Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ށ. ފީވަކުގައި ވާލާއި ކާޅު ކޮންޓްރޯލުކުރުމުގެ ޕްރޮގުރާމް ހިންގުން

ށ. ފީވަކުގައި ވާލާއި ކާޅު ކޮންޓްރޯލުކުރުމުގެ ޕްރޮގުރާމް ހިންގުން




ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހައްދާ މޭވާގެ ބާވަތްތަކަށް ވާލާއި، ކާޅާއި، މީދަލާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ގެއްލުންދޭ އެހެނިހެން ފަނިފަކުސައިން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ގެންގުޅޭ ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން އަޖުމަބެލުމުގެ ޕްރޮގުރާމެއް 27-29 އޮގަސްޓް 2019 ގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ށ. ފީވަކުގައި ހިންގައިފިއެވެ. މިރަށަކީ، އަނބާއި މޭވާގެ އެހެން ބައެއް ބާވަތްތައް ފުޅާދާއިރާއެއްގައި ހައްދާ ރާއްޖޭގެ ބާޒާރަށް ނެރޭ ރަށެކެވެ. މިއީ ޕެސްޓް (ގަސްގަހާގެއްސަށާއި ޖަނަވާރަށާއި، އިންސާނުންނަށާއި، އިންސާނުން ގެންގުޅޭ ބައެއް އެއްޗިއްސަށް ގެންލުންދޭ ސޫފާސޫފި) ކޮންޓްރޯލުކުރުމަށް ގެންގުޅޭ، ވެށީގެ ދިރުންތަކަށް ނުރައްކަލެއް ނެތް، ތިމާވެއްޓާ ރަށްޓެހި ޒަމާނީ ވަސީލަތެކެވެ. މިގޮތުން ވާލާއި ކާޅު ފެއްސުމަށްޓަކައި މިޕްރޮގުރާމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޑިވައިސް "އަލްޓްރާ ސައުންޑް އިލެކްޓްރޯނިކް ޕެސްޓް ޗޭސަރ" ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް، އެރަށުގެ 128 ސަރަޙައްދެއް ވަނީ ސާވޭކޮށްފައެވެ. އަދި މިޑިވައިސް ހަރުކޮށް ބޭނުންކުރާނެ ގޮތާއި، މޮނިޓަރކޮށް ބަލަހައްޓާނެގޮތުގެ ފަންނީ މަޢުލޫމާތު، މިތަކެތި ޙަވާލުކޮށްފައިވާ ފަރާތްތަކަށް ދެވުނެވެ. އަދި ފީވަކު ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށާއި، ޢާއްމުފަރާތްތަކަށް މިޑިވައިސްއާ ބެހޭ ފަންނީ މަޢުލޫމާތުދީ ހޭލުންތެރިކުރެވުނެވެ. މީގެއިތުރުން މިޕްރޮގުރާމު ހިންގުމަށް މިރަށުގައި ޙަރަކާތްތެރިވި ޓީމުން ރަށުގެ ޢާންމު ދަނޑުވެރިކަމުގެ ޙާލަތު މިހާރު އޮތްގޮތް ބަލައި ކަމާގުޅޭ މަޢުލޫމާތު ނެގިއެވެ.