Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ކޯވިޑް 19 ހާލަތުގައި ވެކްސިން ދިނުން

ވެކްސިން ދީގެން ރައްކާތެރި ކުރެވޭ ބަލިތައް ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ދުވަސްވަރު ވެކްސިން ދިނުމަށް ސިއްޙީ ޚިދުމަތް ދޭތަންތަނަށް ވަޑައިގަންނަވާއިރު ބަލަންވީ މުހިންމު ކަންތަށްތަށް:


ކޯވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ނެތް ރަށެއް ނަމަ:

  • ވެކްސިންދޭ މަރުކަޒުގައި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުން.
  • އެއް ބެލެނިވެރިޔަށްވުރެ ގިނައިން ދަރިފުޅު ގޮވައިގެން ނުދިޔުން.
  • ހުން އައިސް ރޯގާ ޖެހިފައިވާ ކުއްޖެއް ނަމަ ވެކްސިން ދޭންދާން ވާނީ ރޯގާ ރަނގަޅުވުމުން.

ކޯވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ހުރި ރަށެއް ނަމަ:

  • ވެކްސިންދޭ މަރުކަޒުގައި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުން.
  • އެއް ބެލެނިވެރިޔަށްވުރެ ގިނައިން ދަރިފުޅު ގޮވައިގެން ނުދިޔުން.
  • ހުން އައިސް ރޯގާ ޖެހިފައިވާ ކުއްޖެއް ނަމަ ވެކްސިން ދޭންދާން ވާނީ ރޯގާ ރަނގަޅުވުމުން.
  • ތިމާގެ ފަރާތުންވރޯގާގެ (ހުން އައުން، ކެއްސުން، ކަރުގައި ރިއްސުން) އެއްވެސް އަލާމާތެއް ފެންނަ ނަމަ ވެކްސިން ދިނުމަށް ދަރިފުޅު ގޮވައިގެން ދާންވާނީ އެހެން މީހެއް.
  • މޮނިޓަރިންގގައިވާ ގެއެއްގައި ހުރި ކުއްޖެއް ނަމަ މޮނިޓަރިންގގެ މުއްދަތު ހަމަވުމުން އެންމެ އަވަހަށް ވެކްސިން ދޭ ދުވަހެއްގައި ވެކްސިން ދޭންވާނެ.

ލޮކްޑައުންގެ ޙާލަތުގައިވާ ރަށެއް ނަމަ:

  • ލޮކްޑައުންގެ ޙާލަތުގައިވާ ރަށެއްގައި ވެކްސިން ދިނުން ވަގުތީގޮތުން ވާނީ މެދުކަނޑާލެވިފައި.
  • މި ޙާލަތު އެ ރަށެއްގެ ޞިއްޚީ ޚިދުމާތްދޭ ތަނެއްގެ އިރުޝާދު ލިބެންދެން ގޭގައި މަޑުކުރުމަކީ ވަރަށް މުހިންމު ކަމެއް.