ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެގެއްގައި ދިރިއުޅޭ މީހުންނަށް ގުޅުމަށާއި ގޭގައި އުޅޭ މީހުންގެ ޢަދަދާއި ޙާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނެގޭ މަޢުލޫމާތު ވަރަށް ބޮޑު އެހީއަކަށް ވެގެން ދާނެއެވެ.
ރަޖިސްޓަރީ ކުރަން ބޭނުންވާނީ ކޮން މަޢުލޫމާތެއް؟
ޕޯޓަލްގައި ރަޖިސްޓަރީ ކުރައްވާއިރު ޖައްސަވަން ވާނީ މިހާރު ދިރިއުޅޭ ގޭގެ އެޑްރެހެވެ. އަދި ގޭގައި ދިރިއުޅޭ މީހުންގެ އަދަދާއި ގޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ޙާއްސަ އަޅާލުން ބޭނުންވާނެ ފަރާތްތަކުގެ ޢަދަދާއި މަޢުލޫމާތު ނެގޭނެއެވެ. އައިޑީކާޑު ނަަންބަރު އަދި އެހެނިހެން ޒާތީ މަޢުލޫމާތު ބޭނުންވާނީ ޙާއްސަ އަޅާލުން ބޭނުންވާނެ ފަރާތްތަކުގެ އެކަންޏެވެ. މި ޕޯޓަލް އަކީ ޒާތީ މަޢުލޫމާތު އެއްކުރުމުގެ މަޤްސަދުގައި ބޭނުންކުރެވޭނެ އެއްޗެއްނޫނެވެ. މި މަޢުލޫމާތު ނެގުމުގެ ބޭނުމަކީ އެފަރާތްތަކާއި ގުޅަން ޖެހިއްޖެ ހާލަތެއްގައި ފަސޭހަކަމާއިއެކު ގުޅުމަށް އަދި ބޭނުންވެދާނެ އިތުރު އެހީތެރިކަން އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށެވެ.
މިވަގުތަށް ޙާއްސަ އަޅާލުން ބޭނުންވާނެ ފަރާތްތައް ކަމުގައި މިޕޯޓަލް އިން މަޢުލޫމާތު ނަގާނެ ފަރާތްތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ.
- އުމުރުން ދުވަސް ވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެދުމަތިވެފައިވާ މީހުން
- 65 އަހަރުން މަތީގެ މީހުން
- ނުކުޅެދުންތެރިކަން ހުންނަ މީހުން
- ނުކުޅެދުންތެރިކަން ހުންނަ ކުދިން (12 އަހަރުން ދަށް)
- ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުން
މިޕޯޓަލް މެދުވެރިކޮށް ނެގޭ މަޢުލޫމާތުގެ ތެރެއިން ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންގެ މަޢުލޫމާތު ޔަޤީން ކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެފަރާތްތަކާއި ގުޅާނެއެވެ.