Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މ. އަތޮޅުގައި މަހުގެ އުފެއްދުންތައް އުފެއްދުމަށް މާކެޓިންގ ޕްރޮގްރާމެއް ހިންގުން

މ. އަތޮޅުގައި މަހުގެ އުފެއްދުންތައް އުފެއްދުމަށް މާކެޓިންގ ޕްރޮގްރާމެއް ހިންގުން
މަސްވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާޞިލް ކުރުމަށްޓަކައި މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ އާ ވިޔަފާރީގެ ފުރުޞަތުތައް ރައްޔިތުންނަށް ފޯރުކޮށްދީ، މަސްވެރިކަމުގެ އުފެއްދުންތަކުން ނަފާ ހޯދުމުގެ ގޮތުން މ.އަތޮޅުގައި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް މަހުގެ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯކުރުމުގެ ގޮތުން މިމަހުގެ 19 އިން 21 ސެޕްޓެމްބަރ 2019 އަށް މ. ދިއްގަރުގައި ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިޕްރޮގްރާމްގައި މ. ދިއްގަރު އަދި މ. ކޮޅުފުށީގައި މަހުގެ އުފެއްދުން އުފައްދާ ފަރާތްތައް ބައިވެރިވިއެވެ. މިތަމްރީނު ޕްރޮގްރާމްގައި މ. ދިއްގަރުން 9 ބައިވެރިން އަދި މ. ކޮޅުފުށިން 2 ބައިވެރިން ހިމެނޭ ގޮތަށް ޖުމްލަ 11 ބޭފުޅުން ބައިވެރިވެއެވެ. އޭގެތެރޭގައި، މަސްވެރިކަމުގެ ދައިރާގައި މ.އަތޮޅުގައި މިހާރުވެސް މަސައްކަތްކުރަމުންދާ ގިނަ ފަރާތްތަކެއް ހިމެނެއެވެ. މިތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ކްލާހުގައި ކިޔަވައިދޭ ބަޔަކާއި އެ މައުޞޫއުތަކާގުޅޭ ޢަމަލީގޮތުން މަސައްކަތްކޮށް ތަޖްރިބާ ހޯދުމުގެ ބަޔެކެވެ. އެގޮތުން، މަޢުލޫމާތު ދެވުނު ބައިތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތާއި، ވެލިއު އެޑިޝަން، ލޭބަލް އަދި ޕެކޭޖިންގ، މަހުގެ ކޮލިޓީ ދެމެހެއްޓުމާއި، މާކެޓިންގ، އަދި ކުދި ވިޔަފާރީގެ ހިސާބު ބެލެހެއްޓުން ހިމެނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ މުޥައްޒަފު ސީނިއަރ ރިސަރޗް އޮފިސަރ އަޙްމަދު ރާޝިދުއެވެ.