ޓީބީ އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރޭގައި ކޯވިޑް-19 ފެތުރުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަށް:
- ގޭގައި ތިބޭ ވަގުތުގައިވެސް އެހެންމީހުންނާ ބައްދަލުވެ ގައިގޯޅިނުވުން.
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން.
- މޫނުގައި އަތްނުލުން. ޚާއްޞަކޮށް ލޯ، ނޭފަތް އަދި އަނގައިގައި އަތްނުލުން.
- ބަލިވެ އުޅޭ ފަރާތްތަކާ ބައްދަލު ނުކުރުން.
- ޓީބީ ބޭސް ކެއުމުގައި ފަރުވާ ކުޑަނުކޮށް ޤަވައިދުން ގަޑިން ގަޑިޔަށް ބޭސްކެއުން.
- ހޮސްޕިޓަލަށް ދާދިއުން މަދުކުރުން. ޓީބީ ފަރުވާ ހޯދުމަށް ޓީބީ ޕްރޮގްރާމްގެ ބޭފުޅުންނާއި ފޯނުގެ ޒަރިއްޔާއިން ބޭނުންވާ މަޢުލޫމާތު އޮޅުން ފިލުވުން.
- މާސްކް ބޭނުންކުރުން. އަދި ސާފު ތާޙިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން. މިގޮތުން
- ގިނަ ގިނައިން އަތްދޮވުން.
- ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނެފަތް އަތުގެ މުލައްދަޑިން ނުވަތަ ޓިޝޫއަކުން ނިވާކުރުން، އަދި ބޭނުން ކޮށްފައިވާ ޓިޝޫ ކުނިވަށިގަނޑަކަށްލުން.
- ގިނައިން އަތްލެވޭ ތަންތަން ސާފުކުރުން.