ދަނޑުވެރިކަމުގެ އުފެއްދުންތަކަކީ އިންސާނުން ކެއުމަށް ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ދަނޑުވެރިކަން ކުރުމުގެ ރަނގަޅު އާދަތަކުގެ "މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް" ނުވަތަ "އެމްގެޕް" މިންގަނޑުތަކާ ބެހޭ ތަމްރީނު ޕްރޮގުރާމެއް 16 - 19 އޮގަސްޓްސެޕްޓެމްބަރ މަހުގެ 16 އިން 19 އަށް ގައި ފ.މަގޫދޫގައި ހިންގައިފިއެވެ. 2 ދުވަހުގެ ތަމްރީނު ޕްރޮގުރާމް އެރަށުގައި ހިންގާފައިވަނީ ރަށު ކައުންސިލާއި، މަގޫދޫ ކޯޕަރޭޓިވްއާ ގުޅިގެންނެވެ. މިޕްރޮގުރާމްގެ ތެރެއިން ފޯރުކޮށްދީފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން، ތިމާވެށީގެ ރައްކާތެރިކަން، ދަނޑުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން، ކާނާގެ ކޮލިޓީ، އަދި މިއާއި ގުޅޭ އާއްމު ކަންތައްތަކުގެ މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ ރުށްއްތަކަށް ފެތުރެމުންދާ ރުކަށް ގެއްލުންދޭ "ހިސްޕިޑް ބީޓަލް" ނުވަތަ ކުދިރުކުމަޑި މިރަށުގެ ރުށްއްތަކުގައި އުޅޭތޯ ބަލައި، މިމަޑި ކޮންޓްރޯލުކުރުމުގެ 'އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމެންޓް' އާބެހޭ ތަމްރީނުވެސް މިޕްރޮގުރާމުގެ ތެރެއިން ބައިވެރިންނަށް ދެވުނެވެ.