Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޒަހާ ނިއުޒީލޭންޑަށް ފުރާވަޑައިގަތުން

ދެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޒަހާ ނިއުޒީލޭންޑަށް ފުރާވަޑައިގަތުން


މި ސެޕްޓެމްބަރ މަހުގެ 3 އިން 6 އަށް ނިއުޒީލޭންޑްގެ އޯކްލޭންޑްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޕެސިފިކް އައިލެންޑް ނޭޝަންސް މެރިން ކޮންސަރވޭޝަން އެންޑް މެރިޓައިމް ސެކިއުރިޓީ ސަމިޓް" އަދި މެރިން ސްޕޭޝާލް ޕްލޭނިންގ އާއި ގުޅޭ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު އިއްޔެ ފުރާވަޑައިގެންފިއެވެ.

މިދެބައްދަލުވުމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި އެންވަޔަރަންމެންޓަލް ލޯ އިންސްޓިޓިއުޓް، ވައިޓް އިންސްޓިޓިއުޓް، އަދި އައިޔޫސީއެން އޯޝެނިއާއާ ގުޅިގެން ބާއްވާ ބައްދަލުވުމަކާއި ސަމިޓެކެވެ. މިދެބައްދަލުވުމުގައި ޖަޒީރާ ޤައުމުތަކުގެ މެދުގައި، މެރިން ސްޕޭޝަލް ޕްލޭނިންގއާއި ގުޅޭގޮތުން މަޝްވަރާކުރެވި، މިމަސައްކަތް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ ނިޒާމް ފަރުމާކުރުމުގައި ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ރަނގަޅު އާދަތަކަށް ރިޢާޔަތްކޮށްގެން އެމަސައްކަތް ކުރުމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މިބައްދަލުވުންތަކުގައި ބައިވެރިވުމުން ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭނިންގ ދާއިރާއިން ކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި އެސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ފަސޭހަވެގެންދާނެއެވެ. މިދަތުރުގައި ހިމެނޭ ބައްދަލުވުންތަކުގައި މިޖަމްޢިއްޔާތަކުގެ އިސްވެރިންނާއި ބައްދަލުކޮށް ރާއްޖޭގެ ކަނޑުގެ މާހައުލު ބޭނުންކޮށްގެން ކުރެވެން ހުރި މަސައްކަތްތަކާއި، އެމަސައްކަތްތައް ސަރުކާރާއި ގުޅިގެން ކުރުމަށް އެފަރާތްތަކުގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެއެވެ.