ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، "އިންކަމް ސަޕޯޓް އެލަވަންސް" އެއް ދިނުމަށް ވަނީ ހަމަޖެހިފައި. އަދި މި އެލަވަންސް ދޭނޭ ގޮތުގެ އުސޫލެ ވަނީ ގެޒެޓްގައި ޝާއިއުކުރެވިފައި.
މި އެލެވެންސް އަށް އެދި ހުށައަޅަން ޖެހޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްއިން ލިބެން ހުންނާނެ.