Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫ ގައި ފައިނޭންޝަލް އަދި މާރކެޓިންގ ތަމްރީން ޕްރޮގްރާމް އަދި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރުމުގެ ތަމްރީން ޕްރޮގްރާމް ހިންގުން

މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫ ގައި ފައިނޭންޝަލް އަދި މާރކެޓިންގ ތަމްރީން ޕްރޮގްރާމް އަދި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރުމުގެ ތަމްރީން ޕްރޮގްރާމް ހިންގުން




އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯން އެހީ އާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށްގެންދާ [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް ތަރައްޤީކުރުމަށް މަގުފަހިކުރުމެވެ. މިމަޝްރޫއުގެ ދަށުން ލ.އަތޮޅުގެ 3 ސަރަހައްދެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަށް ދަނީކުރެވެމުންނެވެ. ނަމަވެސް މިސަރަހައްދުގައި ދިރިއުޅޭގިނަ ފަރާއްތަކުން ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމަށްވެފައި މިމަޝްރޫޢުގައި ބައިވެރިވެފައިވާ ގިނަފަރާތަކުގެ އެދުމާއިއެކު ދަނޑުވެރިކަމާއި އަދި ފައިނޭންޝަލް އަދި މާރކެޓިންގ ތަމްރީން ޕްރޮގްރާމް ވަނީ ކުރިއަށް ގެންދެވިފައެވެ.
މިގޮތުން، މިމަޝްރޫޢުގެ ދަށުން 2019، އޮގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ވަނީ ލ. އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫ ގައި ހިންގާފައެވެ. މިތަމްރީން ޕްރޮގްރާމް އަމާޒުކޮއްގެން ކުރިއަށް ގެންގޮސްފައި ވަނީ ޢަމަލީ ގޮތެއްގައި ދަނޑުވެރިކަމުގެ ދާއިރާގައި ޝާމިލްވާ ބޭފުޅުންނާއި އަލަށް މިދާއިރާއަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށެވެ. މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަތޮޅުވެއްޓެއްގައި ދަނޑުވެރިކަން ކުރުމާއި، ގަސްތަކައް ޖެހޭ ބަލިތަކާއި، އެކަމަށް ދެވޭ ބޭސްފަރުވާ އާއި ގުޅޭގޮތުން ތަމްރީން ދެވިފައިވެއެވެ. މިތަމްރީން ޕްރޮގްރާމްގައި ލ. އިސްދޫއިން 40 ބޭފުޅުން، ލ. ދަނބިދޫއިން 20 ބޭފުޅުން އަދި ލ. ކަލައިދޫއިން 18 ބޭފުޅުންނާއި އެކު ޖުމްލަ 79 ބޭފުޅުން ތަމްރީން ކުރެވިފައި ވެއެވެ. އަދި، މީގެ އިތުރުން، މިޕްރޮޖެކްޓާއި ސައުތު އޭޝިއަން ވުމަން އެސޯސިއޭޝަން އޮޕް މޯލްޑިވްސް އާއި ގުޅިގެން ފައިނޭންޝަލް އަދި މާރކެޓިންގ ތަމްރީން ޕްރޮގްރާމެއް މިތިން ރަށުގައި 22 އިން 31 އޮގަސްޓު 2019އަށް ވަނީ ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމް ހިންގުމުގެ މަޤްސަދަކީ ވިޔަފާރިތަކުން ލިބޭ ނަފާ އިތުރުކޮއް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަރުވާނެގޮތް އުންގަންނައި ދިނުމެވެ. މިގޮތުން، މިތަމްރީން ޕްރޮގްރާމްގައި ލ. އިސްދޫއިން 22 ބޭފުޅުން، ލ. ދަނބިދޫއިން 12 ބޭފުޅުން އަދި ލ. ކަލައިދޫއިން 26 ބޭފުޅުންނާއި އެކު ޖުމްލަ 60 ބޭފުޅުން ތަމްރީން ކުރެވިފައި ވެއެވެ.