Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ހާލުބެލުން ވެބް ޕޯރޓަލް

ކޯވިޑް-19 ބަލިމަޑުކަމުގެ އަލާމާތެއް ފެންނަ ނަމަ ރިޕޯޓް ކުރުމަށް ހާލުބެލުން ޕޯޓަލް ބޭނުންކުރޭ


ހާލުބެލުން ވެބް ޕޯޓަލް

  • ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ޢަލާމާތެއް ފެންނަ ނަމަ މި ޕޯޓަލްގައި އަމިއްލަޔަށް އެކަން ރިޕޯޓްކުރެވޭނެ.
  • އެހެން ގެޔަކަށް ހޯމް ކަރަންޓީންއަށް ދާނަމަ، ޙާއްޞަކޮށް ގްރޭޓަރ މާލެ ސަރަޙައްދުން ރަށްރަށަށް ދާނަމަ ހޯމް ކަރަންޓީންކުރުމަށް އެދެވޭނީ މި ޕޯޓަލް މެދުވެރިކޮށް.
  • މި ޕޯޓަލްއަށް ތިމާއާއި ތިމާގެ ގާތް މީހުންގެ މަޢުލޫމާތު އެޑްރުކުރެވޭނެ. އަދި، އެމީހުންގެ ފަރާތުން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ޢަލާމާތެއް ފެންނަ ނަމަ އެކަން މި ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭނެ.
  • ކުއްލި ޙާލަތުގައި ދިމާވާ ކަންކަމުގައި އެޗް.ޕީ.އޭ ގައި ކުރަން ބޭނުންވާ ރިކުއެސްޓްތައް ކުރުމަށް މި ޕޯޓަލް ބޭނުންކުރެވޭނެ.

ހާލުބެލުން ވެބް ޕޯޓަލްގައި ރެޖިސްޓަރ ވާނީ ކިހިނެތް؟

*އިންޓަރނެޓް ވެބް ބްރައުޒަރެއް ހުޅުވުމަށްފަހު https://haalubelun.hpa.gov.mv އަށް ޒިޔާރަތްކުރޭ.

  • އަދި އައިޑީ ކާޑް ނަންބަރާއި ފޯނު ނަންބަރު ބޭނުންކޮށްގެން ރެޖިސްޓަރ ވެލާ.
  • ކޮންފަރމޭޝަނަށް އޯޓީޕީ ނުވަތަ ވަންޓައިމް ޕާސްވޯޑެއް ފޯނަށް ފޮނުވާލެވޭނެ.
  • އެއްވެސް ބައްޔެއް ހުންނަ ނަމަ އެކަން ހާމަކުރުން ނުވަތަ އެންމެ ފަހަތުގައި އިން އޮޕްޝަން ނެގުމަށްފަހު ކުރިޔަށްދޭ.
  • ތިމާ ހުރި ޙާލަތު އެންމެ ރަނގަޅަށް ބަޔާންވާ ގޮޅީގައި ފާހަގަ ޖަހާ. މިސާލަކަށް ހޯމް ކަރަންޓީންގައި ހުންނަ ނަމަ މިކަން ކޮންމެ ދުވަހަކު ކުރަންޖެހޭނެ.

އާ މީހަކު އިތުރުކުރާނީ ކިހިނެތް؟

  • އިތުރުކުރަން ބޭނުންވާ މީހާގެ ފުރިހަމަ ނަން ޖަހާލާ.
  • އެމީހާގެ އައިޑީ ކާޑް ނަންބަރާއި މޯބައިލް ނަންބަރު ޖަހާލާ.
  • ދިވެއްސެއްތޯ ނުވަތަ ބޭރުމީހެއްތޯ އަންގައިދިނުމަށް އެކަށީގެންވާ ގޮޅީގައި ފާހަގަ ޖަހާލާ.

ހޯމް ކަރަންޓީނަށް ދިޔުމަށް އެދޭނީ ކިހިނެތް؟

  • ހޯމް ކަރަންޓީނަށް ދާން ބޭނުންވާ މީހާ ޚިޔާރުކުރޭ.
  • ދާން ބޭނުންވާ ރަށަށް ދެވޭނެ ތާރީޚް ބަޔާންކުރޭ.
  • ދާން ބޭނުންވާ ރަށަށް ދެވޭނެ ވަގުތު ބަޔާންކުރޭ.
  • ތިމާ ކަރަންޓީނަށް ދާން ޖެހެނީ ރާއްޖެއިން ބޭރުން އައިމަތޯ ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ދާތީތޯ ބަޔާންކުރަން އިންނަ ގޮޅީގައި ފާހަގަ ޖަހާލާ.
  • ހޯމް ކަރަންޓީނުގައި ހުންނަން ބޭނުންވާ ގޭގެ މަޢުލޫމާތު ޕޯޓަލްގައި ޙިއްޞާކޮށްލާ.
  • ޙުއްދައަކަށް އިންތިޒާރުކޮށްލާ.
  • އެޗްޕީއޭ އިން ޙުއްދަ ދިނުމަށްފަހު އެތަނުގެ ލީގަލް ޓީމުން ލިޔުން ހަވާލުކުރުމަށް ގުޅާނެ.
  • ދާން ބޭނުންވާ ރަށަކަށް ދިޔުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އަމިއްލަޔަށް.
  • ރަށަށް ދާ އުޅަނދަށް އެރުމަށް އެޗްޕީއޭގެ ލީގަލް ޓީމުން ދީފައިވާ ލިޔުން ބޭނުންވާނެ. (މިއީ ޖާގަ ކަށަވަރުކުރުމަކަށް ނޫން)

ޢާންމު ސުވާލާއި ޖަވާބު

މީގެ ކުރިން ޖެންޑަރ މިނިސްޓްރީ އަދި އެލްޖީއޭ ގައި ރެޖިސްޓަރ ކޮށްފައިވާނަމަ އަލުން ހާލުބެލުން ވެބްޕޯޓަލްގައި ރެޖިސްޓަރ ކުރަންޖެހޭނެތަ؟

  • ހާލުބެލުން ވެބް ޕޯޓަލްގައި ރަޖިސްޓަރ ކުރަންޖެހޭނެ.
  • ޖެންޑަރ މިނިސްޓްރީ އަދި އެލްޖީއޭ ގައި ރެޖިސްޓަރ ކޮށްފައިވާ ލިސްޓަކަށް ވަކި އިތުރު އިސްކަމެއް ނުދޭނެ. މިފަދަ ކަންކަމުގައި ޙުއްދަދިނުމަށް ކިހާ ވަގުތެއް ނަގާނެ؟
  • ޢާންމުކޮށް މިފަދަ އެޕްލިކޭޝަންތަށް ޕްރޮސެސްކުރަން 3 ދުވަހުގެ މުއްދަތެއް ނަގާފާނެ.
  • ވަރަށް ގިނަ މީހުން ރަށަށް ދިޔުމަށް މި ޕޯޓަލްގައި ރަޖިސްޓަރ ވަމުންދާތީ ލަސްވުން އެކަށީގެންވޭ.
  • އެންމެ ފުރަތަމަ ހުއްދަދެވޭނީ ފުރަތަމަ ހުއްދަޔަށް އެދޭ މީހުންގެ ތަރުތީބުން. ހުއްދަ ނުލިބިއްޖެއްޔާ ހަދާނީ ކިހިނެތް؟
  • އަލުން އާ އެޑްރެހެއް ޖެހުމަށްފަހު ފޯމުގެ މަޢުލޫމާތު ބަދަލުކުރާނީ.
  • މި ޕްރޮސެސް އަލުން ކުރިޔަށް ގެންދެވޭނެ.