މިސްކިތް ހުޅުވާލާއިރު ކައުންސިލްތަކުން ސަމާލުކަންދޭންވީ ކަންކަން:
- .ނަމާދުކުރާ މިސްކިތުގައި ކާޕެޓް އަޅާފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުން.
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ އެއަރކޯން ބޭނުން ނުކުރުމާއި، އެއަރކޯން ބޭނުންކުރާ ނަމަވެސް ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ދައުރުވާނެ ގޮތް ހެދުން.
މިސްކިތަށް ނާމާދަށް ދާ މީހުން ސަމާލުކަންދޭންވީ ކަންކަން:
- ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން.
- ކުޑަ މުސައްލައެއް ގެންދިޔުން.
- މާސްކް އެޅުން.
- ރޯގާ ޖެހިފައި ނުވަތަ ހުން އައިސްފައި ނުވަތަ ކެއްސާ ނަމަ މިސްކިތައް ނުދިޔުން .
- ނަމާދު ނިމުމަށްފަހު މިސްކިތުގައި ގިނައިރުވަންދެން މަޑުނުކުރުން.
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި، ޢުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން.
- އަތާ އަތް ޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަމުން ދުރުހެލިވުން.
- ޖަމާޢަތުގެ ސަފު ހެދުމުގައި ގައިދުރުކަން ނުބެހެއްޓުން.
ނޯޓް: މިވަގުތު ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައި ހުރި ރަށްރަށާއި، އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ މީހުން ތިބި ރަށްތައް ފިޔަވައި އެހެން ރަށަކަށްވެސް މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި އެ ރަށެއްގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލެވޭނެ. އަދި، ކޯވިޑް-19 ކޮންޓްރޯލް ކުރެވި ޙާލަތު ރަނގަޅުވަމުންދާވަރަކަށް މިސްކިތުގައި ނަމާދުކުރުމަށް ކަނޑައަޅާފައިވާ އުޞޫލު ބަދަލުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭނެ.