Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ފުރަބަންދުގެ ޙާލަތަށް ލުއި ދިނުން (ފުރަތަމަ މަރުޙަލާ)

ކޯވިޑް-19 ބަލިމަޑުކަން ފެތުރެމުންދާ މި ނާޒުކު ހާލަތުގައި ޢާންމުކޮށް ދިރިއުޅެމުން އައި ވައްޓަފާޅި މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އަލުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވެ އާ ހަޤީގަތަކަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތައް މިވަނީ އެކި މަރުޙަލާތަކަކަށް ބަހާލެވިފައި. މިގޮތުން ތިރީގައި ބަޔާންކުރެވިފައި އެވަނީ ފުރަތަމަ މަރުޙަލާގައި ލުއި ދެވޭނެ ގޮތުގެ ތަފްޞީލް.


ފުރަބަންދަށް ލުއިދިނުން

  • ފުރަބަންދަށް ލުއި ދެވޭ ފުރަތަމަ މަރުޙަލާ ފެށުމަށް ހަމަޖެހިފައިވަނީ 29 މޭ 2020 އިން ފެށިގެން.
  • ވިޔަފާރިކުރުމަށް ފިހާރަތަކަށް ދާނަމަ ހަފްތާ އަކު އެއްފަހަރު ފިހާރަތަކަށް ދިޔުން އެދެވިގެންވޭ.

ޢާންމު އިރުޝާދު

  • ގިނައިން މީހުން އެއްވެ އުޅޭތަންތަނުގައި ނުވަތަ ގިނައިން މީހުން ގޮސް އުޅޭ ތަންތަނުގައި ޑިސްޕޯސިބަލް މާސްކް ނުވަތަ ފޮތި މާސްކް ބޭނުންކުރުން މުހިންމު.

ކޯވިޑް -19 ފެނިފައި ނުވާ ރަށްތައް

  • ރަށުތެރޭގައި އިޖްތިމާޢީ އަދި އިޤްތިޞާދީ އެއްވެސް ޙަރަކާތެއް ހިންގުމުގައި އެއްވެސް ހިފެހެއްޓުމެއް ނުވޭ. ނަމަވެސް އިތުރު އެންގުމެއް އަންގަންދެން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާކަމެއް.
    • 20 ސިކުންތު ވަންދެން ސައިބޯނިލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުން.
    • މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރުން.
    • ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ އިރުޝާދުތަކާ އެއްގޮތައް ޢަމަލުކުރުން.

ގްރޭޓަރ މާލެ ސަރަޙައްދާއި ކޯވިޑް-19 ފެނިފައިވާ ރަށްތަކުގެ ޙަރަކާތްތައް ކޮންޓްރޯލްކުރުން

  • ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އެދެވިގެންވޭ. ބަންދު ތަންތަނާއި ޚިދުމަތް ދޭ އައުޓްލެޓްތަކުގައި މާސްކް އަޅަންވާނެ.
  • މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޕޮލިސް ޕަރމިޓް އާ އެކު ޙަރަކާތްތެރިވެވޭނެ (މިހާރު ވެސް ދެމުންދާ ހުއްދަ އާއި އެކު ގޭބިސީއަކުން ތިން މީހުންނަށް ހަފްތާއަކު ދެ ދުވަހު، ދެ ގަޑިއިރަށް އެއްވެސް ސަރަޙައްދެއް ކަނޑައެޅުމެއް ނެތި ބޭރުގައި އުޅެވޭނެ)
  • 60 (ފަސްދޮޅަސް) އަހަރުން މަތީގެ މީހުންނަށް ހެނދުނު 5-8 އާ ދެމެދު ޕޮލިސް ޕަރމިޓް އާއި އެކު ހިނގާލަން ނުކުމެވޭނެ.
  • ގްރޭޓަރ މާލެ ސަރަޙައްދުން ބޭރަށް ދިއުމާއި، އެ ސަރަޙައްދަށް ދަތުރުކުރުންވަނީ މަނާކުރެވިފައި.
  • އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކުރެވިފައި ( މިގޮތައް ދަތުރުކުރެވޭނީ ޞިއްޙީ ނުވަތަ ސޯޝަލް ޕްރޮޓެކްޝަން ރެފަރަލްސްއަށް އެކަނި).

ޙަރަކާތްތަކާއި އެއްވުންތައް

  • އަމިއްލަ ނުވަތަ ޢާންމު އެއްވުންތައް ( ޕާޓީތަކާއި ޢާއިލީ އެއްވުންތަކާއި ޖަމާޢާތުގައި ނަމާދުކުރުން ފަދަ ކަންކަން) ބޭއްވުމުގެ ހުއްދަ ފުރަތަމަ މަރުހަލާގައި ދެވިގެނެއް ނުދޭ.
  • ކަށުކަމައި ކެމީގެ ކަންތައްތައް ކުރިއަށް ގެންދާނީ މިހާރުވެސް އަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް.
  • ކުއްލި ޙާލަތެއް ދިމާވެގެން މެނުވީ ޢާއިލާ މީހުންނަށް ޒިޔާރަތްނުކުރުން.

ވިޔަފާރި ޚިދުމަތްތައް

  • ޒަރޫރީ ކަންކަމުގައި ޚިދުމަތްދޭ ތަންތަނާއި ފިހާރަތައް ވިޔަފާރިކުރުމަށް ކަސްޓަމަރުންނަށް ހުޅުވާލާނީ ހެނދުނު 9 އަކުން ރޭގަނޑު 9 އަކަށް ހިފެހެއްޓުންތަކަކާއެކު. ޚިދުމަތް ދިނުމަށް ހުޅުވާލެވޭ ތަންތަނުގެ ތެރޭގައި:
    • ޒަރޫރީ ބޭނުންތައް ފުއްދުމަށް ގަނޑުކޮށް އަދި ވަކިވަކިން މުދާ ވިއްކާ ފިހާރަތަކާއި ސުޕަރމާކެޓްތައް.
    • ފާމަސީތަކާއި އެހެނިހެން ބޭސް ވިއްކާ ފިހާރަތައް.
    • ތުއްތު ކުދިންނަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތައް.
    • ބޭކަރީތައް.
    • ބުކްޝޮޕް އަދި ސްޓޭޝަނަރީ ވިއްކާ ތަންތަން.
    • ހާޑްވެއަރ ފިހާރަތައް.
  • މި ތަންތަން ހިންގުމަށް ބޭނުންވާ ޕަރމިޓް ހޯދުމުގައި މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ކަނޑައަޅާފައިވާ ގައިޑްލައިން އަށް ޢަމަލުކުރަން ޖެހޭނެ. ޕަރމިޓަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޕޮލިސް ޕަރމިޓް ޕޯޓަލްއަށް.
  • ފިހާރައިގެ މުވައްޒަފުން އަދި ވިޔަފާރިކުރަން ވަންނަ މީހުން މާސްކް އަޅަންވާނެ.
  • ވިޔަފާރިކުރުމަށް ފިހާރަޔަށް ވަންނަ މީހުންގެ ޢަދަދު މަދުކުރުމާއެކު މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރަންވާނެ.
  • ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން ޓްރާންސެކްޝަންގެ ޚިދުމަތް ބޭނުން ކުރުން އެދެވިގެންވޭ.
  • ފިހާރައިގައި ޢާންމުކޮށް އަތްލެވޭ ތަންތަން ޑިސްއިންފެކްޓްކޮށް ސާފުކުރަންވާނެ.
  • މުވައްޒަފުން ވިޔަސް އަދި ކަސްޓަމަރުން ކަމުގައިވިޔަސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ފިހާރަޔަށް ނުވެއްދުން. އަދި އަތުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ގިނަ ގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކުރުން. ހަމަ މިއާއެކު ޑެލިވަރީގެ ޚިދުމަތް ދިނުމަށް/ހޯދުމަށް ބާރުއަޅުން.
  • ޒަރޫރީ ނޫން ކަންކަމުގައި ޚިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާލާނީ އޮންލައިންކޮށް ވިޔަފާރިކުރުމަށާއި ޑެލިވަރީކުރާގޮތައް އެކަނި. އެތަންތަނަކީ:
    • މޯބައިލް އަދި ކޮމްޕިއުޓަރ ސާމާނު ވިއްކާ ފިހާރަތައް
    • ގޭގޭގެ އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަތައް.
    • ފޮތި، އަންނައުނު، ފައިވާން، ކުޅިވަރު ސާމާނު ވިއްކާ ފިހާރަތައް.
    • ކޮސްމެޓިކް ވިއްކާ ފިހާރަތައް.
    • ރާއްޖޭގައި ތައްޔާރުކުރާ ތަކެތި ވިއްކާ ފިހާރަތައް.
    • ފަހާ ތަންތަން.
  • ޚިދުމަތްދޭ ތަންތަން ހުޅުވާލެވޭނީ ހިފެހެއްޓުންތަކަކާއެކު. އެ ތަންތަނަކީ
    • ކްލިއަރިންގ އެޖެންސީތަކާއި ޑެލިވަރީ ޚިދުމަތްދޭ ތަންތަން.
    • އިމާރާތްކުރުމުގެ މަސައްކަތް ކުރާ ވިޔަފާރިތައް.
    • އޮޓޯމޯބައިލް ރިޕެއަރ ޚިދުމަތްދޭ ވިޔަފާރިތައް.
    • މޯބައިލް ފޯން އަދި ކަރަންޓު ސާމާނު މަރާމާތުކޮށްދޭ ޚިދުމަތްދޭ ވިޔަފާރިތައް.
    • ވޯކްޝޮޕްތަކާއި ގަރާޖުތައް.
    • ހައުސްހޯލްޑް ރިޕެއަރ އަދި މެއިންޓެނަންސް ވޯކްޝޮޕްތައް.
    • މެޝިނަރީ އަދި މަސައްކަތްކުރާ ސާމާނު ކުއްޔަށް ދޫކުރާ ޚިދުމަތްދޭ ވިޔަފާރިތައް.
    • މި ތަންތަން ހިންގުމުގައި މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ކަނޑައަޅާފައިވާ ގައިޑްލައިނަށް ޢަމަލުކުރަން ޖެހޭނެ.
    • ޑެލިވަރީ ކުރާ ފަރާތްތައް މާސްކް އަޅަންވާނެ.
    • ޑެލިވަރީގެ ޚިދުމަތް ހޯދުމުގައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރަންވާނެ.
    • ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން ޓްރާންސެކްޝަންގެ ޚިދުމަތް ބޭނުން ކުރުން އެދެވިގެންވޭ.
    • ޢާންމުކޮށް އަތްލެވޭ ތަންތަން ޑިސްއިންފެކްޓްކޮށް ސާފުކުރުން.
    • ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަޢުލޫމާތު ލޮގްކޮށްފައި ބެހެއްޓުން.
    • ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ އިރުޝާދުތަކާ އެއްގޮތައް ޢަމަލުކުރުން. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން ހިންގާ އޮފީސްތަކުން ޢާންމުންނަށް ހުޅުވާނުލާ، އޮފީހުގެ މުވައްޒަފުން އޮފީހުގައި މަސައްކަތް ކުރާގޮތަށް، ހިފެހެއްޓުންތަކާއެކު ހުޅުވާލެވޭނެ. މި ހުއްދައަށް އެދި ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް (ހުއްދަ ނެގުމަށް މެއިލްކުރާނީ covid19_supplies@trade.gov.mv އަށް).

މަސްމާރުކޭޓު

  • މަސްމާރުކޭޓްތަކުން ހަމައެކަނި ފޯރުކޮށް ދެވޭނީ ޑެލިވަރީގެ ޚިދުމަތް. އަދި ހިނގަމުންދާނީ މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން.

ބޭންކްގެ ޚިދުމަތްތައް- ހިފެހެއްޓުންތަކަކާއެކު ހުޅުވާލުން

  • ބޭންކް ހުޅުވޭނީ ހަފްތާއަކު ތިން ދުވަހު.
  • ބޭންކަށް ވަންނަ ކޮންމެ މީހެއްގެ ޓެމްޕެރޭޗަރ ޗެކް ކުރެވޭނެ.
  • ބޭންކަށް އެއްފަހަރާ ވަދެވޭ މީހުން މަދުވާނެ. އަދި އެކަކު އަނެކަކުގެ ދެމެދުގައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރަންވާނެ.
  • ޚިދުމަތް ހޯދުމަށް ކުރީބައިގައި އެޕޮއިންޓްމަންޓް ހެދުމުގެ އިންތިޒާމް ހަމަޖައްސައި، ކިއު މެނޭޖްމަންޓް ސިސްޓަމް ބޭނުންކޮށް ކިއު ހަދާ ސަރަޙައްދުގައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ކަށަވަރުކުރަންވާނެ.
  • އެއް ސަރަޙައްދެއްގައި ކަސްޓަމަރުންނާއި މުވައްޒަފުން ހިމަނައިގެން 5 މީހުންނަށްވުރެ ގިނައިން ތިބެގެން ނުވާނެ.
  • އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ދީފައިވާ އިރުޝާދުތަކަށް (މާސްކް/ ޝީލްޑް ބޭނުންކުރުން، އަތުގެ ސާފުތާހިރުކަން، އަތްލެވޭ ތަންތަން ސާފުކުރުން) ޢަމަލުކުުރަންވާނެ.

ޔުޓިލިޓީގެ ޚިދުމަތްތައް

ޔުޓިލިޓީ ޚިދްމަތްދޭ ފަރާތްތަކަށް މިހާރުވެސް ޢަމަލުކުރަމުންދާގޮތަށް ހުއްދަދެވޭނެ. މީގެ ތެރޭގައި ފެނާ، ކުނި، ކަރަންޓު، ޓެލެކޮމް، ގޭސް، އަދި ކޭބަލްގެ ޚިދްމަތްދޭ ފަރާތްތައް ހިމެނޭނެ.

ފެނާއި ކަރަންޓުގެ ޚިދުމަތްތައް

  • ފެންބިލާއި ކަރަންޓު ބިލު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން.
  • ހިފެހެއްޓުންތަކާއެކު އާ ކަނެކްޝަންތަކާއި ސަރވޭ އަދި އިންސްޕެކްޝަންއަށް ހުއްދަ ދެވޭނެ.
  • މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ޢަދަދު 5 އަކަށްވުރެ އިތުރުވެގެންނުވާނެ.

އެމް.ޑަބްލިޔު.އެސް.ސީ. ގެ ޚިދުމަތްތައް

  • ބިލް ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން.
  • ހިފެހެއްޓުންތަކާއެކު އާ ކަނެކްޝަންތަކާއި ސަރވޭ އަދި އިންސްޕެކްޝަންއަށް ހުއްދަ ދެވޭނެ
  • ދުވާލެއްގެ މައްޗައް ހިންގޭނީ ގިނަވެގެން މަގުކޮނުމުގެ ދެ ޙަރަކާތް
  • އިމަރޖެންސީ ޓީމްތަކަށް ބޭނުންވާ ހުއްދަޔާއެކު ޙަރަކާތްތެރިވެވޭނެ
  • މުވައްޒަފުން 12 ގަޑިއިރުގެ ޑިއުޓީ އަދާކުރުމަށް ދެ ހެޑް އޮފީހާ އެ މުވައްޒަފެއްގެ ގެއާ ދެމެދު ކަސްޓަމަރ ކުއެރީ އަޕްޑޭޓްކުރުމަށް ހުއްދަ ލިބިގެން އުޅެވޭނެ
  • ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ އިރުޝާދުތަކާ އެއްގޮތައް ޢަމަލުކުރަންވާނެ.

ކެފޭ/ރެސްޓޯރަންޓްތައް

  • ހުޅުވާލެވޭނީ ހަމައެކަނި ޑެލިވަރީގެ ޚިދުމަތަކަށް.
  • ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން ޓްރާންސެކްޝަންގެ ޚިދުމަތް ބޭނުން ކުރުން އެދެވިގެންވޭ.

ޓެކްސީގެ ޚިދުމަތްތައް

  • މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުން ޓެކްސީ ކުރުމަށް ދޫކުރެވޭ ހުއްދަ ޓެކްސީތަކަށް ދެވޭނެ. ނަމަވެސް ޓެކްސީ ކުރުމުގައި ތިރީގައިވާ ގޮތަށް ޢަމަލުކުރަން ޖެހޭނެ
    • ޓެކްސީ ދުއްވާ ޑްރައިވަރާއި ފަސިންޖަރު މާސްކް ބޭނުން ކުރުން މަޖުބޫރު
    • ފަސިންޖަރުންގެ އަތުގެ ސާފުތާހިރުކަން ކަށަވަރުކުރަންވާނެ (ސެނިޓައިޒަރ ބޭނުންކުރުން)
    • ޑްރައިވަރާއި ފަސިންޖަރުގެ ސީޓް ވަކިވާނެހެން ޕާޓިޝަނެއް ހުންނަންވާނީ ޖަހާފައި
    • ޓެކްސީގެ ކުރިޔަށް ފަސިންޖަރުން ނޭރުވުން
    • ކުޑަދޮރުތަށް ހުޅުވާފައި ބެހެއްޓުން
    • ނަގުދު ފައިސާ ނެގުމުގެ ބަދަލުގައި، އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން
    • ޓެކްސީ ބޭނުންކުރާ ފަރާތްތައް އިނގޭނޭހެން އަރާ ފަސިޖަރުންގެ މަޢުލުމާތު ލޮގްކުރުން. މިގޮތުން
  • ޓްރޭސްއެކީ އެޕްލިކޭޝަން ބޭނުންކުރުން (މި އެޕްލިކޭޝަން ޓެކްސީ ޑްރައިވަރ އަދި ފަސިންޖަރވެސް ބޭނުން ކުރަންވާނެ) ނުވަތަ،
  • ޓެކްސީ ސެންޓަރުން/ ނުވަތަ އެޕްލިކޭޝަން އިން ބޭނުން ކޮށްގެން ޓެކްސީ ބުކް ކުރާއިރު އެފަރާތެއްގެ މަޢުލޫމާތު ރެކޯޑްކުރުން ނުވަތަ،
  • ޓެކްސީ ސެންޓަރުތަކުން ރެކޯޑްކުރުމަށް ޑެއިލީ ލޮގްއެއްވެސް ބޭނުން ކުރެވިދާނެ.
  • ޓެކްސީ ޑްރައިވަރު ޓެކްސީގެ ދޮރުފަތްތައް (ކޮންމެ ދަތުރެއް ނިމުމުން) ސާފުކޮށް ޑިސްއިންފެކްޓްކުރަންވާނެ.

ޕިކަޕާއި ވޭންގެ ޚިދުމަތްތައް

  • މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުން ކުރިޔަށް ގެންދިޔުން. މިގޮތުން:
    • ޑްރައިވަރ ކޮންޕާޓްމަންޓަށް ފަސިންޖަރުން ނޭރުވުން.
    • ކުދި ޕިކަޕާއި ވޭނަށް ދެ ފަސިންޖަރުންނަށްވުރެ އިތުރަށް ނޭރުވުން.
    • ބޮޑެތި ޕިކަޕާއި ވޭނަށް ތިން ފަސިންޖަރުންނަށްވުރެ އިތުރަށް ނޭރުވުން.

ޢާންމު ދަތުރުފަތުރުގެ ނިޒާމް: ހުޅުމާލެ/ ވިލިމާލެ ފެރީގެ ޚިދުމަތްތައް:

  • މިހާރު ޢަމަލުކުރަމުންދާ އުޞޫލުން، ހުރި ހިފެހެއްޓުންތަކާއެކު ޚިދުމަތްތައް ކުރިޔަށް ގެންދިޔުން. މިގޮތުން:
    • ކުރިންވެސް ޢަމަލުކުރަމުންދިޔަ ފަދައިން ފެރީގެ ޙިދުމަތް ކުރިޔަށް ދާނެ
    • ޢާާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމުގައި އެންމެންވެސް މާސްކްއެޅުން މަޖުބޫރުވާނެ
    • މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރެވޭނެހެން ސީޓުތަކުގައި ފާހަގަޖަހާފައިވާނެ. އިށީންނަން ވާނީ އެ ފާހަގަތަކާ އެއްގޮތައް
    • ފަސިންޖަރުންނާ ކްރޫ އިންނަށް ބޭނުން ކުރެވޭނެހެން ސެނިޓައިޒަރ ލިބެން ހުންނާނެ
    • ޚިދުމަތްދޭ ފަރާތުން ގިނަގިނައިން އަތްލެވޭ ތަންތަނާއި ސީޓުތައް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ
  • ޢާންމު ދަތުރުފަތުރުގެ ނިޒާމް: ގްރޭޓަރ މާލެ ސަރަޙައްދުގެ ބަހުގެ ޚިދުމަތްތައް
    • މާލެ ހުޅުމާލެ ބަހުގެ ޚިދުމަތް ބޭނުން ކުރެވެނީ މަސައްކަތަށް ދިޔުމަށް ހުއްދަ ދެވިފައިވާ ފަރާތްތަކަށް ( ޢާންމުންނަށް ބަހުގެ ޚިދުމަތް ހުޅުވިފައި ނުވާނެ).
    • ބަސް ބޭނުންކުރާ އެންމެން ވެސް މާސްކްއެޅުން މަޖުބޫރުވާނެ.
    • މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރެވޭނެހެން ސީޓުތަކުގައި ފާހަގަޖަހާފައިވާނެ. އިށީންނަން ވާނީ އެ ފާހަގަތަކާ އެއްގޮތައް.
    • ފަސިންޖަރުންނާ ކްރޫ އިންނަށް ބޭނުން ކުރެވޭނެހެން ސެނިޓައިޒަރ ލިބެން ހުންނާނެ.
    • ޚިދުމަތްދޭ ފަރާތުން ގިނަގިނައިން އަތްލެވޭ ތަންތަނާއި ސީޓުތައް ސާފުކޮށް ޑިސްއިންފެކްޓްކުރުނެ.
    • ބަހުގެ ކުޑަދޮރުތައް ހުޅުވާލެވޭނަމަ، ހުންނަންވާނީ ހުޅުވާފައި.

އަތޮޅުތެރޭގެ ފެރީތައް

  • މީހުން ގޮވައިގެން ދަތުރު ކުރާ ފެރީތަކުގެ ޚިދުމަތް ވާނީ ހުއްޓާލެވިފައި. ނަމަވެސް މުދާ އުފުލާ ފެރީތަކަށް ޚާއްޞަ މިންގަނޑު ތަކެއްގެ ދަށުން ރައްރަށަށް ދިޔުމުގެ ހުއްދަ ވަނީ ދެވިފައި. މިގޮތުން ޝަރުތުކުރެވޭ ކަންތައްތަކުގެ ތެރޭގައި:

ޞިއްޙީ ޚިދުމަތް

ކޯވިޑް-19 އާ ގުޅިގެން ހިންގާ ފްލޫ ކްލިނިކްތައް

  • އޮންލައިންކޮށް ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ކޮންސަލްޓޭޝަންގެ ޚިދުމަތް ހުޅުވިގެންދާނެ.
  • ކަރަންޓީނުގައިވާ ފަރާތްތަކަށް އޮންލައިންކޮށް ކޮންސަލްޓް ކުރުމުގެ ޚިދުމަތް ހުޅުވިގެންދާނެ.
  • މީހުންނަށް ދެވޭނެހެން ފްލޫ ކްލިނިކްތައް ހުޅުވާލެވޭނެ.
  • ކްލިނިކްގެ ވެއިޓިންގް އޭރިޔާގައި މަޑުކޮށްގެން ތިބޭ އެންމެންވެސް މާސްކް އަޅާފައިވޭތޯ އަދި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބަހައްޓާތޯ ކަށަވަރު ކުރަންވާނެ.
  • ބަލިމީހުން ބޭނުންކުރަން މާސްކް އަދި ހޭންޑްސެނިޓައިޒަރ ހުރިތޯ ކަށަވަރު ކުރަންވާނެ.

ކޯވިޑް-19 ނޫން އެހެން ޞިއްޙީ ޚިދުމަތްތައް

  • ހޮސްޕިޓަލް އަދި ކްލިނިކްތަކުން އޮންލައިންކޮށް ސްޕެޝަލިސްޓް އޯޕީޑީ ޚިދުމަތް ދިނުން އިތުރުކުރުމުގެ ހުއްދަ ދެވޭނެ.
  • އޮންލައިން ސްޕެޝަލިސްޓް އޯޕީޑީ ޚިދުމަތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭންވާނެ.
  • ކޮންމެހެން ހޮސްޕިޓަލް ނުވަތަ ކްލިނިކަށް ގެނެސްގެން ބަލަންޖެހޭ މީހުންނަށް ހޮސްޕިޓަލް ނުވަތަ ކްލިނިކަށް ގެންގޮސްގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖެއްސިދާނެ.
  • ހޮސްޕިޓަލް ބޭސްޑް ނުވަތަ މޮބައިލް މެޑިކަލް ރެސްޕޮންޑް ޓީމް (އެމް.އެމް.އާރ.ޓީ) މެކޭނިޒަމް މެދުވެރިކޮށް ކޮމިއުނިޓީ މެޑިކަލް ކެއަރގެ ޚިދުމަތް ކުރިންވެސް ދޭ ގޮތަށް ކުރިއަށް ގެންދެވޭނެ.
  • ހޮސްޕިޓަލް އަދި ކްލިނިކްތަކުން ޢާންމުކޮށް ހަދާ ލެބޯރެޓަރީ ތަޙުލީލުތައް ކުރުމުގެ ޚިދުމަތް ހޯދުމުގައި ވީހާވެސް މަދު މީހުން ވެއިޓިންގ އޭރިއާގައި ތިބުމާއި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހައްޓަންވާނެ.
  • މާބަނޑުމީހުންގެ ސްކޭން ކުރުން ކުރިއަށް ގެންދެވޭނެ.
  • އެއްވެސް ރަށަކުން ބަލިމީހަކު ހޮސްޕިޓަލަށް ރިފަރކުރަންވާނީ އެ ތަނެއްގެ ސްޕެޝަލިސްޓް އެޕްރޫވަލް ލިބުމުން.

ނަފްސާނީ ބަލިތަކުގެ ޚިދުމަތް ދިނުން

  • އޮންލައިންކޮށް ފަސޭހައިން ފޯރާގޮތަށް ނަފްސާނީ ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދޭނެ.

ކޯވިޑް-19 އަށް ޕޮޒިޓިވް ނުވަތަ ޝައްކުކުރެވޭ މީހަކު ނެތް ރަށްރަށުގެ މިސްކިތްތައް:

  • މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ 22 މެއިގައި ވަނީ ދެވިފައި
  • މިސްކިތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ އުޞޫލު އިސްލާމިކް މިނިސްޓްރީން ވަނީ އިޢުލާން ކޮށްފައި.

ގްރޭޓަރ މާލެ ސަރަޙައްދުގައި އަދި ކޯވިޑް-19 ގެ ކޭސްތައް ފެނިފައިވާ ރައްތަކުގެ މިސްކިތްތައް ފުރަތަމަ މަރުޙަލާގައި ވާނީ ބަންދު ކުރެވިފައި.

ސަރުކާރު އިދާރާތައް

  • 2020 މޭ 31 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރު އިދާރާތަށް ހުޅުވަން ހަމަޖެހިފައިވަނީ ހިފެހެއްޓުންތަކަކާއެކު. ނަމަވެސް އޮފީސްތަށް ހުޅުވުމުގައި ތިރީގައިވާ ކަންކަން ފުރިހަމަވޭތޯ ބަލަން ވާނެ.
    • އޮފީސް ހުޅުވައިގެން ކުރާ މަސައްކަތްތައް އެޗްޕީއޭ އަށް އަންގަންވާނެ.
    • ހުރިހާ މުވައްޒަފުން ވެސް މާސްކް އެޅަންވާނެ.
    • 60 އަހަރުން މަތީގެ މުވައްޒަފުންނާއި، ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުން އޮފީހަށް ނުނެރުމަށް ސަމާލުކަންދޭންވާނެ.
    • އޮފީހަށް ވަންނަ ތަނުގައި ޓެމްޕެރޭޗަރ ބެލޭނެ އިންތިޒާމް ހަމަޖައްސަންވާނެ.
    • އޮފީހަށް ވަންނަ ތަނުގައި އަދި އޮފީސް ތެރޭގައިވެސް އަތް ދޮވެވޭނެ/ ސެނިޓައިޒް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ.
    • ޢާންމުކޮށް އަތްލެވޭ ތަންތަން (ލިފްޓް، ސިޑީގެ ރޭލިން، ފާޚާނާ) ކޮންމެ ޝިފްޓެއްގައި ރަނގަޅަށް ޑިސްއިންފެކްޓް ކުރަންވާނެ.
    • އޮފީސް ތެރޭގައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރަންވާނެ.
    • މަސައްކަތު މާޙައުލުގައި އެއްވެ އުޅުން ވީހާވެސް މަދުކުރަންވާނެ. (މިސާލަކަށް ސައިބޯން އެންމެން އެއްނުވުން)
    • ލެޕްޓޮޕް އަދި އެހެނިހެން ސްޓޭޝަނަރީސް އެކަކު އަނެކަކަށް ޙިއްޞާކުރުން މަދުކުރަންވާނެ. އަދި މިތަކެތި ބޭނުންކުރުމަށްފަހު ޑިސްއިންފެކްޓް ކުރުން މުހިންމު.
    • އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މިގޮތަށް ޢަމަލުކުރޭތޯ ޔަޤީންކުރަން މުވައްޒަފަކު ކަނޑައަޅަންވާނެ.

ޕްރައިވެޓް އޮފީސްތައް

  • ޕްރައިވެޓް އޮފީސްތަށް ހުޅުވަން ހަމަޖެހިފައިވަނީ ހިފެހެއްޓުންތަކަކާއެކު. އެގޮތުން:
    • އޮފީސް ހުޅުވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ހުއްދަ ނަގަންވާނެ (ހުއްދަ ނެގުމަށް މެއިލްކުރާނީ covid19_supplies@trade.gov.mv އަށް)
    • ފަހަރަކު ފަސް މުވައްޒަފުންނަށް ވުރެ އިތުރު ނުވާނެހެން ތަނުގެ ބޮޑުކުޑަމިނަށް ބަލާފައި އެއްފަހަރާ މަސައްކަތަށް ނުކުތުމަށް ހުއްދަދެވޭ މުވައްޒަފުންގެ ޢަދަދު ކަނޑައަޅަންވާނެ.
    • ހުރިހާ މުވައްޒަފުން ވެސް މާސްކް އެޅަންވާނެ.
    • 60 އަހަރުން މަތީގެ މުވައްޒަފުންނާއި، ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުން އޮފީހަށް ނުނެރުމަށް ސަމާލުކަންދޭންވާނެ.
    • އޮފީހަށް ވަންނަ ތަނުގައި ޓެމްޕެރޭޗަރ ބެލޭނެ އިންތިޒާމް ހަމަޖައްސަންވާނެ.
    • އޮފީހަށް ވަންނަ ތަނުގައި އަދި އޮފީސް ތެރޭގައިވެސް އަތް ދޮވޭވޭނެ/ ސެނިޓައިޒް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ.
    • ޢާންމުކޮށް އަތްލެވޭ ތަންތަން ( ލިފްޓް، ސިޑީގެ ރޭލިން، ފާޚާނާ) ކޮންމެ ޝިފްޓެއްގައި ރަނގަޅަށް ޑިސްއިންފެކްޓް ކުރަންވާނެ.
    • އޮފީސް ތެރޭގައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރަންވާނެ.
    • މަސައްކަތު މާޙައުލުގައި އެއްވެ އުޅުން ވީހާވެސް މަދުކުރަންވާނެ. (މިސާލަކަށް ސައިބޯން އެންމެން އެއްނުވުން)
    • ލެޕްޓޮޕް އަދި އެހެނިހެން ސްޓޭޝަނަރީސް އެކަކު އަނެކަކަށް ޙިއްޞާކުރުން މަދުކުރަންވާނެ. އަދި މިތަކެތި ބޭނުންކުރުމަށްފަހު ޑިސްއިންފެކްޓް ކުރުން މުހިންމު.
    • އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މިގޮތަށް ޢަމަލުކުރޭތޯ ޔަޤީންކުރަން މުވައްޒަފަކު ކަނޑައަޅަންވާނެ.
    • މުވައްޒަފަކު ހުންއައިސް ނޭވާލާ ނިޒާމުގެ ބަލީގެ ޢަލާމާތެއް ފެނިއްޖެ ނަމަ އޮފީހުން އެކަން އެޗްޕީއޭ އަށް އަންގަންވާނެ.

ކޮމިއުނަލް ސެޓިންގްސް ނުވަތަ ޑޯމެޓޮރީޒް

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެރެފައިވާ ގައިޑްލައިންއާ އެއްގޮތަށް ބިދޭސީ މަސައްކަތު މީހުންގެ ނިދުމުގެ ކަންކަން ހަމަޖައްސަންވާނެ. އަދި ދިވެހިންނަށް ވެސް މިފަދަ އިންތިޒާމްތައް ހަމަޖައްސަންވާނެ.

ތަޢުލީމު ދޭ މަރުކަޒުތައް

  • ސްކޫލްތަށް ވާނީ ބަންދު ކުރެވިފައި.
  • މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި އޮންލައިންކޮށް ކްލާސްތަކާއި ސެޝަންތަށް ބޭއްވޭނެ.

ސެލޫން އަދި ސްޕާގެ ޚިދުމަތްތައް

  • ސެލޫން އަދި ސްޕާތައް މި މަރުޙަލާގައި ވަނީ ބަންދު ކުރެވިފައި.

ކުޅިވަރުކުޅުން އަދި ރިކްރިއޭޝަން

  • ކުޅިވަރުގެ ޚިދުމަތް ދޭ ތަންތނަްވެސް މި މަރުޙަލާގައިވާނީ ބަންދު ކުރެވިފައި.
  • ޖިމް، އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ވެސް ވަނީ މަނާކުރެވިފައި.

އިންޑަސްޓްރިއަލް މަސައްކަތް އަދި ވޯކްޝޮޕްތައް

  • ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު ތިލަފުށި ހުޅުވިގެންދާނެ. މިގޮތުން އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި:
    • ސައިޓުތަކުގައި މަސައްކަތްކުރާ މީހުން އެއް ސައިޓުން އަނެއް ސައިޓަށް ދިޔުމަކީ މަނާކަމެއް.
    • މުދާ އުފުލުން ފިޔަވައި އެއްވެސް ކަހަލަ ދަތުރެއް ތިލަފުށިން ކޮށްގެން ނުވާނެ.

ކޮންސްޓްރަކްޝަން ޚިދުމަތް

  • ހުޅުވިގެން ދަނީ ފިޔަވަޅުތަކަކާއި އެކެ. މިގޮތުން:
    • ސިޓީ ކައުންސިލް/އެޗް.ޑީ.ސީ އިން މައްސައްކަތް ކުރާ ތަންތަނުގެ ޢަދަދާއި، މަސައްކަތް ކުރާނެ މީހުންގެ ޢަދަދު، އަދި މަސައްކަތްކުރަން ނަގާނެ ދުވަހާއި ގަޑި އަދި ކުރާ މަސައްކަތް އެންގުމުން މަސައްކަތް ކުރުމަށް ހުއްދަ ދިނުން.
    • އަލަށް ޢިމާރާތް ކުރުމުގެ ހުއްދައެއް ނުދެވޭނެ.
    • މަސައްކަތް ކުރާ ސައިޓް ގައި ތިބޭ މުވައްޒަފުން އެއްތަނެއްގައި ތިބުމުގެ އިންތިޒާމް ހަމަޖެއްސުން، އަދި އެ މީހުންނަށް ހުއްދަ ދެވޭނީ މަސައްކަތް ކުރާ ސައިޓުން ގެއަށް އަދި ގެއިން ސައިޓަށް ދިއުމުގެ ހުއްދަ އެކަނި.
    • މަސައްކަތްކުރާމީހުން ދަތުރު ކުރުމަށް ޚާއްޞަ އުޅަނދެއް އަދި ސައިޓްގައި ކެއުމުގެ އިންތިޒާމް ހަމަޖައްސަން ވާނެ.

ފަތުރުވެރިކަން

  • ރިޒޯޓްތަކާއި ގެސްޓް ހައުސްތަށް ފުރަތަމަމަރުޙަލާގައި ވާނީ ބަންދު ކުރެވިފައި.

އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއަރޕޯރޓް

  • ރާއްޖެއިން ބޭރުގެ އަދި އެތެރޭގެ އުދުހުންތައް ވާނީ ފުރަތަމަ މަރުހަލާގައި ވަނީ ބަންދުކުރެވިފައި.

ޕޯރޓް އޮފް އެންޓްރީ

  • މިހާރުވެސް އަޅަމުންދާ ފިޔަވަޅުތަކާއި އެކު މަސައްކަތް ކުރިޔަށް ގެންދެވޭނެ.

ޕާރކްތަކާއި މައިޒާންތަށް

  • ޕާރކްތަކާއި މައިޒާންތައް ވާނީ ބަންދު ކުރެވިފައި