Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު "މިނިސްޓީރިއަލް ކޮންފަރެންސް އޮން ފިޝިންގް ވެސެލް ސޭފްޓީ އެންޑް އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް (އައި.ޔޫ.ޔޫ) ފިޝިންގް"ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޒަހާ ވަޙީދު ސްޕެއިނަށް ފުރާވަޑައިގަތުން

"މިނިސްޓީރިއަލް ކޮންފަރެންސް އޮން ފިޝިންގް ވެސެލް ސޭފްޓީ އެންޑް އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް (އައި.ޔޫ.ޔޫ) ފިޝިންގް"ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޒަހާ ވަޙީދު ސްޕެއިނަށް ފުރާވަޑައިގަތުން




"މިނިސްޓީރިއަލް ކޮންފަރެންސް އޮން ފިޝިންގް ވެސެލް ސޭފްޓީ އެންޑް އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް (އައި.ޔޫ.ޔޫ) ފިޝިންގް"ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ހޮނިހިރުދުވަހުގެރޭ ސްޕއިންއަށް ފުރާވަޑައިގެންފިއެވެ. މިކޮންފަރެންސަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނާއި ސްޕެއިން ސަރުކާރާއި ގުޅިގެން، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އަދި ޕިއު ޗެރިޓަބަލް ޓްރަސްޓްސްގެ އެހީގައި މިއަހަރުގެ އޮކްޓޯބަރ މަހުގެ 21 އިން 23 އަށް ސްޕެއިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ. މިކޮންފަރެންސްގެ މަޤްސަދަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައި.އެމް.އޯ)ގެ "ކޭޕްޓައުން އެގްރިމަންޓް އޮފް 2012" ތަސްދީޤުކުރެއްވުމަށް ޤައުމުތަކަށް ބާރުއެޅުމާއެކު ޤާނޫނާއި ގަވާއިދާއި ޚިލާފަށްކުރާ (އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިއުލޭޓަޑް) މަސްވެރިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުމެވެ. ކޭޕްޓައުން އެގްރިމަންޓަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތަކާއި، އުޅަނދުފަހަރު ބަނުމުގެ ހަމަތަކާއި، ސަލާމަތީ ގޮތުން އުޅަނދުފަހަރުގައި ޤާއިމުވެފައިވާ ހުންނަންޖެހޭ ކަންކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ އެގްރިމަންޓެކެވެ. އިންޑިއާ ކަނޑުގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިންވެސް މިއެގްރިމަންޓް ތަސްދީޤުކުރުމާއިގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތްވަނީ ފެށިފައެވެ. 11 ޤައުމަކުން މިއެގްރިމަންޓް މިހާތަނާށް ތަސްދީޤުކޮށްފައިވާއިރު މިއެގްރިމަންޓަށް އަމަލުކުރަން ފަށާނީ 22 ޤައުމަކުން މިއެގްރިމަންޓް ތަސްދީޤުކުރާތާ އެއް އަހަރު ފަހުންނެވެ. އޭގެ އިތުރުން، އެހެން ޤައުމުތަކުންވެސް މިއެއްބަސްވުމަށް ތާޢީދުކޮށްދިނުމަށް ގޮވާލުމާއެކު، މިކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަޤްރީރުކުރެއްވުމުގެ ފުރުސަތު މިނިސްޓަރ ޒަހާ ވަޙީދަށް ވަނީ ދެއްވާފައެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ލިބުމަކީ، މިފަދަކަމަކަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމުގައި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއިން ވަނީ ފާހަގަކުރައްވާފައެވެ.