Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަނިކޮށް ހިފެހެއްޓި މަސްވެރިކަންކުރާ އުޅަނދު [އަންބަރީ] ދޫކޮށްލުމާއި ގުޅޭ

ިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަނިކޮށް ހިފެހެއްޓި މަސްވެރިކަންކުރާ އުޅަނދު [އަންބަރީ] ދޫކޮށްލުމާއި ގުޅޭ


އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނިކޮށް އިންޑިއާގެ ނޭވީއިން ހިފެހެއްޓި [އަންބަރީ] ދޯނި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދޫކޮށްލާފައިވާތީވެ އެކަމަށް މިމިނިސްޓްރީގެ ފަރާތުން މަރުޙަބާ އާއި ޝުކުރު ދަންނަވަނަމެވެ. މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ޙަރަކާތެއް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުން ބޭރުގައި، އަދި އެސަރަޙައްދެއް ނިސްބަތްވާ އައްސޭރިފަށުގެ ގައުމުގެ ހުއްދަ ނުހޯދައި ޙަރަކާތްތެރިވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ (އަންކްލޮސް) އާއި އަދި އިންޑިއާ ކަނޑުގެ ކަނޑުގެ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ގަވާޢިދުތަކާއި ޚިލާފު އަމަލެކެވެ. މިފަދަ ގޮތަކަށް ޙަރަކާތްތެރިވަމުންދަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރުތަކުގެ ތަޙުގީގު މަރުހަލާއަކީ ދިގު މަރުހަލާއެކެވެ. އަދި މިމަރުހަލާ ނިމުމަށްފަހު ބޮޑެތި އަދަދުތަކުން މިފަދަ އުޅަނދުފަހަރު ޖޫރިމަނާކުރުމަކީ އާއްމުކަމެކެވެ. އެހެންނަމަވެސް، [އަންބަރީ] އުޅަނދުގެ ތަހުގީގު ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި، އެއުޅަނދު ދިވެހިރާއްޖެއަށް އަނބުރާ އައުމަށް ދޫކޮށްލާފައިވާތީވެ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންނާއި، އިންޑިއާގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުންނާއި، އެމްބަސެޑަރ ސަންޖޭ ސުދީރު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަމެވެ.
އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދުގައި ގަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވުމަކީ މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެކަމެކެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އަދި އޭގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެކަމެކެވެ. އެހެންކަމުން، ދިވެހި މަސްވެރި އުޅަނދުފަހަރު ޤާނޫނާއި، ގަވާއިދާ ޚިލާފު މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް މިމިނިސްޓްރީއިން އިލްތިމާސްކުރަމެވެ. އަދި މިފަދަ އުޅަނދުފަހަރަށް މަސްވެރިކަންކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި މިފުރުޞަތުގައި ދަންނަވަމެވެ.