ޓްރޭސްއެކީ އިން ބްލޫޓޫތު މެދުވެރިކޮށް މި އެޕްލިކޭޝަން ބޭނުންކުރާ އެހެންމީހުންނާ ދިމާވެފައިވާނަމަ އެމަޢުލޫމާތު ފޯނުގައި ރައްކާކުރާނެ. އަދި އެމީހެއް ބައްޔަށް ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި އެޗްޕީއޭއަށް މި މަޢުލޫމާތު ހުށަހެޅުމުން، އެމީހަކާއި ގާތުން އެއްތާވެފައިވާ މީހުންގެ ފޯނު ނަންބަރުތައް ކޮންޓެކްޓް ޓެރޭސިންގައި ބޭނުންކުރުމަށް އެޗްޕީއޭއަށް ލިބޭނެ.
ޢާންމުންނަށް
- ޓްރޭސްއެކީ އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކުރުމަށް ތިރީގައިވާ ލިންކްތައް ބޭނުން ކުރެއްވިދާނެ.
- ޓްރޭސްއެކީ އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކުރެއްވުމަށްފަހު ސެޓަޕް ހައްދަވާ .
- ޓްރޭސްއެކީ އިން މީހާއަކީ ކާކުކަން އަންގައިދޭ މަޢުލޫމާތަކަށް ނަގާނީ ހަމައެކަނި ފޯނު ނަންބަރު.
- ފޯނު ނަންބަރުތައް ބޭނުންކުރެވޭނީ މި އެޕްލިކޭޝަން ބޭނުންކުރާ މީހެއް ބައްޔަށް ޕޮޒިޓިވްވެއްޖެ ނަމަ އެމީހަކާ އެއްތާވެފައިވާ މީހުންނަށް ގުޅުމަށް.
- ޓްރޭސްއެކީ އަޅާފައި ބޭނުން ނުކުރާ ނަމަ އަދި އެޕްލިކޭޝަން ރަނގަޅަށް މަސައްކަތްކުރުމަށް ބޭނުންވާ ހުއްދަތަކާއި، ބްލޫޓޫތް ނުލިބޭ ނަމަ އެޕްލިކޭޝަނުން އެކަން ހަނދާންކޮށްދޭނެ.
އެޕްލިކޭޝަން މަސައްކަތްކުރާ އިރު
- ބްލޫޓޫތު މެދުވެރިކޮށް ޓްރޭސްއެކީ ބޭނުންކުރާ އެހެން ފޯނެއް ކައިރީގައިވާނަމަ ދެނެގަނެ ލޮގް ކުރާނެ. އަދި، ލޮގްކުރެވޭ މަޢުލޫމާތުގައި މީހާގެ އެއްވެސް ޒާތީ މަޢުލޫމާތެއް ނުހިމެނޭނެ.
- ޓްރޭސްއެކީ ބޭނުންކުރާ މީހެއް ބައްޔަށް ފައްސިވެއްޖެ ހާލަތެއްގައި އެޗްޕީއޭއަށް މި މަޢުލޫމާތު ހުށަހެޅުމުން، އެމީހަކާއި އެއްތާވެފައިވާ މީހުންނަށް ގުޅޭނެ ނަންބަރު އެޗްޕީއޭއަށް ލިބިގެންދާނެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
- ކޮންޓެކްޓް ޓްރޭސިންގ ހިނގާނެ ގޮތް
- ބައްޔަށް މީހެއް ފައްސިވުމުން އެޗްޕީއޭއިން ޓްރޭސްއެކީ ބޭނުންކުރޭތޯ ސުވާލުކުރާނެ.
- އެޕްލިކޭޝަނަށް މަޢުލޫމާތު އަޕްލޯޑު ކުރެވޭނީ އެޗްޕީއޭއިން ދޭ ކޯޑެއް ޖަހައިގެން. މިއީ އެޕްލިކޭޝަން ބޭނުންކުރާ މީހުންނާއި ބޭނުން ނުހިފޭ މަޢުލޫމާތުން ރައްކާތެރިކުރުމަށް އެޅޭ ފިޔަވަޅެއް.
- ޑޭޓާ ބެލޭނެ ގޮތް
- އެޗްޕީއޭއަށް ޑޭޓާ ލިބުމުން އެއްތާވެފައިވާ ކަމަށް ލޮގްކުރެވިފައިވާ ޓެމްޕަރަރީ އައިޑީތައް ޑީކްރިޕްޓްކުރެވޭނެ. އަދި ބައްދަލުވެފައިވާ މީހުންގެ ޔޫޒަރއައިޑީ އާއި އޭގެ ވަލިޑިޓީ ޕީރިއަޑް ހޯދޭނެ.
- އެޗްޕީއޭއިން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ގާތުން އެއްތާވެފައިވާ ކްލޯޒް ކޮންޓެކްޓުން ފާހަގަކުރާނެ.