Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ފިޒިކަލް ޑިސްޓެންސިންގ ނުވަތަ ގައިދުރުކަން

'ފިޒިކަލް ޑިސްޓަންސިންގ' ނުވަތަ ގައިދުރުކުރުމަކީ ބަލިފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެކަކު އަނެކަކާއި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމެވެ. މިގޮތުން ތިމާއާއި އެހެން މީހުންނާ ދޭތެރޭ މަދުވެގެން 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމުން ތިމާ ކޯވިޑް-19 އަށް އެކްސްޕޯސް ވުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.


މިގޮތުން ގައިދުރުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި؛

  • ކޯވިޑް19ެގެ އެއްވެސް އަލާމާތެއް ހުރި ފަރާތްތަކާއި ދުރުގައި އުޅުން.
  • ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި މެނުވީ އާއްމު ދަތުރުފަތުރުގެ ނިޒާމުތައް ބޭނުންނުކުރުން
  • އޮފީހުގެ މަސައްކަތްތައް ގޭގައި އިނދެގެން ކުރެވެން ހުރިނަމަ، އެގޮތަށް އެކަން ކުރުން އަދި މިކަމުގެ އިންތިޒާމުތައް ވަޒީފާ ދޭ ފަރާތާއި މަޝްވަރާކޮށްގެން ހަމަޖެއްސުން
  • މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
  • އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކަށް އެއްވާ ގޮތަށް ބައްދަލުވުންތައް ނުބޭއްވުން. އޭގެ ބަދަލުގައި ފޯނު ނުވަތަ މީސްމިޑިއާގެ ޒަރީއާއިން ގުޅުން ބަދަހި ކުރުން.
  • ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި ފޯނު ނުވަތަ އޮންލައިންގެ ޚިދުމަތް ބޭނުންކުރުން

ކޯވިޑް-19 ބަލި ޖެހުމުން އެންމެ ބޮޑުވަރުވާނެކަމަށް ގަބޫލުކުރެވޭ ފަރާތްތައް ސޯޝަލް ޑިސްޓެންސިންގއަށް ޚާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމު. ބަލި ޖެހުމުން އެންމެ ބޮޑުވަރުވާނެ ކަމަށް ލަފާކުރެވޭ ފަރާތްތަކަކީ؛

  • 60 އަހަރުން މަތީގެ މީހުން (އެއީ ދާއިމީ ބައްޔެއް ނެތް ފަރާތެއް ކަމުގައި ވިޔަސް)
  • ތިރީގައި މިދަންނަވާ ބަލިތަކަށް ބޭސްކުރާ ފަރާތްތައް؛
    • ފުއްޕާމޭގެ ބަލިތައް (ނޭވާހިއްލުން، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނޮރީ ޑިސީސް/ސީއޯޕީޑީ،އެމްފިސިމާ،ބްރޮންކައިޓިސް)
    • ހިތުގެ ބަލިތައް
    • ކިޑްނީގެ ބަލިތައް
    • ފުރަމޭގެ ބަލިތައް (ހެޕަޓައިޓިސް)
    • ނާރުގެ ބޮޑެތި ބަލިތައް (ޕާކިންސަން ޑިސީސް، މޯޓަ ނިއުރޯން ޑިސީސް، މަލްޓިޕަލް ސްކެލެރޯސިސް، ލާނިން ޑިސްއެބިލިޓީ އަދި ސެރެބްރަލް ޕަލްސީ)
    • ހަކުރުބަލި
    • ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ފަރާތްތައް (އޭޑްސް ބަލި ޖެހިފައިވާ މީހުން، ސްޓެރޮއިޑް ބޭހެއް ބޭނުންކުރާ ފަރާތްތައް އަދި ކެންސަރު ބަލީގައި ކީމޯތެރަޕީ ނަގާ ފަރާތްތައް)
  • ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ މަތީގައި ހުންނަ މީހުން (ބީ.އެމް.އައި 40ން މަތި ގައި ހުންނަ މީހުން)
    • މާބަނޑު އަންހެނުން

މީގެ އިތުރުންވެސް ޞިއްހީ އެއްވެސް މައްސަލައެއް ދިމާވެފައިވާ ފަރާތްތަކަކީ ކޯވިޑް-19 ގެ ނުރައްކާ އޮތް މިންވަރު އިތުރުވާ މީހުން. މީގެ ތެރޭގައި؛

  • ގުނަވަން ބަދަލުކޮށް/ޓްރާންސްޕްލާންޓް ހަދާފައިވާ ފަރާތްތައް/ދިފާއީ ނިޒާމު ދައްކުރުމަށް (އިމިއުނޯސަޕްރެޝަން) ބޭސްކަމުން ގެންދާ ފަރާތްތައް
  • ކެންސަރުބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކީމޯތެރަޕީ/ރޭޑިއޯތެރަޕީ ނަގަމުން ގެންދާ ފަރާތްތައް
  • ލޭގެ ކެންސަރު ޖެހިފައިވާ ފަރާތްތައް
  • ސިސްޓިކް ފައިބްރޯސިސް އަދި ނޭވާހިއްލާ ފަރާތްތައް
  • ޑައިލިސިސް ހަދަމުންގެންދާ ފަރާތްތައް

ކޯވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށުމުން ކަންކުރާނެގޮތް:

  • ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ 1676 އަށް ގުޅާ އެކަން އެންގުން

ގޭގައި އެކަހެރިވެ ތިބޭ މުއްދަތުގެ ތެރޭގައި ޞިއްހީ ޚިދުމަތްދޭ މަރުކަޒަކަށް ކޮންމެހެން ދާންޖެހިއްޖެނަމަ ނުވަތަ ޑޮކްޓަރަށް ދައްކަން ޖެހިއްޖެ ނަމަ ހަދާނީ ކިހިނެއް؟

ޞިއްޙީ ޚިދުމަތްދޭ ފަރާތާއި ނުވަތަ ޑޮކްޓަރާއި ފޯނުން ނުވަތަ އޮންލައިންކޮށް ވާހަކަ ދައްކައިގެން ބޭނުންވާ ޞިއްޙީ ޚިދުމަތް ހޯދޭނެ ގޮތެއް އޮތްތޯ ބަލާ އެގޮތަކަށް ޢަމަލު ކުރުން