Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޯވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރެމުންދާއިރު ނަފްސާނީ ދުޅަހެޔޮކަން ބެލެހެއްޓޭނެ ގޮތްތައް

ތިމާ މީހާގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވޭނެ އެތައް ކަމެއް ހުރޭ. ކޯވިޑް-19 ގެ މި ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި މުޖުތަމަޢުގެ އެންމެންގެ ދިރިއުޅުމަށްވެސް އެކި ވަރުގެ އަސަރުކުރަމުން ދާއިރު މިކަމާއި ކުރިމަތިލުމުގައި ވިސްނުންތެރިކަމާއެކު އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ގޮތްތަކެއް ޚިޔާރުކުރުން މުހިންމު.


މި ޙާލަތުގައި ދެކޭ ގޮތް މެދު މިނެއްގައި ހިފެހެއްޓުން

ކޯވިޑް-19 ޖަމާޢަތުގައި ފެތުރުން ޢާންމުވެފައިވާއިރު މިކަމާ އިންތިހާއަށް ކަންބޮޑުވުން އެއީ ވެދާނެ ކަމެއް. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ އަދި ކަމާގުޅޭ މާހިރުން އެދަނީ ކެނޑިނޭޅި މި ވައިރަސް ފެތުރުން ހުއްޓުވުމަށާއި، މި ބަލިމަޑުކަމަށް ޝިފާ ލިބޭނެފަދަ ވެކްސިނެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންކަން ހަނދާނުގައި ބެހެއްޓުން މިވަގުތު މުހިންމު.

މީޑިއާ ކަވަރޭޖް މެދުމިންވަރެއްގައި ހިފެހެއްޓުން

ކޯވިޑް-19 ނޭދެވޭ އަސަރުތަކާ ބެހޭ ވަރަށް ބައިވަރު މަޢުލޫމާތު އެއްފަހަރާ ނުވަތަ ގާތްގާތުގައި ލިބުމަކީ ތިމާމީހާ އެކަމާ ހާސްވެ ބިރުގަނެ ފިކުރުކުރެވިދާނެ ކަމެއް. މިކަމުގެ އެންމެ ފަހުގެ މަޢުލޫމާތު އެނގުމަކީ މުހިންމު ކަމެއް ނަމަވެސް މަޢުލޫމާތު ހޯދުމުގައި މެދުމިންވަރެއް ގެންގުޅުމަކީ ތިމާއަށާއި ތިމާގެ ގާތުގައި އުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރުން ރަނގަޅު ކަމެއް.

މަޑުމައިތިރިކަމާއެކު ވިސްނުންތެރި ގޮތްތަށް ޚިޔާރުކުރުން

ކަންކަމާއި މާ ބޮޑަށް ވިސްނާ ފިކުރުބޮޑުވުމުގެ ސަބަބުން ހާސްކަން ޢާންމުވެއްޖެ ނަމަ މިފަދަ ބަލިމަޑުކަމެއް އެންމެ އެކަށީގެންވާ ގޮތަށް ހުއްޓުވުން ނުވަތަ ފެތުރުން މަޑުޖެއްސުމަށް ހުރަސްތަކެއް އެޅިދާނެ. އެހެންކަމުން ވީވަރަކުން މަޑުމައިތިރިކަމާއެކު ހުރެވޭތޯ ބަލާ، ސާފުތާހިރުކަން ދެމެހެއްޓުމުގައި ކަމާގުޅޭ މާހިރުން ދެމުންގެންދާ އިރުޝާދުތަކާ އެއްގޮތައް ޢަމަލުކުރުން މުހިންމު.

ޔަޤީންނުވާ ކަންކަން އަމިއްލައަށް ނުނިންމާ

މުޖުތަމަޢުގެ އެންމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ކޯވިޑް-19 ޖެހުމުގައި ވަކި ޤައުމެއް އަދި ވަކި ނަސްލެއް ނޯންނަކަން ހަނދާނުގައި ބެހެއްޓުން މުހިންމު. އަދި ބަލި ޖެހޭ މީހުންނަށް ބަލި ޖެހުމަކީ އެމީހުން ކުރާނެކަމެއް ނޫންކަމާއި އަދި ބަލި ޖެހުމަކީ ކުށެއް ނޫންކަންވެސް ހަނދާނުގައި ބެހެއްޓުން މުހިންމު.

އެހީތެރިކަން ހޯދުން

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރުމަކީ ފިކުރުބޮޑުވުމާއި ހާސްކަމާއި ބިރުވެރިކަމުގެ ތެރެޔަށް ވެއްޓިދާނެ ފަދަ ކަމެއް. މިކަމުގެ ކުރިންވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުން ތިރީގައިވާ ކަންކަންކުރުން މުހިންމު.

  • ތިމާއަށް އެހީތެރިވެ އެއްބާރުލުންދޭ މީހުންނާ ވާހަކަ ދެއްކުން.
  • ހާސްކަމުގެ ތެރެޔަށް ވެއްޓޭނަމަ އެކަން ޤަބޫލުކުރުން.
  • އުނދަގޫތަކާއި ބަލީގެ ޢަލާމަތް ފެންނަ ނަމަ ކަމާގުޅޭ މާހިރުންގެ ލަފައާއި އެހީތެރިކަން ހޯދުން. މިހާރުވެސް ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކާއި ކުރިމަތިލަމުންދާ މީހުން ޓްރީޓްމަންޓް ޕްލޭނާ އެއްގޮތައް ޢަމަލުކުރަމުން ދިޔުން މުހިންމު. އަދި އާ ޢަލާމާތްތައް އުފެދޭތޯ ސަމާލުކަންދިނުން ވެސް އެދެވިގެންވޭ. އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ޤަވާއިދުން ކަންކަން ކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ލިބޭ އިތުރު ބާރެއް. އަދި މިކަން މިފަދައިން ނުވާ ނަމަ އަދި ނަފްސާނީ ގޮތުން އުނދަގޫތަކާއި ތަކުރާރުކޮށް ކުރިމަތިލާން ޖެހޭ ނަމަ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުން މުހިންމު.