މި ބަލިން ރައްކާތެރިވުމަށް ކުރަންވީ ކަންތައްތަކުގެ ތެރޭގައި:
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓައިޒަރ އެއް ބޭނުންކުރުން.
- އަބަދުވެސް ގެއިން ބޭރުގައި އުޅެފައި ގޭއަށް ވަނުމަށް ފަހު އަތް ރަނގަޅަށް ދޮވުން. ނުވަތަ ހޭންޑް ސެނިޓައިޒަރ އިން އަތް ސާފުކުރުން.
- ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ނުވަތަ އަތުގެ މުލައްދަޑިން އަނގަޔާ ނޭފަތް ނިވާކުރުން.
- ބޭނުންކޮށްފައިވާ ޓީޝޫ ރައްކާތެރިގޮތުގައި ކުނި ވަށިގަނޑަށްލުން.
- މޫނުގައި އަތްލުން ވީހާވެސް މަދުކުރުން. ހާއްސަކޮށް، ލޯ، ނޭފަތް އަދި އަގައިގައި އަތްނުލުން.
- ގައިދުރުކުރުން އާދަކުރުން.
- މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިޔުން މަދުކުރުން/ހުއްޓާލުން (ކެފޭ، ރެސްޓޯރަންޓް،ޕާރކް ފަދަ ތަންތަން)
- ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުދިއުން ހޮމް ކަރަންޓީން ގައިޑްލައިން
- ގެއަށް މީހުން ޒިޔާރަތްކުރުން މަދުކުރުން
- ޒަރޫރީ ބޭނުމެއް އޮވެގެން މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުން.
- ސަރުކާރުގެ އިދާރާތަކުން ދޭ މެސެޖުތަކަށް އަހުލިވެރިވުން.