Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ކަނޑުގެ މާހައުލާއި، އެ މާހައުލުގައި އުޅޭ ތަފާތު ދިރުންތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް

ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ކަނޑުގެ މާހައުލާއި، އެ މާހައުލުގައި އުޅޭ ތަފާތު ދިރުންތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް




ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކަނޑުގެ މާހައުލާއި، އެމާހައުލުގައި އުޅޭ ދިރުންތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. މިއަދު ކުރިޔަށް ގެންދެވުނު މިޕްރޮގްރާމަކީ އެކްސެލް އިންޓަރނެޝަނަލް ސްކޫލާއި ގުޅިގެން ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި އެކްސެލް އިންޓަރނެޝަނަލް ސްކޫލްގެ އެސް.ކޭޖީ ކްލާސްތަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އެގޮތުން އެސްކޫލްގެ އެސް.ކޭޖީގެ ކަރިކިއުލަމްގައި ހިމެނޭ "އަނޑަރ ދަ ސީ" މޮޑިއުލްގެ މަޢުލޫމާތު އެންމެ އެކަށޭނަ ގޮތެއްގައި މިދަރިވަރުންނަށް ދިނުމަށް އިންޓަރެކްޓިވް ސެޝަންތަކެއްގެ ވަނީ ބޭއްވިފައެވެ. އޭގެ ތެރޭގައި ކަނޑުގެ މާހައުލީ ނިޒާމްތަކާއި، އެނިޒާމްތަކުގައިވާ ދިރުންތަކާއި، މެރިކަލްޗަރކުރުމުގެ މަޢުލޫމާތު އެކުވެރި މަޖާ މާހައުލެއްގެ ތެރެއިންވަނީ ފޯރުކޮށްދެވިފައެވެ. މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ މަޤްޞަދަކީ، ސްކޫލް ކުދިންނަށް ޅައުމުރުގައި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތުދީ، އެދިރުންތަކަށް އަހުލުވެރިކޮށް އެކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމެވެ. އަދި، ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ޕްރޮގްރާމްތައް އެހެން ސްކޫލްތަކާއިވެސް ގުޅިގެން ކުރިޔަށް ގެންދިއުމަށް ގަސްތުކުރެވިފައިވެއެވެ.