މި އަހަރުގެ ރޯދަމަސް އަޅުގަނޑުމެންނާ ބައްދަލު ކުރަނީ ކޯވިޑް 19 ބަލި މަޑުކަން މުޅިދުނިޔޭގައި ފެތުރިފައިވާ ދުވަސްވަރަކާ. ކޯވިޑް19 ފެތުރެނީ ކެއްސާ ކިނބިހި އަޅާއިރު ގައިދުރުކަން ނުބެހެއްޓުމުގެ ސަބަބުން ބުރައިގެންދާ ކުޅުތިކިތަށް އަނެކެއްގެ ނޭވާލާ ނިޒާމުގެތެރެއަށް ވަނުމުންނާއި ހަރުލާފައި ހުންނަ އެއްޗެއްސާއި ތަންތަނުގައި އަތްލުމުންނާއި، ނޭވާ ލުމުގެ ނިޒާމުގެ ތެރެއިން ހަށިގަނޑުތެރެއަށް މި ވައިރަސް ވާސިލް ވުމުން. މި ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
- ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކުރުން.
- ނޭފަތާއި އަނގަޔާއި ލޮލުގައި އަތް ނުލުމަށް ސަމާލުކަން ދިނުން.
- ކޮވިޑް-19އިގެ އެއްވެސް ޢަލާމާތެއް ފެންނަނަ ނަމަ ގޭގައި އެކަހެރި ވެގެން ހުރުން އަދި ހޮޓްލައިން 1676 ނަންބަރު ފޯނަށް ގުޅުން.
- ކެއްސާ، ކިނބިހި އަޅާނަމަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުން ކުރުން ނުވަތަ ޓިޝޫ ބޭނުން ކުރުން އަދި މާސްކް އަޅައިގެން އުޅުން. ޓިޝޫ އަދި މާސްކް ބޭނުންކުރުމަށްފަހު ރައްކާތެރިކަމާއެކުގައި އުކާލުން.
- ފޮތި މާސްކް ބޭނުންކުރާނަމަ ގަވާއިދުން މާބޮޑަށް ބަދަލުކުރުމާއި ބޭނުންކުރި މާސްކް ރަނގަޅަށް ދޮވެ ހިއްކުމަށްފަހުގައި ބޭނުންކުރުން.
- އާންމުކޮށް އަތްލާ ތަންތަން (މޭޒު، ހަރުގަނޑު، ކައުންޓަރު، ދޮރުގެ ތަޅު/އަތްގަނޑު، ތަޅުދަނޑި، ކަބަޑު ފާހާނާ، ފަދަ ތަންތަން) ގިނަ ގިނައިން ސާފުކުރުން.
- މިފަދަ ތަންތަނުގައި އެއްޗެއްއެޅި/ހޭކި ހަޑިވެފައިވާ ނަމަ ސައިބޯނި ފެން (ދޮންނަކުނޑި އާއި ފެން) ފޮތިގަނޑު ފެލާލުމަށްފަހު ރަނގަޅަށް އެތަންތަނުގައި އުނގުޅާ ސާފުކުރުން.
- ދުވާލަކު މަދުވެގެން 2 ފަހަރު ގޭތެރެ ކުނިކަހާ ރަނގަޅަށް މޮޕް އެޅުން. އަދި ނަމާދުކުރުމަށް ގޭތެރޭގައިވަކި ހާއްސަ ތަންކޮޅެއް ބޭނުންކުރާނަމަ އެތަން ރަނގަޅަށް ސާފުކުރުން.
- އެއްތަނުން އަނެއްތަނަށް ދިޔުން މަނާކުރެވިފައިވީ ނަމަވެސް މި ދަނޑިވަޅުގައި ގޭތެރޭގައި ވީވަރަކުން ހެލި ފެލިވެ އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
- ފައިދާހުރި ކާނާ ކެއުން މި ރަމަޟާން މަހުގެ ދުވަސް ތަކުގައި ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ލިބޭ މިންވަރަކުން ކާނާ ކެއުމަށް އާދަކުރަން ވާނެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއް. ރޯދަ ވީއްލާ ގަޑީގައާއި އަދި ތަރާވީސް ވަގުތުގައިވެސް ތަރުކާރީ އަދި މެވާގެ ބާވަތްތައް ލިބޭ މިންވަރަކުން ބޭނުން ކުރަން އާދަކުރަންވާނެ.
ކާބޯތަކެތި ރައްކާތެރިގޮތުގައި ތައްޔާރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ 5 ކަންތައް.
- ސާފު ތާހިރުކަން.
- ކާބޯ ތަކެތީގައި އަތްލުމުގެ ކުރިންނާއި ތައްޔާރުކުރުމުގެ ކުރިން އަތްދޮވުން.
- ފާޚާނާކޮށް ނިމިގެން ރަނގަޅަށް އަތްދޮވުން.
- ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ސާފުކުރިން.
- ކެއްކި އަދި ރޯތަކެތި ވަކިކުރުން.
- ރޯ އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތައް އެހެން ކާބޯތަކެއްޗާއި ވަކިން ބެހެއްޓުން.
- ވަޅި، ކަޓިންބޯޑް ފަދަ ތަކެތި ރަނގަޅަށް ސާފުކުރުމަށްފަހު ބޭނުންކުރުން.
- ކާބޯތަކެތި ރައްކާތެރި ކުރާއިރު އެކަތި އަނެކައްޗާއި އެކުނުވާގޮތަށް ވަކިކޮށްފައި ބެހެއްޓުން.
- ރަނގަޅަށް ރޯފިލަންދެން ކެއްކުން.
- މަހުގެ ބާވަތްތައް ރޯފިލަންދެން ކެއްކުން.
- ސޫޕް ފަދަ ދިޔާތަކެތި ރަނގަޅަށް ކެކެންދެން ކެއްކުން (70 ޑިގްރީ ސެލްސިއަސްއަށް).
- ދެވަނަ ފަހަރަށް ކެއްކުން ނުވަތަ ހޫނުކުރާއިރު ކެކެންދެން ހޫނުކުރުން.
- އެކަށީގެންވާ ފިނިހޫނުމިނުގައި ކާބޯތަކެތި ގެންގުޅުން.
- ފިނި ހޫނުމިން 30 ޑިގްރީ ސެލްސިއަސްގައި ހުންނަ ތަންތަނުގައި ކައްކާފައި ހުންނަ ކާބޯތަކެތި 2 ގަޑި އިރަށްވުރެ ގިނައިރު ނުބެހެއްޓުން.
- ފަސެހައިން ހަލާކުވާ ތަކެތި (މިސާލަކަށް؛ އައިސްކްރީމް، ކަސްޓަރޑް) ވީ އެންމެ އަވަހަށް އައިސްއަލަމާރީގައި ބެހެއްޓުން ( 5 ޑިގްރީ ސެސްސިއަސް އަށްވުރެ ދަށުގައި).
- ކައްކާފައި ހުންނަ ތަކެތި ކެއުމުގެ ކުރިން ހޫނު ކުރުން ( 60 ޑިގްރީ ސެލްސިއަސް އަށްވުރެ މަތިން).
- އައިސް އަލަމާރީގައި ދިގުމުއްދަތަކަށް ކައްކާފައި ހުންނަ ތަކެތި ނުބެހެއްޓުން.
- ކާބޯތަކެތި ތައްޔާރު ކުރުމުގައި ރައްކާތެރި ފެން އަދި ތާޒާ ތަކެތި ބޭނުންކުރުން.
- ރައްކާތެރިގޮތުގައި ބަންދު ކުރެވިފައިވާ ތަކެތި ބޭނުންކުރުން.
- ރޯމޭވާ އާއި ތަރުކާރީ ރޯކޮށް ބޭނުން ކުރާނަމަ ރަނގަޅަށް ދޮވެ ސާފުކޮށްގެން ބެނުން ކުރުން.
- މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުން ނުކުރުން.
- ދުންފަތުގެ އިސްތިމާލު ކުރުމާއި ދުރުވުން.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅުކަމެއް ނޫނެވެ. އަދި ހާއްސަކޮށް ކޮވިޑް-19 ފަދަ ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިމަޑުކަމަށް މީހާ ހުށައެޅޭނެ ފުރުސަތު ބޮޑެވޭ. 3. ނަފްސާނީ ދުޅަހެޔޮކަން.
ގޭގައި ހުރި ނަމަވެސް މިފަދަ ދަނޑިވަޅުގައި ތިމާއާއި އާއިލާގެ އެހެނިހެން މެމްބަރުންނާއި ގާތްތިމާގެ މީހުންނާއި ރަށްޓެހިންނަށް އަޅާލުން އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ކަމެއް. އެގޮތުން
- ހާލު ބަލާލަން ގުޅާލާ ވާހަކަ ދެއްކުން. އަދި އެފަރާތުގެ ކަންބޮޑުވުމެއްވާނަމަ ހިއްސާ ކުރަންބުނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އަމިއްލަ ކަންބޮޑުވުމެއްވާނަމަ އާއިލާ މެމްބަރަކާ ނުވަތަ ރައްޓެއްސަކާ ހިއްސާ ކުރުން .
- ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭގޮތުން އެހީ ބޭނުންވާނަމަ ކަމާ ގުޅުންހުރި މުއައްސަސާތަކާއި ހިއްސާކޮށް ދުރާލާ އެހީ ހޯދުން.
- ގޭތެރޭގައި ގައިދުރުކަން ބެހެއްޓި ނަމަވެސް އާއިލާ އެއްކޮށް ކުރެވޭނެ ފަދަ ކަންކަން ކުރުމަށް ވަގުތު ހޯދުން.
- މިހާލަތުގައި ކެއްތެރިކަން އިސްކުރުން.