- ރަޙުމަތްތެރިންނާ ބައްދަލު ކުރެވިދާނެތަ ؟
- އެއްވެ އުޅުމާއި، ރައްޓެހިން ގާތަށް ދިޔުމަކީ އެ ފަރާތްތަކަށް މިބަލި ފެތުރެން މެދުވެރި ވެދާނެ ކަމެއް.
- އެކަކު އަނެކަކުގެ ހާލު ފޯނުން ގުޅައިގެން ނުވަތަ ވީޑިޔޯ ކޯލް މެދުވެރިކޮށް ބެލިދާނެ.
- ފިޒިކަލް ޑިސްޓެންސިންގް ނުވަތަ ގައިދުރުކަން ފަރިތަކުރަންވާނެ. ރަޙުމަތްތެރިންނާއި ބައްދަލުވިޔަސް އަތްޖޯޑުކޮށްސަލާމްކުރުން، ޓަޗްޖެހުން، ބެއްދުން އަދި ބޮސް ދިނުން ފަދަ ކަންކަން ނުކުރޭ.
- އާއިލާގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންގެ ގާތަށް ޒިޔާރަތް ކުރުން ރަނގަޅު ވާނެތަ؟
- މިބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނާއި ހަކުރު ބަލި އަދި ކިޑްނީގެ ބަލިތައް ފަދަ ދިގު މުއްދަތަށް ބޭސްފަރުވާ ކުރާމީހުންނަށް.
- ރޯގާގެ އަލާމާތް ހުރެއްޖެނަމަ އަދި ކޯވިޑް 19 ފެތުރެމުން ދާ ގައުމަކުން އައިސްފައިވާ މީހެއްނަމަ ގެގައި އެކަހެރިކޮށް ހުރުމަކީ އެންމެންގެ ރައްކަތެރިކަމަށް ކުރެވޭނެ ކަމެއް.
- ރާއްޖެއިން ބޭރަށް ނުގޮސް އަދި އަނބުރާ އައި މީހަކާ ދިމާނުވެ ބަލީގެ އަލާމާތެއް ފެނުނަސް ބޭރަށް ދެވިދާނެތަ؟
- ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ބޭރަށް ދިޔުމަކީ އެދެވިގެންދާކަމެއްނޫން.
- އެންމެ ރަނގަޅު ގޮތަކީ ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ކަމުގައިވާނަމަ ގޭގައި މަޑުކޮށްލުން.
- އިތުރަށް ގޯސްވާނަމަ ފްލޫ ކްލިނިކަށް ދައްކަންވާނެ.
- އެއްވެސް އަލާމާތެއް ނުފެނި ބަލި ފެތުރުމުގެ ފުރުސަތު އޮވެ ތަ؟
- ޢާންމުކޮށް ފެންނަބަލީގެ އެއްވެސް އަލާމާތެއް ނުފެނިވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮވެ.