އެމް.ޑަބްލިޔު.އެސް.ސީ އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއިއެކު ގޭގައި ތިބެގެން ފެން ބިލްގެ ތަފްޞީލާއި، އޮންލައިންކޮށް ބިލަށް ފައިސާ ދެއްކޭނެ.
އެމް.ޑަބްލިޔު.އެސް.ސީ އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކުރާނީ ކިހިނެތް؟
- އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކުރުމަށް ތިރީގައިވާ ލިންކްތައް ބޭނުން ކުރެއްވިދާނެ.
- އައިފޯން ގެންގުޅުއްވާ ފަރާތްތަކަށް
- އެންޑްރޮއިޑް ގެންގުޅުއްވާ ފަރާތްތަކަށް
- އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށްފަހު، ރަޖިސްޓްރީ ކުރައްވާ.
- ރަޖިސްޓްރީ ވުމަށްފަހު ލޮގިންކޮށް އެކައުންޓްގެ ތަފްޞީލް އަޕްޑޭޓްކުރައްވާ.
ބިލްގެ ތަފްޞީލް ހޯދާނީ ކިހިނެތް؟
- އެމް.ޑަބްލިޔު.އެސް.ސީ ގެ އެޕް މެދުވެރިކޮށް، ފެން މީޓަރުގެ ފޮޓޯ އާއި ރީޑިންގ އަމިއްލައަށް އަޕްލޯޑުކޮށްގެން ފެން ބިލް ޖެނެރޭޓް ކުރެއްވޭނެ.
- ފެން މީޓަރުގެ ރީޑިންގ ނަގާ ދުވަސް ޖެހުމުން، އެކަން އެންގުމަށްޓަކައި، ކަސްޓަމަރުންނަށް އެސް.އެމް.އެސް. ނޯޓިފިކޭޝަނެއް ދާނެ.
- ނޯޓިފިކޭޝަން ލިބުމުން، އެމް.ޑަބްލިޔު.އެސް.ސީ އެޕްގެ ހޯމް ސްކްރީނުގައި ރީނދޫ ކުލައިގެ ކެމެރާ އައިކަނެއް ފެންނާނެ.
- ރީނދޫ އައިކަންއަށް ފިއްތާލުމަށްފަހު، އެޕްގައި ފެންނަ އިރުޝާދާ އެއްގޮތަށް، މީޓަރުގެ ފޮޓޯއަކާއި މީޓަރުގެ ޑައިލްގައި ފެންނަ 8 ނަންބަރުގެ ނަންބަރު ޖަހައިލުމަށްފަހު، ސަބްމިޓް ކޮށްލާ.
- އެއަށްފަހު، އެމް.ޑަބްލިޔު.އެސް.ސީ އިން ވެރިފައި ކުރުމަށްފަހު، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިލް ޖެނެރޭޓް ކުރާނެ.
- އެޕަށް ބިލް އަޕްޑޭޓްވުމުން، ކަސްޓަމަރުގެ ފޯނަށް ނޯޓިފިކޭޝަނެއް ލިބޭނެ.
- މީޓަރު ރީޑިންގ ނުފޮނުވޭނަމަ، އެމަހަކަށް ބިލް ހެދޭނީ އެގޭބިސީގެ އެވްރެޖަށް ބެލުމަށްފަހު.
- އެމް.ޑަބްލިޔު.އެސް.ސީ ގެ އެޕް މެދުވެރިކޮށް މީޓަރުގެ ރީޑިންގ އާއި ފޮޓޯ ފޮނުވުމާ ބެހޭ އިތުރު މަޢުލޫމާތު، އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓު ގައި ޝާޢިއު ކުރެވިފައިވާނެ.
އޮންލައިންކޮށް ބިލް ދައްކާނީ ކިހިނެތް؟
އޮންލައިންކޮށް ބިލް ދެއްކުމަށް
- ވެބް ބަރައުޒަރ މެދުވެރިކޮށް އެމް.ޑަބްލިޔު.އެސް.ސީ އީ-ޕޭއަށް ވަންނަވާ.
- އެކައުންޓް ނަންބަރު ޖެއްސެވުމަށްފަހު މީޓަރު ނަންބަރު ޖެއްސެވުން
- ޕޭމެންޓް ހެއްދެވުން
- އެމް.ޑަބްލިޔު.އެސް.ސީ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުން