Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު އަދި ދުވާފަރުގައި އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާމް ހިންގުން

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު އަދި ދުވާފަރުގައި އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާމް ހިންގުން
ޖަނަވާރަށާއި، ޖަނަވާރުގެ ޒަރީޢާއިން އިންސާނުންނަށް ޖެހޭ ބަލިތަކަށް ފާރަވެރިވެ ދެނެގަތުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގައި ހިންގާ އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާމުގެ ދަށުން ރ. އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު، ދުވާފަރުގައި އެނިމަލް ޕެސްޓް އެންޑް ޑިޒީސް ސާވޭލެންސް ޕްރޮގްރާމެއް އޮކްޓޫބަރު 6-11 އަށް ހިންގުމަށް ރާވާފައިވާތީ އެރަށްތަކުގައި މިޕްރޮގުރާމު ހިންގުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. މިހަތަރު ރަށުގައިވެސް ބަކަރިއާއި ކޯލިދޫނީގެ ބާވަތްތައް ގެންގުޅެ، ވިއްސާ އާލާކުރުމަކީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެކެވެ. މިޕްރޮގުރާމުގެ ތެރޭގައި ކޯލިދޫންޏަށާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި އެބަލިތައް ދެނެގަންނާނެ އަލާމާތްތައް ކިޔައިދިނުމުގެ އިތުރުން، މިފާމްތައް ބަލައިފާސްކުރެވޭނެއެވެ. މިގޮތުން އެފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސެމްޕަލް ނެގުމަށްފަހު، ބަކަރިއަށް ޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތް ޑިޒީސް (އެފް.އެމް.ޑީ) އަށް ވަގުތުން ޓެސްޓުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯސެކިއުރިޓީ) ޙާލަތު ބަލައި ރަނގަޅުކުރަންވީ ކަންތައްތަކާ ބެހޭގޮތުން ލަފާދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ޖަނަވާރުތަކުގެ ސިއްޙީ ޙާލަތު ބަލައި، ބަލި ޖަނަވާރުތަކަށް ފަރުވާދެވޭނެއެވެ. މީގެއިތުރުން މިޕްރޮގުރާމުގެ ތެރޭގައި ހަތަރުރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސްހިސާބު ނަގާނެއެވެ. މިޕްރޮގުރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ.