލުން. (މިސާލަކަށް މަސް، ބުޅާ، ގުރާ ފަދަ ދިރޭ ތަކެތި)
- ސިޓީ އެއް ނުވަތަ އީމެއިލްއެއް ލިޔުން. ނުވަތަ ވާހަކައެއް ލިޔުން.
- ގޭމްކުޅުން
- އާ ވައްތަރެއްގެ ރެސިޕީއެއް ބޭނުންކޮށްގެން އެއްޗެއް ތައްޔާރުކޮށްލުން
- ލަވަ އަޑުއެހުން