މި ހާލަތާއި ގުޅިގެން އަދި ލޯނުގެ މުއްދަތުގެ ތެރޭގައި އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކި ނުކުރެވޭނެ. މި ލޯނުތައް ދޫކުރެވޭނީ 6 އިންސައްތަ އިންޓްރެސްޓް ރޭޓެއްގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްގައި. މި މުއްދަތުގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ވެސް ދައްކާކަށް ނުޖެހޭނެއެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ. މި ލޯނުތަކަށް އެދުމުގެ ފުރުސަތު މިތަންތަނުން 8 އޭޕްރީލްގައި ވަނީ ހުޅުވާލާފަ.
- އެސްޑީއެފްސީ އިން ދޫކުރާ ލޯނުތައް:
- މި ލޯނުތައް ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ވިޔަފާރީގެ އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ ވިޔަފާރިތަކަށް.
- އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރޭގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީނުކޮށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް އަދި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނޭ.
- ވިޔަފާރި ލޯނުގެ އެހީ ލޯނުގެ ގޮތުގައި ގިނަވެގެން 500,000 (ފަސް ލައްކަ) ރުފިޔާ ނެގޭނެ.
- އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯނުގެ ގޮތުގައި ގިނަވެގެން 18,000 (އަށާރަހާސް) ރުފިޔާ ނެގޭނެ.
- ލޯނު ދޫކުރެވެނީ ވިޔަފާރީގެ މުސާރަ، ކުލި އަދި ޔުޓިލިޓީ ބިލުތައް ދެއްކުމަށް.
- އިތުރު މަޢުލޫމާތު: އެސް.ޑީ.އެފް.ސީ
- ލޯނަށް އެދިލެއްވުމަށް:އެސް.ޑީ.އެފް.ސީ ޕޯޓަލް
- ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލޯނުތައް:
- ޓޫރިސްޓު ރިސޯޓުތަކަށް ވާކިން ކެޕިޓަލް ލޯނުދޫކުރުން. މި ސްކީމްގެ ދަށުން ދޫކުރެވޭނީ ގިނަވެގެން 7.71 މިލިޔަން ރުފިޔާ.
- 2019 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 10 (ދިހަ) މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުން. މި ސްކީމްގެ ދަށުން ދޫކުރެވޭނީ ވިޔަފާރިއަކަށް 1.0 މިލިއަން ރުފިޔާ.
- އިތުރު މައުލޫމާތު: ބީއެމްއެލް ގެ އެބްސައިޓް
- ލޯނަށް އެދިލެއްވުމަށްޓަކައި އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ބޭނުންވާ ލިޔުންތަކާއި އެކު recoveryscheme@bml.com.mv އަށް އީމެއިލް ކުރައްވާ.
- ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، "އިންކަމް ސަޕޯޓް އެލަވަންސް" އެއް ދިނުމަށް ވަނީ ހަމަޖެހިފައި. އަދި މި އެލަވަންސް ދޭނޭ ގޮތުގެ އުސޫލެ ވަނީ ގެޒެޓްގައި ޝާއިއުކުރެވިފައި.
- މި އެލެވެންސް އަށް އެދި ހުށައަޅަން ޖެހޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްއިން ލިބެން ހުންނާނެ.