Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކަޅުބިލަމަހުގެ ސިނާޢާތު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުން

ފިޔަވަޅު އެޅިފައިވަނީ އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި އިކޯ ފިޝަރީޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް


ކަޅުބިލަމަހުގެ ސިނާޢަތު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށް މިނިސްޓްރީއާއިއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން 2 ފަރާތަކަށް "އެއްބަސްވުމާއި ޚިލާފުވުމުގެ ނޯޓިސް" މިއަދު ދީފިއެވެ. މިގޮތުން، މިއަދު އެއްބަސްވުމާއި ޚިލާފުވުމުގެ ނޯޓިސް ދީފައިވާ 2 ފަރާތަކީ، އުތުރުގައި (ހއ. އަތޮޅުން ފެށިގެން ކ. އަތޮޅު ހިމެނޭ ސަރަޙައްދު) މަސް ގަތުމުގައި ޙަރަކާތްތެރިވާންޖެހޭ އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި އިކޯ ފިޝަރީޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ. މިދެ ފަރާތަށްވެސް އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށްޓަކައި، 30 ދުވަހުގެ ނޯޓިސް ދީ އެމުއްދަތުގެ ތެރޭގައި ވަރކްޕްލޭންގައިވާ ކަންކަން ފުރިހަމަކުރުމަށްވަނީ އެންގިފައެވެ.

ލިޔެކިޔުން


PR - Ebbasvumaai Hilaafuvumuge Notice

ފޯމެޓް : PDF
ސައިޒް: KB 377.22 KB