- ކެފޭ / ރެސްތޯރެންޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ، ގޭގައި މަޑުކުރުމަށް އިލްތިމާޒްކުރަންވާނެ. މިފަދަ ފަރާތައް ޑެލިވަރީ ޙިދުމަތް ނުދިނުން އެދެން.
- ކާބޯތަކެތި އޯޑަރކުރާ ފަރާތެން ބަލީގެ އަލާމާތެއް ހުރިހަމަ، ޑެލިވަރ ކުރެވޭ އެއްޗަކާއި ޙަވާލުނުވުން އެދެން. މިފަދަ ތަކެއްޗާއި އެހްނ ފަރާތަކުން ޙަވާލުވެވޭނެ.
- ފައިސާގައި އަތްލާން ނުޖެހޭގޮތަށް އަދި ދެފަރާތް ކައިރިން ބައްދަލު ނުވާނެގޮތަށް "ކޮންޓެކްޓްލެސް ޑެލިވަރީ" ކުރުން އެދެވިގެންވޭ. މީގެތެރޭގައި އޮންލައިންކޮށް ޓްރާންސްފަރ ކޮށްގެން ފައިސާގެ މުޢާމަލާތްކުރެވޭނެ. އަދި އޯޑަރކުރެވޭ އެއްޗެއް ގޭގެ/އެޕާޓްމަންޓް ދޮރުމަތީ ބަހައްޓާލުން ފަދަ ކަންކަން ކުރެވިދާނެ.
- އޯޑަރކުރެވުނު ކާބޯތަކެތި ލިބުމުން ޕެކްކޮށްފައިވާ ތަށި ނުވަތަ ޕާރސަލްއިން ނަގައި ތަށި ނުވަތަ ކޮންޓެއިނަރަކަށް ލާންވާނެ، އަދި ޕެކްކޮށްފައިވާ ތަށި ނުވަތަ ޕާރސަލް ޑަސްބިނަށް ނޫނީ ރީސައިކަލް ކުރުމަށް ލާންވާނެ. އެއަށްފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮންނަން ވާނެ.