މިސްކިތް ހުޅުވާލާއިރު ސިޓީ ކައުންސިލުން ސަމާލުކަންދޭންވީ ކަންކަން:
- ނަމާދުކުރާ މިސްކިތުގައި ކާޕެޓް އަޅާފައި ނެތުން.
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުން.
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން.
- މި ޙާލަތުގައި އެއަރކޯން ބޭނުން ނުކުރުން.
މިސްކިތަށް ނާމާދަށް ދާ މީހުން ސަމާލުކަންދޭންވީ ކަންކަން:
- ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން.
- ގެއިން މުސައްލައެއް ގެންދިޔުމާއި މާސްކް އެޅުން.
- މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި އެކަކު އަނެކަކާ ދެމެދު މަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ބެހެއްޓުން.
- މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއޓުމާއި، އެމީހެއްގެ މުސައްލަ މަތީ ނޫޏީ ނަމާދު ނުކުރުން.
- ރޯގާ ޖެހިފައި ނުވަތަ ހުން އައިސްފައި ނުވަތަ ކެއްސާ ނަމަ މިސްކިތައް ނުދިޔުން.
- ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުން.
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި، ޢުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން.
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަމުން ދުރުހެލިވުން.
- މިސްކިތުގައިވާ ޚަތިމްތައް ބޭނުންނުކުރުން.
ނޯޓް: މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަކޮށްފައިވާ ކަންކަމަކީ މިހާރުގެ ޙާލަތައް ރިޢާއަތްކުރެވިގެން ކަނޑައެޅިފައިވާ މިންގަނޑުތަކެއް. ނަމަވެސް ފުރަބަންދުގެ ޙާލަތައް ލުއި ދިނުމުގައި މަރުޙަލާތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދުޔުމަށް ނިންމާފައިވާތީ، ޙާލަތައް ރިޢާޔަތްކޮށް އިތުރު ލުއިތަކެއް ދިނުމަށް އެޗްޕީއޭ އިން ކަނޑައަޅާއިފި ޙާލަތެއްގައި ޖަމާޢާތުގައި ނަމާދުކުރުމާ ގުޅޭގޮތުން އިތުރު ލުއިތައް ދެމުންދާނެ.