- މިނަރަލް ވޯޓަރ ލިބުން ދަތި ނަމަ ވޯޓަރ ސަޕްލައި ފެން ބޭނުން ކުރުން- (ވޯޓާރ ސަޕްލައި ފެނަކީ ދުނިޔޭގެ ސިޙަތު ޖަމިއްޔާގެ ސްޓެންޑަރޑްއަށް ފެތޭ ފެނެއް)
- ފިހާރަތަކުން ކާބޯތަކެއްޗަށް އޯޑަރު ކުރުމުގެ ކުރިން، ގޭގައި މަދުވަނީ ކޮންކޮން ތަކެއްޗެއްތޯ ރަގަޅަށް ބެލުމަށް ފަހު ލިސްޓެއް ތައްޔާރު ކުރާށެވެ. ކުރިއާލާ ކާން ތައްޔާރުކުރާނެ ތަކެތި ރާވާލުމުން (މީލް ޕްލޭން ކުރުމުން) ގަންނަން ބޭނުންވާ ތަކެއްޗާއި ބޭނުންވާ ވަރު އެނގޭނެ. އެކި ފަހަރު މަތިން ކުދި ކުދި އޯޑަރު ކުރުމުން ޑެލިވަރީ ކުރާ ފަރާތްތަކަށް ބާރުބޮޑު ވުމާއި، ކޮވިޑް-19 ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވޭ.
- ގެއަށް ޑެލިވަރ ކުރާ ހުރިހާ ތަކެއްޗެއް (ކާއެއްޗެއްސާއި އެނޫންވެސް ތަކެތި) ރަގަޅަށް ދޮވެގެން ބޭނުން ކުރުން.
- ފަސޭހައިން ހަލާކުވާ ޒާތުގެ ތަރުކާރީ ގޭގައި ގިނައިން ހުރިނަމަ، މިތަރުކާރީތައް ބޭނުންކޮށްގެން އެއްޗެއް ތައްޔާރުކުރުމަށްފަހު، ރަގަޅަށް ހިހޫ ވުމުން ވަކި ތަށިތައްޓަށް އަޅާފައި ފަހުން ބޭނުން ކުރުމަށް ގަނޑުކުރާ ބައިގައި ބެހެއްޓޭނެ. ނުވަތަ، ތަރުކާރީތައް ކުދިކޮށް ކޮށާފައި ޒިޕްލޮކް ކޮތަޅަށް ލާފައި ގަނޑުކުރާ ބައިގައި ބެހެއްޓިދާނެ.
- ޕެކެޓްކޮށްފައި ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ ވައްތަރުގެ ތަރުކާރީ ގަންނާށެވެ. ގިނަ ދުވަހަށް ދެމިހުރުމާއި އެކު ތާޒާ ތަރުކާރިން ލިބޭ މިންވަރަށް ނުވަތަ އެއަށްވުރެ ގިނައިން ހަށިގަނޑަށް އޭގެން ފައިދޭ ލިބެއެވެ.
- ގިނަ ދުވަހަށް ނުބައި ނުވެ ހުންނާނެ ފަދަ ތަކެތި ކެއުމުގައި ބޭނުން ކުރުމަށް އިސްކަންދިނުން. (މުގު އަދި ގޮވާމުގެ އެހެނިހެން ބާވަތްތައް , ދަޅު ކާނާ، ފަދަ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެތި)
- ގިތެޔޮ މިރުސް އައިސްއަލަމާރީގައި ބަހައްޓާއިރު ތަނޑި ނައްޓާލާފައި ބިއްލޫރި ފުޅިއެއް ނުވަތަ ތައްޓެއްގެ އެތެރޭގައި ބެހެއްޓުމުން، ގިނަ ދުވަހަށް ދެމި ހުންނާނެއެވެ. ނުވަތަ، ކޮށާފައި މަތިޖެހި ތައްޓަކަށް އަޅާފައި ގަނޑުކުރާ ބައިގައި ބަހައްޓައިގެންވެސް އެތަށް މަހެއް ވަންދެން ބޭނުންކުރެވިދާނެ.
- އެ ދުވަހެއްގައިކައްކާ ތަކެތި ގިނަ ވެއްޖެ ނަމަ އިސްރާފު ނޮކަށް ތާޒާ ކަންމަތީ ފްރިޖް ކޮށްފައި ބެހެއްޓިދާނެ. ކެއުމުގެ ކުރިން ރަނގަޅަށް ހޫނުކުރަންވާނެ.
- ހިކަނދިފަތް، ރާނބާފަތް،ލެޓިއުސް، މުރަނގަފަތް އަދި އެކި ކަހަލަ ހަރބްސް ޒިޕްލޮކް ކޮތަޅެއްގައި ނޫނީ ޖޫސްޕެޓީ ކޮތަޅެއްގައި ރަގަޅަށް ބަންދުކުރުމަށްފަހު އައިސްއަލަމާރީގެ ގަނޑުކުރާބައިގައި ރައްކާކުރެވޭނެ.
- ޓޮމާޓޯ، އަލުވި، ފިޔާ އަދި ލޮނުމެދު ބަހައްޓަން އެންމެ ރަނގަޅީ އައިސް އަލަމާރިން ބޭރުގައި، މާބޮޑަށް އަވި ނުދޭ ބަންދު ނޫން ތަނެއްގަބެހެއްޓޭނެ.
- އަލުވި ރައްކާކުރާ އިރު ފިޔަލާއި ދުރުގައި ބެހެއްޓުމުން ގިނަ ދުވަހު ނުބައިނުވެ ހުންނާނެއެވެ.
- ދުވަސް ހަމަވުމުގެ ކުރިން, ޕާން ބޭނުން ނުކުރެވޭނެ ނަމަ ވައިބަންދު ކޮތަޅެއްގައި ގަނޑުކުރާ ބައިގައި އެހެން ތަކެއްޗާއި ތަޣަޔަރު ނުވާނެހެން ރައްކާކޮށްފައި ބެހެއްޓޭނެ. ބޭނުން ކުރަންވީމާ ޓޯސްޓް ކޮށްލާގެން ބޭނުން ކުރެވޭނެ.
- އައިސްއަލަމާރިއަށް ލާއިރު މަތިޖެހި ތަށީގައި ތަރުކާރީ އާއި ފަތް ފަދަ ތަކެތި ރައްކާކެވޭނެ.
- ކޮންމެ ދުވަހަކު ބާކީވާ ބަތް/ރޮށި އުކާލުމުގެ ބަދަލުގައި އައިސް އަލަމާރީގައި ބަހެއްޓިދާނެ. ގިނަވުމުން، ފްރައިޑް ރައިސް ނުވަތަ ކޮއްތު ރޮށި ނުވަތަ އެހެން ވައްތަރެއްގެ ކާއެއްޗެއް ތައްޔާރު ކުރެވިދާނެ.
- ބާކީވާ ރޮށިން މުރަނަ ރޮށި ހަދާފައި ވައި ބަންދު ދަޅެއްގައިވެސް ރައްކާކުރެވިދާނެ.
- ގިނައިން ދިޔާތަކެތި ބޭނުން ކުރުން މުހިންމު.