މި ޙާލަތުގައި ގްރޭޓަރ މާލެ ރީޖަންގެ ގޭބިސީތަކުގެ މީޓަރުތަކުގެ ރީޑިން ނަގަން އިތުރުގޮތެއް ސްޓެލްކޯއިން ވަނީ ހަމަޖައްސާފައި. މިގޮތުން ސްޓެލްކޯ އިން ވަނީ މިދުވަސްވަރު ގޭގެއަށް އެވެރެޖް ބިލެއް ފޮނުވަން ނިންމާފައި.
ސްޓެލްކޯ ވެބް ޕޯޓަލް މެދުވެރިކޮށް ގޭބިސީތަކުގެ މީޓަރުތަކުގެ ރީޑިންގގެ ފޮޓޯ ފޮނުވުމުން ބިލް އަލުން މުރާޖަޢާ ކުރުމަށްފަހު ފޮނުވާނެ.
ސަރުކާރުން ވަނީ ހުރިހާ ގޭބިސީއަކަށް 40% ސަބްސިޑީ ދިނުމަށް ނިންމާފައި.
އެވެރެޖް ބިލަކީ ކޮބާ؟
ފުރަބަންދުގެ ޙާލަތު އިޢުލާންކުރުމުގެ ކުރިން ސްޓެލްކޯއިން ވަނީ 80 އިންސައްތަ ގޭބީސީގެ ކަރަންޓު މީޓަރުތަކުގެ ރީޑިންގ ނަގާފައި. ބާކީ 20 އިންސައްތަ ގޭބީސީގެ ރީޑިންގ ނެގެން ނެތުމުގެ ސަބަބުން ސްޓެލްކޯއިން ވަނީ އެގޭބީސީ ތަކުގެ ފާއިތުވި ތިން މަހުގެ ބިލް އެއްކުރުމަށްފަހު ތިނަކުން ގެއްލައި އެ ލިބޭ ޢަދަދުގެ އެވެރެޖް ބިލެއްހެދުމަށް ނިންމާފައި.
އޮންލައިންކޮށް ބިލް ދައްކާނީ ކިހިނެތް؟
އޮންލައިންކޮށް ބިލް ދެއްކުމަށް
-
ވެބް ބަރައުޒަރ މެދުވެރިކޮށް ސްޓެލްކޯ އީބިލްސް ޕޯރޓަލް އަށް ވަނުން https://ebill.stelco.com.mv/epay
-
އެކައުންޓްނަންބަރު ޖެއްސެވުމަށްފަހު ބިލް ނަންބަރު ޖެއްސެވުން
-
ޕޭމެންޓް ހެއްދެވުން
ސްޓެލްކޯ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުން
އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކުރުމަށް ތިރީގައިވާ ލިންކްތައް ބޭނުން ކުރެއްވިދާނެ.
-
އައިފޯން ގެންގުޅުއްވާ ފަރާތްތަކަށް https://apps.apple.com/us/app/stelco/id1357076988
-
އެންޑްރޮއިޑް ގެންގުޅުއްވާ ފަރާތްތަކަށް https://play.google.com/store/apps/details?id=mv.com.stelco.adha&hl=en
-
އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށްފަހު، އެޕްލިކޭޝަންގައި ފޯނު ނަންބަރު ބޭނުންކުރައްވައިގެން ރަޖިސްޓްރީ ކުރުން
-
ރަޖިސްޓްރީ ވުމަށްފަހު ލޮގިންކޮށް އެކައުންޓްގެ ތަފްޞީލް އަޕްޑޭޓްކުރުން
-
ގޭގައި ތިބެގެން ކަރަންޓު ބިލްތަކުގެ ތަފްޞީލުތަކާއި، އޮންލައިންކޮށް ބިލަށް ފައިސާ މި އެޕްލިކޭޝަން މެދުވެރިކޮށް ދެއްކޭނެ. އެގެންޖެހޭ ބައެއް ކަންތަށް
-
ކުރައްވާ އެއްވެސް ޓަރާންސެކްޝަންތަކެއްގައި ކްރެޑިޓް އަދި ޑެބިޓްކާރޑުގެ މައުލުމާތު ސްޓެލްކޯއިން އެކެއް ނުކުރާނެ.
-
ފައިސާ ޤަބޫލު ކުރެވޭނީ ހަމަ އެކަނި ބިލަށް އަރާފައިވާ ޢަދަދު.
-
މީޓަރުން ކަރަންޓު ކަނޑާލާފައިވާ ނަމަ އަލުން ކަރަނޓު ގުޅާ ދެވޭނީ ނުދައްކާ ހުރި ހުރިހާ ބިލަކަށް ފައިސާ ދައްކާ ޚަލާސްކުރުމުން. ނަމަވެސް ރޭގަނޑު 11 ޖެހުމުގެ ފަހުން ބިލަށް ފައިސާ ދައްކަވައިފި ނަމަ ކަރަނޓުގެ ޚިދުމަތް އަލުން ގުޅާދެވޭޏީ ޖެހިގެން އަންނަ ދުވަހުގެ ވަގުތެއްގައި.
-
ސްޓެލްކޯގެ އީ-ޕޭ ސަރވިސްއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ނަމަ 9603314949+ ނުވަތަ 9607788438+ އަށް ގުޅައި ނުވަތަ epay@stelco.com.mv އީމެއެއިލް އެޑްރެހަށް އީމެއިލް ކުރެވެނެ.