Skip to main content

 1. ފުރަތަމަ ޞަފްޙާ
 2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު މާލެ ލޮކްޑައުން ޙާލަތުގައި ބައެއް ޚިދުމަތްތަކަށް ގެނެވިފައިވާ ބަދަލުތައް

އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) އަދި (ޅ) ގެ ދަށުން ވަކި ގޮތެއް އަންގަންދެން 14 ދުވަހުގެ މުއްދަތަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން 17 އޭޕްރީލް ގައި މަނާ ކުރެވިފައިވުން. މާލެ ސިޓީ ލޮކްޑައުންގެ ޙާލަތައް ގެނެވިފައިވަނީ 14 އޭޕްރީލް 2020 ގައި.


މާލެ ލޮކްޑައުން ޙާލަތުގައި ބައެއް ޚިދުމަތްތައް ދިނުމަށް ވަނީ ބަދަލު ގެނެވިފަ. ގެނެވުނު ބަދަލު ތަކުގެ ތެރޭގައި:

1.ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކުން ޑެލިވަރީކުރުން

 • ޑެލިވަރީ ކުރުމުގެހުއްދަ ހޯދުމަށް ރަޖިސްޓްރީ ކުރުން

*ޑެލިވަރީ ޚިދުމަތް ދިނުމަށް އެދި ރަޖިސްޓްރީ ކުރުމަށް neoc@police.gov.mv އަށް މެއިލް ކުރެވޭނެ.

 • 15 އެޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ހެނދުނު 9:00 އިން 23:00 އަށް ޑެލިވަރީގެ ޚިދުމަތަށް އެދިފައިވާ މީހުންނަށް ފާސް ތިރީގައި ދެންނެވިފައިވާ ތަންތަނުން ދޫކުރެވޭނެ:

 • މާލެ (ޕޮލިސް ޓޯޔާޑް): 9609790121+

 • ހުޅުމާލެ(ޕޮލިސް ސްޓޭޝަން): 9609790121+

 • ވިލިމާލެ(ޕޮލިސް ސްޓޭޝަން): 9609790121+ ޑެލިވަރީ ފާސްބަލާ ވަޑައިގަންނަވާއިރު ކެފޭ ނުވަތަ ރެސްޓޯރެންޓްގެ ރަޖިސްޓްރޭޝަން ގެންދިއުން މުހިންމު.

 • ޒަރޫރީ ބޭނުމެއްގައި ގެއިންބެރަށް ނިކުތުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހުއްދަ ޕޮލިސްވެބްސައިޓް މެދުވެރިކޮށް ހޯދޭނެ.

  • ހޯލްސޭލް ކުރާ ފިހާރަތަކުން ކުދިފިހާރަތަކަށް މުދާ ޑެލިވަރީ ކުރުމުގެ ހުއްދަ މޯލްޑްވްސް ޕޮލިސް ސާރވިސް އިން ވަނީ ދީފައި.
 • ޑެލިވަރީ ކުރުމުގެ ހުއްދަ ދެވިފައިވާ ފަރާތްތަކުގެ މައުލޫމާތު:

  • ޑެލިވަރ ކުރަންބޭނުންވާ ފަރާތްތަކަށް ފާސް ދޫކުރެވޭނެ. ފުލުހުން ހުއްދަދޭ ފިހާރަތަކުގެ ލިސްޓް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓްއިން ފެންނަން ހުންނާނެއެވެ.
 • ޑެލިވަރކުރެވޭ ގަޑިތައް:

 • ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކުން 24 ގަޑިއިރު ޑެލިވަރީ ކުރުމަށް ވަނީ ހުއްދަ ދެވިދައި.

 • ގޭސް އަދި ފެން ޑެލިވަރީ ކުރުމުގެ ޚިދުމަތްވެސް ވަނީ 24 ގަޑި އިރަށްވަނީ ހުޅުވާލެވިފައި.

 • ކެފޭ ރެސްޓައުރަންޓް ތަކަން ޑެލިވަރީ ކުރުމަށް ހުއްދަ ދެވިފައިވަނީ ހެނދުނު 8:00 އިން ރޭގަނޑު 23:00 އަށް.

 • އެހެނިހެން ޚިދުމަތްތަށް:

  • ޑިއުޓީތަކަށް ވަޑައިގަންނަވާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ neoc@police.gov.mv އަށް މެއިލް ކުރުމުން، ފާސް ދޫކުރެވޭނެ. އެފާސް ބޭނުންކޮށްގެން މިފަރާތްތަކަށް ޢާންމުންނަށް ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވެވޭނެ.
  • ހޯލްސޭލް ކުރާ ފިހާރަތަކުން ކުދި ފިހާރަތަކަށް މުދާ ޑެލިވަރީ ކުރުމުގެ ހުއްދަ މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ ދީފައި.
 1. ދަތުރުފަތުރުގެ ޚިދުމަތް:
 • މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ކޮންމެ ޓެކްސީ ސެންޓަރަކަށް 6 ފާސް މޯލްޑިސް ޕޮލިސް ސާރވިސް އިން ވަނީ ދީފައި.
 • ހުޅުމާލެ އަދި ވިލިމާލެ ޑިއުޓީތަކަށް ދަތުރުކުރައްވާ ބޭފުޅުންނަށް އެމް.ޓީ.ސީ.ސީ ގެ ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތް ތިރިގައިވާ ގަޑިތަކުގައި ދިނުމަށް ވަނީ ހަމަޖެހިފަ.
 • ދަތުރުކުރުމަށް ހަމަޖެހިފައިވާ ގަޑިތައް މާލެ، ހުޅުމާލެ އަދި ވިލިމާލެއާއި ދެމެދު ކުރާ ދަތުރުތަކަށް ވަނީ ބަދަލުގެނެވިފައި.އަދި މި ގެނެވުނު ބަދަލު ވަނީ އާންމު ކުރެވިފަި.

ވިލިމާލެ- މާލެ ފެރީގެ ޚިދުމަތް

އެހެންދުވަސްތަކުގައި ހުކުރު ދުވަހު
މާލެއިން ވިލިނގިނލި މާލެއިން ވިލިގިނލިން
1 7:00 6:45 7:00 6:45
2 7:15 7:00 7:15 7:00
3 7:45 7:15 7:45 7:15
4 8:00 7:30 8:00 7:30
5 8:30 8:15 8:30 8:15
6 11:00 9:00 11:00 9:00
7 12:30 12:00 12:30 12:00
8 13:15 13:00 13:15 13:00
9 14:30 13:30 14:30 13:30
10 15:30 15:00 15:30 15:00
11 16:00 15:45 16:00 15:45
12 16:30 16:15 16:30 16:15
13 17:30 17:00 17:30 17:00
14 20:30 19:00 20:30 19:00
15 22:00 21:00 22:00 21:00
16 22:45 22:30 22:45 22:30
17 23:15 23:00 23:15 23:00
18 0:00 23:30 0:00 23:30
19 0:30 0:15 0:30 0:15
20 2:00 1:00 2:00 1:00

ހުޅުމާލެ - މާލެ ބަހުގެ ޚިދުމަތް

ހުޅުމާލެ 06:45 މާލެ 08:30

ހުޅުމާލެ 09:00 މާލެ -

ހުޅުމާލެ 14:30 މާލެ 16:30

ހުޅުމާލެ - މާލެ 22:00

ހުޅުމާލެ 22:30 މާލެ 00:30 އިމަގެންސިކޮށް ޑޮކްޓަރަށް ދައްކަން ޖެހިއްޖެ ހާލަތެއްގައި ހުއްދަ ދެވިފައިވާ އުޅަންދު ފަހަރުގައި ހޮސްޕިތަލަށް ދެވޭނެ.

 1. ޒަރޫރީ ބޭނުންތަކަށް ގެއިންބޭރަށް ނުކުތުން:
 • ތެލެސީމިއާ، ޑަޔަލިސިސް ފަދަ ޚާއްޞަ ފަރުވާތައް ބޭނުންވާ ބޭފުޅުން ހޮސްޕިޓަލުން ދެއްވާ ހުއްދައެއް ލިބިގެން އެހޮސްޕިޓަލްތަކަށް ދިއުމުގެ ހުއްދަ ލިބިގެންވޭ.
 • މިގޮތަށް ކުރެވޭ ދަތުރުތައް ކުރުމުގައި މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހުއްދަ ދެވިފައިވާ ވެހިކަލްތައް، ޓެކްސީތައް ނުވަތަ އެންބިއުލާންސް ގައި ދަތުރު ކުރުމަށް ސަމާލުކަން ދިނުން މުހިއްމު.
 • ހޮސްޕިޓަލް ތަކުގައި އެނދުމަތި ކުރެވިފައިވާ ބަލިމީހުންގެ އެހީތެރިންނަށް ހޮސްޕިޓަލުން ދެއްވާ ފާސް ބޭނުންކޮށްގެން ހޮސްޕިޓަލަށް ޒިޔާރަތްކުރުމުގެ ހުއްދަ ލިބިގެންވޭ.