Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ކޯވިޑް-19 އަކީ މުޖުތަމަޢުގައި ތަފާތުކުރުން ގެންގުޅެންވީ ކަމެއް ނޫން

ކޯވިޑް-19 އަކީ ބިރުވެރި ބަލިމަޑުކަމެއް. ނަމަވެސް މިއީ މުޖުތަމަޢު ބައިބައިވެ ވަކި ބަޔަކު ތަފާތުކުރަންވީ ކަމެއް ނޫން. މިއީ މުޖުތަމަޢުގެ އެންމެންނަށް ދިމާވެގެން އުޅޭ ބަލިމަޑުކަމެއް. މިކަމުން އަރައިގަތުމަށް އެންމެންވެސް މި ދަނޑިވަޅުގައި އެކަކު އަނެކަކާ މެދު އިޙްސާންތެރިވެ އޯގާތެރިކަން އިސްކުރުން މުހިންމު.


ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން "ސޯޝަލް ސްޓިގްމާ" ނުވަތަ މުޖުތަޢުގައި ތަފާތުކުރުން ގެންގުޅުމަކީ ކޮބާ؟

  • މީހުން ލޭބަލް ކުރުން.
  • މީހުންނާ މެދު ވަކި ގޮތަކަށް ދެކުން.
  • އެކި މީހުންނާ މެދު ތަފާތުކޮށް ޢަމަލުކުރުން.
  • ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންނާ މެދު ދެރަކޮށް ހިތާ އެމީހުން ދެރަކޮށްލުން.

ކޯވިޑް-19 ގެ ސަބަބުން މިފަދަ ތަފާތުކުރުން އުފެދެނީ ކީއްވެ؟

  • މިފަދަ ސްޓިގްމާ ނުވަތަ ތަފާތުކުރުންތައް ބިނާވެފައި ވަނީ މައިގަނޑު ތިން ސަބަބުގެ މައްޗަށް. އެ ސަބަބުތަކަކީ:
    • މި ބަލިމަޑުކަމަކީ އާ ވައްތަރެއްގެ ބައްޔަކަށްވެފައި، ބައްޔާ ބެހޭ ވަރަށް ގިނަ ކަންކަން އަދިވެސް ދެނެގަނެވިފައިނުވުން.
    • ނޭނގޭ ކަންކަމާމެދު މީހުންގެ ހިތުގައި ބިރުވެރިކަން އުފެދުން.
    • އަދި މި ބިރުވެރިކަން އެހެންމީހުންނާއި ގުޅުވަން ފަސޭހަވުން.

މިފަދަ ސްޓިގްމާ ނުވަތަ ތަފާތުކުރުންތަކުގެ ސަބަބުން މީހުންނަށް ކުރާނީ ކޮންކަހަލަ ނޭދެވޭ އަސަރުތަކެއް؟

  1. ތަފާތުކުރުމުގެ ސަބަބުން ދިމާވެދާނެ ބައެއް ކަންތައްތައް:
  • ތަފާތުކުރުމުގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރުން.
  • ތަފާތު ކުރުންތަކުން ދުރުވުމަށް ބަލި ޖެހިފައި ވީނަމަވެސް އެކަން ސިއްރުކުރަން މީހުން މަސައްކަތްކުރުން.
  • ބައްޔަށް ފަރުވާ ހޯދަން ޞިއްޚީ ޚިދުމަތްދޭ ތަންތަނަށް ދިޔުމަށް ޖެހިލުންވުން.
  • ޞިއްޚަތައް ފައިދާހުރި އާދަތަކާ ދުރުހެލިވުން.
  • ތަފާތުކުރުމުގެ ޝިކާރައަކަށް މިހާރުވެސް ވެފައިވާ މީހުންނަށް މިކަމުގެ ނެދެވޭ އަސަރު އިތުރަށް ކުރުން.

ތަފާތު ގެންނަ ފަރާތަކީ ތިޔަ ފަރާތް ކަމުގައި ހެދިދާނެ، ކަންކަމާއި މެދު ފުންކޮށް ވިސްނަމާ! މިކަމުގެ އެންމެން މިތިބީ އެކުގައި

  1. ކޯވިޑް-19 ގެ ބިރުވެރިކަމަކީ މީހުންނަށް ފުރައްސާރަކޮށް އަދި މީހުންނާމެދު ތަފާތުކުރުން ގެންގުޅެންޖެހޭ ބަހަނާއެއް ނޫން.
  • ކޮންމެ މީހަކުވެސް މުޖުތަމަޢުގައި ރައްކާތެރިކަން އިޙްސާސް ކުރެވި އަދި ޚާއްޞަކޮށް އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅުތަކުގައި އެހީތެރިކަން ލިބެން ވާނެ މީހެއް ކަމުގައި ދަންނަންވާނެ.
  • ކޯވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ޤައުމު ތަކުގައި ނުވަތަ ސަރަޙައްދުތަކުގައި ދިރިއުޅުމުގެ މާނައަކީ އެމީހުންގެ ސަބަބުން ބަލި ފެތުރި ނުވަތަ އެމީހުންނަކީ ބަލި ޖެހިފައިވާ މީހުންނެއް ނޫން.

ސްޓިގްމާ އަދި ލަދުގެ ސަބަބުން ޞިއްޚީ އެހީތެރިކަން ބޭނުންވާ މީހުން ދެނެގަތުމުގައި އަދި އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަން ދެނެގަންނަމާ

ކޯވިޑް-19 ގެ ސަބަބުން މިފަދަ ތަފާތުކުރުންތަކާ އެންމެ ގިނައިން ކުރިމަތިލަނީ ކޮން ފަރާތްތަކެއް؟

  • މުޖުތަމަޢުގައި ދިރިއުޅޭ ބިދޭސީން.
  • މި ބަލި ޖެހިފައިވާ މީހުންނާއި އެމީހުންގެ ޢާއިލާ އަދި ރަޙުމަތްތެރިން.
  • މޮނިޓަރިންގެ ޙާލަތައް ލެވިފައިވާ ރަށަކުން އަންނަ މީހުން.
  • ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލާފައިވާ މީހުން.
  • ހޯމް އައިސޮލޭޝަން ނުވަތަ ގޭގައި އެކަހެރިކޮށްފައިވާ މީހުންނާއި އެމީހުންގެ ޢާއިލާ.
  • މޮނިޓަރިންގެ ޙާލަތުގައިވާ ގެތަކުގައި ދިރިއުޅޭމީހުން.
  • ބަލިޖެހިފައިވާ މީހަކާ ގާތުން އެއްތާވެފައިވާ މީހުން.
  • ޞިއްޚީ ޚިދުމަތްތެރިންނާއި އެމަރޖެންސީ ޙާލަތުގައި މަސައްކަތްކުރާ މީހުން.

ތަފާތުކުރުން ރައްދުވާ ފަރާތްތަކާމެދު ޢަމަލު ކުރެވެނީ ކިހިނެތް؟

  • އިޖްތިމާޢީ ކަންތައްތަކުގައި އެކަހެރިކުރުން، ބާކީކުރުން ނުވަތަ ބައިވެރިނުކުރުން.
  • އެމީހުންގެ އަމިއްލަ ބޭނުންތަކަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރިކޮށްނުދިނުން.
  • އެކަށީގެންވާ ދިރިއުޅުމުގެ ޙާލަތު ނުވަތަ ޞިއްޚީ ޚިދުމަތުން މަޙްރޫމުވާ ފަދަ ގޮތްގޮތައް ކަންތައްތައް ކުރުން.
  • އަނގަބަހުން ފުރައްސާރަކޮށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް އެމީހަކު ހެދުން.
  • ތަފާތުކުރުން ތަހައްމަލްކުރާ މީހުން ހިތުގައިޖެއްސުމާއި، ރުޅިވެރިކަން އަދި މާޔޫސްކަން އިޙްސާސް ކުރެވޭ ފަދަ ގޮތްގޮތައް ޢަމަލުކުރުން.
  1. ޒެނޮފޯބިއާ ނުވަތަ ނަސްލީ ތަފާތުކުރުންތައް ހުއްޓުވާނީ ކިހިނެތް؟
  • ކޯވިޑް-19 ޖެހުމަކަށް ވަކި ޤައުމެއް އަދި ވަކި ނަސްލެއް ނޯވޭ. ކޯވިޑް-19 އާއި މެދު މީހުންގެ ބިރު ކެނޑުވުމަށް އެހީތެރިވުމަށް މީހުންނަށް އަންގަންވީ:
    • ވަކި ނަސްލަކަށް ނުވަތަ ޤައުމަކަށް ނިސްބަތްވުމަކީ ކޯވިޑް-19 ބަލި އިތުރަށް ޖެހުމަށް މަގުފަހިވާ ކަމެއް ނޫންކަން.

މުޖުތަމަޢުގެ ވަކި ބަޔަކު ވަކި ހިސާބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުންތަކާއި ލޭބަލްކުރުން ހުއްޓާލާ! އެކަކު އަނެކަކަށް އޯގާތެރިވެ އިޙްސާންތެރިކަން ފޯރުކޮށްދީ.

  1. ތަފާތުކުރުން ހުއްޓުވާނީ ކިހިނެތް؟
  • ތަފާތުކުރުން ހުއްޓުވުމަށް:

    • ހަމައެކަނި އިތުބާރުކުރެވޭ ފަރާތްތަކުން ޙިއްޞާކުރާ ޞައްޙަ މަޢުލޫމާތު ޙިއްޞާކުރުން.
    • ސްޓީރިއޯޓައިޕްކުރާ މީހުންނަށް އެއީ ގޯސްކަމެއްކަން ބުނެދިނުން.
    • ސްޓީރިއޯޓައިޕްކުރާ މީހުންނާ ދުރުހެލިވުން. މި ވައިރަސް ޖެހެނީ ވަކި ނަސްލަކަށް ވަކި ޤައުމަކަށް ނިސްބަތްވާ މީހުންނަކަށްނޫން. ކޮންމެ މީހަކަށް ވެސް މި ބަލި ޖެހިދާނެ.
    • މީހުންނަށް ފުރައްސާރަކޮށް ދައްކާ ވާހަކަތަކާއި ލިޔެފައިވާ ލިޔުންތަކާ ތެދު ނޫން މަޢުލޫމާތު ފަތުރާ ކަން އެނގިއްޖެ ނަމަ އެކަމާ ދެކޮޅަށް އަޑުއުފުލާ އިތުރަށް އެ މަޢުލޫމާތު ނުފެތުރުން.
    • ކޯވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭ ބިދޭސީއެއްގެ ވާހަކަ އެނގޭ ނަމަ އެ ވާހަކަ މުޖުތަމަޢުގެ އެހެން މީހުންނާ ޙިއްޞާކުރުން.
    • މިފަދަ ތަފާތުކުރުމާއި ފުރައްސާރަ ރައްދުވާ ފަރާތެއް އެނގޭނަމަ އެމީހަކާ ވާހަކަދައްކާ އެހީތެރިކަން ފޯރުކޮށްދޭން ހުށައެޅުން.
    • އެފަދަ ފަރާތްތަކަށް ހިތްވަރުދީ އެ މީހުން ފުރާނަ އަތްމައްޗަށް ލައިގެން ކޮށްދޭ ޚިދުމަތަށް ޝުކުރުއަދާކުރުން.
    • އިޙްސާންތެރިވުން އަދި ހިތްވަރުދިނުން.
  • ޢާންމު ޞިއްޚަތު ރައްކާތެރިކުރުމުގައި އެންމެން ޝާމިލުވުން މުހިންމު

    • ޞައްޙަ ނޫން މަޢުލޫމާތު ފެތުރުމާއި، ތަފާތުކުރުމަށް ޖާގަދިނުމާއި، މުޖުތަމަޢުގެ ވަކި ބަޔަކު ބާކީ ކޮށްގެން ޢާންމު ޞިއްޚަތު ރައްކާތެރިއެއް ނުކުރެވޭނެ.

    • ފުރިހަމަ ޞިއްޚަތު ކަށަވަރުކޮށް ލިބެންޖެހޭ ޚިދުމަތްތަށް ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް.

    • ތަފާތުކުރުމަކުން މި ބަލިމަޑުކަމާ ހަނގުރާމައެއް ނުކުރެވޭނެ. ނަމަވެސް އެންމެން އެކުގައި މި ބަލިމަޑުކަމާ ހަނގުރާމަ ކުރެވިދާނެ.

    • ފެންނަ ކޮންމެ މަޢުލޫމާތެއް ޙިއްޞާކުރުމުގެ ކުރިން ވިސްނާލުން މުހިންމު ކަންތައްތައް:

    • މަޢުލޫމާތު ލިބިފައިވަނީ ކޮންތާކުންތޯ.

    • މި މަޢުލޫމާތުގެ ސަބަބުން ފައިދާ ވާނީ ކޮން ބަޔަކަށްތޯ.

    • މި މަޢުލޫމާތުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނީ ކޮންބަޔަކަށްތޯ.

ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހެއް ތިމާއަށް އެނގިފައި ހުރުން އެކަށީގެންވޭ. އެއީ ތިމާގެ ޢާއިލާ މީހެއް، ނުވަތަ ރަޙުމަތްތެރިއެއް، ނުވަތަ އެކުގައި މަސައްކަތްކުރާ މީހެއް، ނުވަތަ އަވަށްޓެރިއަކަށްވުން ވެސް އެކަށީގެންވޭ. މިފަދަ މީހަކަށް އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދީ.

  1. އޯގާތެރިކަން ފޯރުކޮށްދިނުން:
  • ހީނުކުރާފަދަ ކުޑަކުޑަ ކަމަކުންވެސް އަނެކާއަށް އުފާވެރިކަން ގެނެވިދާނެ. ކާތަކެތި ނުވަތަ އެހެންވެސް ބޭނުންތެރި އެއްޗެއް ހަދިޔާކޮށްލާ.
  • ގައިދުރުކަން ބެހެއްޓުމާއެކުވެސް ގޮވާލާ، ހީލާ، ވާހަކަދައްކާލާ.
  • ހުރިހާއެންމެންނަކީ ފަހަރުގައި ނަފްސާނީ އަދި އިޖްތިމާޢީ ކަންތައްތަކާ ފަސޭހައިން ކުރިމަތިލާން ކެރޭ ބަޔަކަށް ނުވެދާނެ. މިފަދަ ފަރާތްތަކަށް ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދުމަށް ބާރުއަޅާ އެއްބާލުން ދިނުން.

މިކަމުގައި އެހެންމީހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މީހުންނަށް ހިތްވަރުގެ ބަސްކޮޅެއް ބުނެލާ، ނުވަތަ ޝުކުރުއަދާކޮށްލާ. މިގޮތަށް ކުރެވޭ ކުޑަ ކަމަކުންވެސް ބޮޑު ތަފާތެއް ފެންނާނެ.