Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު JICA އިން ކުރިއަށް ގެންދާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން ޖަޕާނަށް ފުރުން

JICA އިން ކުރިއަށް ގެންދާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން ޖަޕާނަށް ފުރުން




ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީއިން ހިންގަމުން ގެންދާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސް (YLTP) މިއަހަރު އޮކްޓޯބަރ މަހުގެ 6-24 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއަށެވެ. ޖަޕާނުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ ބައިވެރިން 5 އޮކްޓޯބަރ ގައި ވަނީ ޖާޕާނަށް ދިއުމަށް ފުރާފައެވެ. މިޕްރޮގްރާމްގައި ފުވައްމުލައް، ރ. ފައިނު، ތ. ކަނޑޫދޫ، ފ. ދަރަނބޫދޫގެ އިތުރުން މި މިނިސްޓްރީން ހަނިމާދޫގައި ޤާއިމްކޮށްފައިވާ އެގްރިކަލްޗަރ ސެންޓަރުގެ މުވައްޒަފެއް ބައިވެރިވެއެވެ. މިޕްރޮގްރާމްގައި ކިޔަވާދޭ ބައިތަކުގެ ތެރޭގައި: 1- ޖަޕާނުގެ ރަށްފުށުގެ ތަރައްޤީގައި ދަނޑުވެރި ގްރޫޕްތަކުގެ ދައުރާއި، ޖަޕާނު ސަރުކާރުގެ މައިގަނޑު ޞިޔާޞަތުތަކާއި އިދާރީ ހިންގުމުގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުގެ އަސާސީ މައުލޫމާތުތައް. 2- ރަށްފުށުގެ ތަރައްޤީގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޖަޕާނުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުމާއި އެފަދަ އިޖްތިމާޢީ މަސައްކަތްތައް ކުރިއަށްދާގޮތް އަމިއްލައަށް ތަޖުރިބާކުރުން. 3- ޖަޕާނަށް ކުރާ މިދަތުރުން ދަސްވި ކަންކަމުގެ ތެރެއިން ރާއްޖޭގެ ރަށްފުށު ތަރައްޤީގައި ބޭނުން ހިފޭނެ ކަންތައްތައް ދެނެގަނެ އެކަންކަން އަމަލީގޮތުން ކުރިއަށް ގެންދިއުމަށް އެކްޝަން ޕްލޭންއެއް އެކުލަވާލުން ހިމެނެއެވެ. މިޕްރޮގްރާމަކީ ލާމަރުކަޒީ އުޞޫލުން ޕްރޮގްރާމްތައް ބައްޓަންވެ ދަނޑުވެރިންނާއި ކައިރިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.