އެޕްލިކޭޝަން ފޯމް ހުށައެޅުމުގައި ސަމާލުކަންދޭންވީ ކަންތައްތައް
- މާލެ ސިޓީގެ ފުރަބަންދުގެ ޙާލަތުގައި އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދޭ ފަރާތްތަކަށް ވަގުތީ ގޮތުން ދޫކުރެވޭނީ ޑިޖިޓަލް ސެޓްފިކެޓެއް.
- ނަމަވެސް ފުރަބަންދުގެ ޙާލަތު ނިމުމުން ފޯމްތަކުގެ އަސްލު ކޮޕީ މާލެ ސިޓީ ކައުންސިލަށް ހުށަހެޅުމުން އުފަންދުވަހުގެ އަސްލު ސެޓްފިކެޓް އެ ފަރާތަކަށް ފޯރުކޯށްދެވޭނެ.
- އުފަންވާ ކުއްޖާއަށް ކިޔާ ނަމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފާސްކޮށްފައިވާ ނަން ލިސްޓް ނުވަތަ ނަން ފޮތް ގައި ނުހިމެނޭ ނަމަކަށް ވާނަމަ ފޯމުގެ ފަހު ބައި ފުރިހަމަކުރުމަށް ސަމާލުކަންދޭން ވާނެ.
- އަވަސް ޚިދުމަތެއް ހޯދުމަށް އަލަށް އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް މާލެ ސިޓީ ކައުންސިލްގެ އޮންލައިން ޕޯޓަލަށް ހުށައަޅަންވާނެ
އެޕްލިކޭޝަން ފޯމް ހުށައަޅާނީ ކިހިނެތް؟
- އުފަންދުވަހުގެ ސެޓިފިކެޓް އަދި ރަޖިސްޓްރީ ހެއްދުމަށް އެދޭ ފަރާތް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވާ.
- މި ފޯމް އޮންލައިންކޮށް ހުށައަޅާއިރު ބޭނުންވާ ތަކެތި
- އެޕްލިކޭޝަން ފޯމް
- ފޫޅޫމާ ފޯމް
- މައިންބަފައިންގެ އަދި ކާފަގެ އައިޑީ ކާޑް ކޮޕީ
- މައިންބަފައިންގެ ކައިވެނި/ވަރީގެ ސެޓިފިކެޓް