Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ނިންމުންތައް ދަނޑުވެރިންގެ ދުވަހުގެ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އޮންލައިން ޝެޝަންތައް ފެށުމާބޭހޭ

--




މިހިނގާ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ މީލާދީ އަހަރެއްގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލް ޖުމްޙޫރިއްޔާ އޮނަރަބަލް އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވާފައެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަޤީންކަން" މިޝިޢާރެވެ. ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މައުލޫމާތު ދިނުމުގެ އޮންލައި ސެޝަންތައް 5 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. 5 އޮކްޓޯބަރ އިން ފެށިގެން 13 އޮކްޓޯބަރ 2020 ވަނަ ދުވަހާއި ހަމަޔަށް ރަސްމީ ބަންދޫނޫން ދުވަސްތަކުގެ ހެނދުނު 10:00 އިން ފެށިގެން 11:30އަށް ކުރިއަށް ގެންދާ މިޕްރޮގްރާމަކީ އާންމުކޮށް އެންމެންނަށްވެސް ބަލާލެވޭނެހެން މިނިސްޓްރީގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރަމުން ގެންދާނެ ސެޝަންތަކެކެވެ.

ސެޝަންތައް ކުރިއަށްދާ ވަގުތު ފޭސްބުކް ޗެޓް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުޞަތުވެސް ލިބިލައްވާނެއެވެ. ސެޝަންގެ ވަގުތު އޮތް މިންވަރަކުން ވީހާވެސް ގިނަ ސުވާލުތަކަކަށް ޖަވާބުދެމުން ގެންދާނެއެވެ. އަދި ސެޝަން ނިމުމުން ސެޝަންގެ ރެކޯޑިން ފަހުން ބަލާލެވޭނެހެން ފޭސްބުކް ޕޭޖުގައި ފެންނަން ހުންނާނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މިސެޝަން ތަކުގައި ދަނޑުވެރިންނަށް އާންމުކޮށް ބޭނުންވާނެ މައުލޫމާތުތައް ހިމެނޭނެހެން ކޮންމެ ދުވަހަކު ޚާއްޞަ މަޢުޟޫއަކަށް މައުލޫމާތު ޙިއްޞާކުރަމުން ގެންދެވޭނެއެވެ.

ލިޔެކިޔުން