Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މެރިން ސައިންސް ކޭމްޕް 2019 ބާއްވައިފި

މެރިން ސައިންސް ކޭމްޕް 2019 ބާއްވައިފި




ސާނަވީ ސްކޫލުތަކުގައި މެރިން ސައިންސް ކިޔަވަމުން ގެންދާ ދަރިވަރުންނަށް މެރިން ސައިންސާއި މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް މި ސިނާއަތާއި ގުޅުންހުރި ކަންކަމުގެ ޢަމަލީ ތަޖުރިބާ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހޯދައިދިނުމާ މެރިން ސައިންސް ކިޔެވުމަށް ދަރިވަރުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެއްދުމެވެ. މިއަހަރުގެ ދެވަނަ މެރިން ސައިންސް ކޭމްޕް 2 -3 އޮގަސްޓް 2019 ގައި ކ. ތުލުސްދޫގައި ކުރިޔަށް ގޮންގޮސް ކާމިޔާބުކަމާއިއެކު ވަނީ ނިންމާލެވިފައެވެ. މިގޮތުން މިކޭމްޕްގައި ކ. ހުޅުމާލޭ ޢާޒީ ސުކޫލް، މާލެއިން ހިރިޔާ ސްކޫލް، ވިލިމާލެއިން މުހިއްޔިންދީން ސްކޫލް އަދި ކ.ތުލުސްދޫއިން ކ.އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވިއެވެ. މިގޮތުން 34 އަންހެން ދަރިވަރުން އަދި 24 ފިރިހެން ދަރިވަރުންނާއިއެކު ޖުމުލަ 58 ދަރިވަރުން ބައިވެރި ވަނީ ބައިވެރިވެފައެވެ. މި ކޭމްޕްގައި ކްލާސްރޫމް ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދީފައި ވާނެއެވެ. ކްލާސްރޫމްގައި ކުރިއަށް ގެންނޮސްފައިވާ ތިއަރީ ބައިތަކުގެ ތެރޭގައި، ކޭމްގައި ކުރިޔަށް ގެންދެވުނު ޢަމަލީ މަސައްކަތްތަކުގައި ދަރިވަރުން އެއްކޮށްފައިވާ މަޢުލޫމާތުތަކާއި ގުޅޭ ގްރާފްތައް ކުރަހަން ދަސްކޮށްދިނުމާ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ކަނޑުމަތީގެ ހާދިސާތަކުގައި ޢަމަލުކުރަންޖޭހޭ ގޮތްތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދެވެނެވެ.
ޢަމަލީ މަސައްކަތްތަކުގެ ތެރޭގައި ކަނޑުމަތީގައި ދިމާވާ ހާދިސާ ތަކުގައި ޢަމަލުކުރާނޭގޮތް، ފަރުތަކުގެ ދިރުންތަކުގެ މަޢުލޫމާތު، ފަރުގެ ދިރުން ހުރިވަރު ދެނެގަތުމަށް ސާވޭ ކުރުން، މޫދުގެ އޮއިވަރު ބެލުން، ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލު ދެނެގަތުމަށް ދިރާސާކުރާގޮތާއި އަދި ގޮނޑުދޮށުގައި ހުންނަ ވެލީގެ ސައިޒުތައް ދެނެގަތުމަށް ކުރާމަސައްކަތުގެ ޢަމަލީ ތަޖްރިބާ ދެވުނެވެ. މީގެ އިތުރުން ރާއްޖެއަށް އަލަށް ތަޢާރަފް ކޮށްފައިވާ ޑައިމަންޑް ބެކް ސްކްއިޑް (ތުތި ބޯވަދިލަމަސް) ބާނާގޮތުގެ ޢަމަލީ ތަޖްރިބާ ދަރިވަރުންނަށް ދެވުނެވެ.
މިކޭމްޕްގައި މަޢުލޫމާތު ދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކަމާގުޅޭ ސެކްޝަންތަކާއި، މެރިން ރިސަރޗް ސެންޓަރުގެ މުޥައްޒަފުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް – ކޯސްޓް ގާރޑުގެ ރިސޯސް ބޭފުޅުންނެވެ.