- ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މުއާސަލާތީ ޚިދުމަތަށް ލުއިތަކެއް ދިނުމަށް މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ވަނީ ނިންމާފައި. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި އެއްގޮތަށް ކޯވިޑް-19 އާއި ގުޅިގެން އިންޓަރނެޓުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވަނީ ހަމަޖެއްސަވާފައި.
ދިރާގު
- ކޯވިޑް-19 އާ ގުޅިގެން އިންޓަރނެޓްގެ ޚިދުމަތަށް އިތުރު ލުއިތަކެއް ދިނުމަށް ވަނީ ކަނޑައަޅާފައި.
- ކަސްޓަމަރުންނަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު 50-140 އިންސައްތައާއި ދެމެދުގެ މިންވަރަކަށް ދެ މަސް ދުވަހުގެ މުއްދަތައް ވަނީ އިތުރުކޮށްދިނުމަށް ނިންމާފައި.
- ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ޑޭޓާ 50-75 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވަނީ އިތުރުކޮށްދިނުމަށް ނިންމާފައި.
- ޕްރީޕެއިޑް ކަސްޓަމަރުންނަށް މަންތްލީ ޑޭޓާ ބަންޑްލްގެ 50 އިންސައްތަ އަދި ވޮއިސް15 އެޑްއޮން އަށް 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައި.
- ހޯމް ފިކްސްޑް ބްރޯޑް ބޭންޑް އަދި ޑޭޓަރ ބޫސްޓަރ ފޯރ ޕޯސްޓްޕެއިޑް އަދި ލައިޓް ބްރޯޑްބޭންޑްގެ ކަސްޓަމަރުންނަށް 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައި.
- ކޯވިޑް-19 ޓާސްކް ފޯސް ސެންޓަރުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކުރާ ނުވަތަ ކަރަންޓީންކުރާ މީހުންނަށް ވެސް ހިލޭ އިންޓަނެޓް ދިނުމުގެ މަސައްކަތާއި މާލީ ދަތިތައް ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ޚާއްޞަ ޕްލޭނެއް އުރީދޫން ވަނީ ތައްޔާރުކޮށްފަ.
- އޮންލައިންކޮށް ކިޔެވުމަށްޓަކައި ޓީޗަރުންނަށާއި ދަރުވަރުންނަށް ކޮންމެ މަހަކު ހިލޭ 5 ޖީބީގެ ޑޭޓާ ލިބޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. އިތުރު މަޢޫލޫމާތު ދިރާގު ވެބްސައިޓް .
އުރީދޫ
- ކޯވިޑް-19 އާއި ގުޅިގެން އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 5 ޖީބީގެ ޑޭޓާ ހިލޭ ދޫކުރަން ފަށާފައި.
- މިއީ ކޯވިޑް-19 އާ ގުޅިގެން ސުޕަނެޓް ކަސްޓަމަރުންނަށް ދޭ 25 އިންސައްތަ ޑޭޓާ އެލަވަންސްގެ އިތުރުން ދޭ އެލަވަންސެއް.
- ކޯވިޑް-19 ޓާސްކް ފޯސް ސެންޓަރުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކުރާ ނުވަތަ ކަރަންޓީންކުރާ މީހުންނަށް ވެސް ހިލޭ އިންޓަނެޓް ދިނުމުގެ މަސައްކަތާއި މާލީ ދަތިތައް ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ޚާއްޞަ ޕްލޭނެއް އުރީދޫން ވަނީ ތައްޔާރުކޮށްފަ.
- އޮންލައިންކޮށް ކިޔެވުމަށްޓަކައި ޓީޗަރުންނަށާއި ދަރުވަރުންނަށް ކޮންމެ މަހަކު ހިލޭ 5 ޖީބީގެ ޑޭޓާ ލިބޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓް .
އާރް.އޯ.އެލް
- ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އެދިލައްވާފައިވާ ގޮތުގެ މަތިން އާރް.އޯ.އެލް ގެ ކަސްޓަމަރުންނަށް ލުއި ދިނުމަށް އެކުންފުނިން ވަނީ ނިންމާފައި. މިގޮތުން 'ގިގަފީ' ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އޭޕްރީލް މަހުގައި އިތުރު ހިލޭ ޑޭޓާ އެލަވަންސެއް ވަނީ ދޭން ފަށާފައި. އިތުރު މަޢުލޫމާތު އާރ.އޯ.އެލް ވެބްސައިޓް .