Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ކޮންޓްރޯލްކުރާނެ ގޮތްތަކަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމު ހިންގުން

ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ކޮންޓްރޯލްކުރާނެ ގޮތްތަކަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމު ހިންގުން




1999 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި ކޮކޮނަޓް ހިސްޕިޑް ބީޓްލް، ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ފެތުރުމުގެ ސަބަބުން ގިނަ ރަށްތަކެއްގެ ރުއްތަކަށް ވަނީ ގެއްލުން ލިބިފައެވެ. އެހެންކަމުން ކޮކޮނަޓް ހިސްޕިޑް ބީޓްލްގެ މައްސަލަ އިތުރަށް ދިރާސާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިމަޑި ކޮންޓްރޯލުކުރުމަށްޓަކައި، ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކެޓަސް) އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ގުޅިގެން އޮކްޓޫބަރު 14-20 އަށް ރުއްތަކަށް ޖެހޭ ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ޚާއްޞަކޮށް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރާނެ ގޮތްތަކަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ. މިޕްރޮގުރާމުގެ ތެރޭގައި ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ހުރި ރުއްތަކުގެ ހާލަތުބަލައި، ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވަނީ ދިރާސާކޮށްފައެވެ. މިގޮތުން ތިލަދުންމައްޗާއި، މާޅޮސްމަޑުލު ދެކުނުބުރިއާއި، ހައްދުންމަތީގެ 9 ރަށެއްގެ ރުއްތައް ބަލައިފާސްކޮށް، ލިބިފައިވާ ގެއްލުން ދިރާސާކުރެވުނެވެ. އަދި މިމަޑި ކޮންޓްރޯލުކުރާނެ ގޮތްތަކާއި، ރާއްޖޭގެ އެހެން ރަށްތަކަށް މިމަޑި ފެތުރުނަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫތުދެވުނެވެ. އޭގެ އިތުރުން، މިނިސްޓްރީގެ ޓީމުން ވަނީ އަމިއްލަފުށި ރިސޯޓަށް ޒިޔާރަތްކޮށް ހިސްޕިޑް ބީޓްލް ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ދިރާސާކޮށްފައެވެ. މިދަތުރުގައި ދިރާސާ ކުރެވުނު ހުރިހާ ރަށެއްގެ ތެރެއިން ހިސްޕިޑް ބީޓްލް އެންމެ ބޮޑަށް ފެތުރިފައިވަނީ އަމިއްލަފުށީގައިކަންވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އަމިއްލަފުށީގައި މިމަޑި ފެތުރުން ކޮންޓްރޯލްކުރުމަށް ކެޓަސްގެ އެހީގައި ޕެސްޓިސޮއިޑްސް ތަޢާރަފްކޮށް، ޕެސްޓިސޮއިޑްސްއާއި ބެހޭ މަޢުލޫމާތު ވާނީ އަމިއްލަފުށީގެ ކަމާއިބެހޭ ފަރާތްތަކަށް ފޯރުކޮށްދެވިފައެވެ. މިދަރުތުގައި ދިރާސާކުރެވުނު ރަށްތަކަކީ، ލ. މާންދޫ، ލ. ފޮނަދޫ، ލ. ގަން، ބ. ދަރަވަންދޫ، ބ. ކިހާދޫ، ބ. ކިހާދުއްފަރު، ބ. އަމިއްލަފުށި، ހދ. ހަނިމާދޫ، އަދި ހއ. މާފައްސެވެ.